ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކޮންގްރެސް މާލޭގައި މިއަދު ފަށައިފި

ޕީއެންސީ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން -- ފޮޓޯ: ޕީއެންސީ

ޕީއެންސީ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 2026 ވަނަ އަހަރުގެ ކޮންގްރެސް ވެރި ރަށް މާލޭގައި މިއަދު ފަށައިފި އެވެ. 

ޕީއެންސީގެ ކޮންގްރެސް ހަތަރު ދުވަހަށް ދެމިގެންދާނެ އެވެ. ޕާޓީއަށް ގެންނަ ބަދަލުތަކަށް ވޯޓުދިނުމާއި މުހިންމު ގުނަވަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްގެންދާނެ އެވެ. 

ޕީއެންސީގެ ކޮންގްރެސް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒެވެ. ކޮންގްރެސް އިފްފތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕާޓީގެ މެންބަރުން މަސައްކަތް ކުރަންޖެހޭނީ "ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހު ކުރިއަށް ނެރެ" ކަމަށެވެ. 

Advertisement

"އަޅުގަނޑު ޔަގީންކުރަނީ ހުރިހާ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމާއެކީގައި، އަޅުގަނޑު ކުރިން މި ދެންނެވި އެއް ރޫހެއް ގޮތުގައި، އެއް އާއިލާއެއް ގޮތުގައި އެއް ޓީމެއްގެ ގޮތުގައި، ވަރުގަދަ ރޫހެއްގައި، އަޅުގަނޑުމެން އެންމެން ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ އަޅުގަނޑުމެންގެ ޝިއާރުކަން އަބަދުވެސް ހަނދާން ބަހައްޓައިގެން، ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު މި ދެންނެވި ފަދައިން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ވަރަށް ލާމަސީލު މިސާލެއް [ދައްކަންޖެހޭ] ...،" ރައީސް ވިދާޅުވި އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި 12 މަގާމަށް މެންބަރުން ހޮވާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު މަގާމަކީ ނައިބު ރައީސުންގެ މަގާމުތަކެވެ. ޕީއެންސީއަށް ހަ ނައިބު ރައީސަކު އިންތިހާބު ކުރާއިރު އަށް ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައިފަ އެވެ. 

ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސް މިއަދު ފެށުނުއިރު، ޕާޓީގެ މަގާމުތަކަށް ވަކި ބަޔަކު އިންތިހާބު ކުރުމަށްޓަކައި ރައީސް މުއިއްޒު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލުމަށް މުއިއްޒު އެޕްރޫވް ކުރެއްވި 300 އަށް ވުރެ ގިނަ މެންބަރުން ވަނީ މާލެ ގެނެސްފަ އެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބާއްވަން ޖެހެ އެވެ. މަތީ މަޖިލިސް އެކުލެވިގެންވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންނާއި ވަޒީރުން ފެންވަރުގައި އައްޔަނުކޮށްފައިވާ މީހުންނާއި، ރަށްރަށުގައި ތިބި އެ ޕާޓީގެ ޒުވާނުން އަދި އަންހެނުން ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން ނުވަތަ ކޮމިޓީން ކަނޑައަޅާ މެންބަރުންގެ މައްޗަށެވެ. 

އޭގެ އިތުރުން، އެ މާއްްދާގެ ހަވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގައި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ޕާޓީގެ ރައީސް ކަނޑައަޅާ އިތުރު މެންބަރުންނަށް މަތީ މަޖިލީހުގައި ބައިވެރިވެވެ އެވެ. އެއީ އިންތިހާބީ މަގާމުތަކެއް ނޫނެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާއްދާގެ ދަށުން ކޮންގްރެސްގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނައުމަށް ވަނީ ނިންމާފަ އެވެ. އެ މީހުން ގެންނަނީ ކޮންގްރެސްގައި ވޯޓަށް އަހާ ކަންކަމަށްމުއިއްްޒު ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox