ހީރޯސް" އިން މަގުބޫލުކަން ހޯދި ހޭޑަން 36 އަހަރުގައި މަރުވެއްޖެ

Aug 18, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ "ހީރޯސް" އަދި "ނޭޝްވިލް" އިން ފެނިގެންދިޔަ އެމެރިކާގެ ބަތަލާ ހޭޑަން ޕެނެޓިއޭ، އުމުރުން 36 އަހަރުގައި މަރުވެއްޖެ އެވެ.

ސީބީއެސް ނިއުސްއަށް ހޭޑަންގެ ބައްޕަ ސްކިޕް ޕެނެޓިއޭ ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅަކީ އާދަޔާ ހިލާފު ހަކަތައެއް ހުރި، އުޖާލާ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އޭނާއާ ގާތް ގުޅުމެއް ބޭއްވި އެންމެންނަށާއި، ސްކްރީންތަކުން އޭނާގެ ހުނަރު ބަލަމުންދިޔަ އެތައް މިލިއަން ބަޔަކަށް އޭނާ އިންތިހާއަށް ލޯތްބާއި އުފާވެރިކަން ގެނެސްދީފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޅަ އުމުރުގައި ފަންނީ ދާއިރާއަށް ނުކުތް ހޭޑަންއަށް އެމެރިކާގެ މަގުބޫލު ސޯޕް އޮޕެރާ "ވަން ލައިފް ޓު ލިވް" އިން ފުރުސަތު ލިބުނުއިރު އޭނާގެ އުމުރަކީ އެންމެ ހަތަރު އަހަރެވެ.

Advertisement

މީގެ އިތުރުން، 2006 އިން 2010 އަށް ދެއްކި "ހީރޯސް" ސިލްސިލާގައި ސުޕަޕަވާ ނުވަތަ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ޗިއަލީޑަރެއްގެ ރޯލުން އޭނާ ބޮޑު މަގުބޫލުކަމެއް ހޯދި އެވެ. އަދި "ރިމެމްބާ ދަ ޓައިޓަންސް" އާއި "ރެއިޒިން ހެލެން" ފަދަ ފާހަގަކޮށްލެވޭ ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.

ހޭޑަން މަރުވާން މެދުވެރިވި ސަބަބުގެ ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. 

މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ "ދިސް އިޒް މީ: އަ ރެކަނިން" ގެ ނަމުގައި އަމިއްލަ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެފަ އެވެ. އެ ފޮތުގައި އެކްޓަރެއްގެ ގޮތުގައި އުޅުމުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކާއި، މަސްތުވާތަކެއްޗަށް ދެވިހިފުމާއި، ލިބުނު އަނިޔާތަކުގެ އިތުރުން އެ ކަންކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައް ހިއްސާކޮށްފައިވެ އެވެ.

ހޭޑަން މަރުވިއިރު، އޭނާގެ ކުރީގެ ބައިވެރިޔާ އަދި ޔޫކްރޭންގެ ބޮކްސަރު ލަޑިމިއަ ކްލިޗްކޯއާ ދެމީހުންނަށް ލިބިފައިވާ ކާޔާ ނަމަކަށް ކިޔާ އަންހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox