ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި އެވެ.
ދާނިޝްއަކީ ޓޫރިޒަމް މިނިސްޓަރު، މުހައްމަދު އަމީންގެ ދަރިކަލުންނެވެ. އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް އިސްތިއުފާ ދެއްވާފައިވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސޯޝަލްމީޑިއާގައި އެސްޓީއޯއިން ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ދާނިޝް ކޮށްދެއްވި ހިދުމަތަށް ޝުކުރުއަދާކޮށްފަ އެވެ.
އެ ކުންފުނީގެ ބޯޑުން ދާނިޝް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އެހެން މީހަކު އައްޔަނުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ދާނިޝްގެ އިތުރުން އެސްޓީއޯގެ ބޯޑުގައި ހަ މެންބަރަކު މިހާރު ވެސް ތިއްބަވަ އެވެ.

ދާނިޝްއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ވެސް ގާނޫނީ މަސައްކަތް ކުރައްވައިފަ އެވެ.












