ޕީއެންސީ ކޮންގްރެސް: ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން މުއިއްޒު ގޮވާލައްވައިފި

Sep 15, 2026, 9:04 AM
ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެންޖެހޭ ކަމަށް -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެންޖެހޭ ކަމަށް -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ. 

މުއިއްޒު އެ ގޮތަށް ގޮވާލެއްވީ ޕީއެންސީގެ ކޮންގްރެސް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަންޖެހޭނީ "ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ" ކަމަށެވެ. 

"އަޅުގަނޑު ޔަގީންކުރަނީ ހުރިހާ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމާއެކީގައި، އަޅުގަނޑު ކުރިން މި ދެންނެވި އެއް ރޫހެއް ގޮތުގައި، އެއް އާއިލާއެއް ގޮތުގައި އެއް ޓީމެއްގެ ގޮތުގައި، ވަރުގަދަ ރޫހެއްގައި، އަޅުގަނޑުމެން އެންމެން ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ އަޅުގަނޑުމެންގެ ޝިއާރުކަން އަބަދުވެސް ހަނދާން ބަހައްޓައިގެން، ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު މި ދެންނެވި ފަދައިން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ވަރަށް ލާމަސީލު މިސާލެއް [ދައްކަންޖެހޭ] ...،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

ޕީއެންސީގެ ކޮންގްރެސް ހަތަރު ދުވަހަށް ދެމިގެންދާނެ އެވެ. ޕާޓީއަށް ގެންނަ ބަދަލުތަކަށް ވޯޓުދިނުމާއި މުހިންމު ގުނަވަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްގެންދާނެ އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި 12 މަގާމަށް މެންބަރުން ހޮވާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު މަގާމަކީ ނައިބު ރައީސުންގެ މަގާމުތަކެވެ. ޕީއެންސީއަށް ހަ ނައިބު ރައީސަކު އިންތިހާބު ކުރާއިރު އަށް ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައިފަ އެވެ. 

ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސް މިއަދު ފެށުނުއިރު، ޕާޓީގެ މަގާމުތަކަށް ވަކި ބަޔަކު އިންތިހާބު ކުރުމަށްޓަކައި ރައީސް މުއިއްޒު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލުމަށް މުއިއްޒު އެޕްރޫވް ކުރެއްވި 300 އަށް ވުރެ ގިނަ މެންބަރުން ވަނީ މާލެ ގެނެސްފަ އެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބާއްވަން ޖެހެ އެވެ. މަތީ މަޖިލިސް އެކުލެވިގެންވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންނާއި ވަޒީރުން ފެންވަރުގައި އައްޔަނުކޮށްފައިވާ މީހުންނާއި، ރަށްރަށުގައި ތިބި އެ ޕާޓީގެ ޒުވާނުން އަދި އަންހެނުން ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން ނުވަތަ ކޮމިޓީން ކަނޑައަޅާ މެންބަރުންގެ މައްޗަށެވެ. 

އޭގެ އިތުރުން، އެ މާއްްދާގެ ހަވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގައި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ޕާޓީގެ ރައީސް ކަނޑައަޅާ އިތުރު މެންބަރުންނަށް މަތީ މަޖިލީހުގައި ބައިވެރިވެވެ އެވެ. އެއީ އިންތިހާބީ މަގާމުތަކެއް ނޫނެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާއްދާގެ ދަށުން ކޮންގްރެސްގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނައުމަށް ވަނީ ނިންމާފަ އެވެ. އެ މީހުން ގެންނަނީ ކޮންގްރެސްގައި ވޯޓަށް އަހާ ކަންކަމަށްމުއިއްްޒު ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox