ބޭސް ނުލިބުން ގައުމީ މައްސަލައަކަށް ވެއްޖެ، އަސްލު މައްސަލަ ހޯދަންޖެހޭ: ޒީނިޔާ

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީ

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީ

ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު، އަދި އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ފާމަސީތަކުގެ ބިލަށް ދައްކާއިރު ވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލި ގައުމީ މައްސަލައަކަށް އެކަން ވެފައިވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެ އެވެ. 

ބޭސް ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ އިއްޔެ ބައްދަލުވުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިގެ ޖުމުލަ ބަޖެޓުގެ ގާތްގަނޑަކަށް 60 ޕަސެންޓު ހޭދަކުރަނީ ފާމަސީތަކަށް ބޭހުގެ އަގު ދެއްކުމަށެވެ. ނަމަވެސް، ބޭސް ސިޓީ ހިފައިގެން ފާމަސީތަކަށް ދިއުމުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އިންތިހާއަށް ލިބެމުންދާކަން އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހަކަށް އާސަންދައިން ކަވަރޭޖު ދިން ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ގިނަ ބޭސްތައް ރާއްޖެއަށް އެތެރެނުކުރެ އެވެ. 

އެސްޓީއޯގެ ފަރާތުން އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި އެސްޓީއޯ ފާމަސޫޓިކަލްގެ ޕްލޭނިން މެނޭޖަރު ލިމްޔާ ވިދާޅުވި ގޮތުގައި އެޕްރޫވް ޑްރަގު ލިސްޓުގައި 5000 ބޭސް ހުއްޓަސް އެތެރެކުރަމުން ދަނީ 1300 ބޭހެވެ. 

ޒީނިޔާ ފާހަގަ ކުރެެއްވި ގޮތުގައި ބައެއް ފާމަސީތައް ރަޖިސްޓްރީ ކުރާއިރު، އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތައް އެ ފާމަސީއެއްގައި ހުރިތޯ ބެލުމުގެ ނިޒާމު ބަލިކަށިވުމަކީވެސް ބޭސް ލިބުމަށް އޮތް ހުރަހެކެވެ. އަދި ބޭސް ފިހާރަތަކުގެ ސްޓޮކް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ނުވުމާއި، ރާއްޖެއަށް ބޭސް އެތެރެކުރާ މިންވަރު ދެނެގަނެވޭނެ އެކަށީގެންވާ މެކޭނިޒަމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ބޭހުގެ ބާޒާރުގައި ހުރި އެންމެ ބޮޑު އެއް މައްސަލައަކީ ބޭސް ވިއްކައިގެން ފާމަސީތަކުން ނަގާ ނަފާ އިންތިހާއަށް ބޮޑުވުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެގޮތުން ބައެއް ފާމަސީތަކުން 500 ޕަސެންޓާއި 600 ޕަސެންޓާ ދެމެދުގެ ނަފާއެއް ބޭހުން ނަގަމުންދާއިރު، ހޯލްސޭލް ރޭޓް ކޮންޓްރޯލް ކުރާނެ ނިޒާމެއް މިހާތަނަށް ގާއިމުކުރެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަގުހެޔޮ ބޭސް ދޫކުރުމަށްފަހު އާސަންދައަށް އަގުބޮޑު ބޭހުގެ ބިލް ހުށަހަޅާ މައްސަލަތައްވެސް ހުށަހަޅާ ކަމަށާއި މިކަން ހައްލުކުރުމަށް ބަލްކް ޕްރޮކިއުމެންޓް ނިޒާމެއް ތައާރަފުކުރި ނަމަވެސް، އެ ނިޒާމުގެ ތެރެއިން މިހާތަނަށް ގެނެވިފައިވަނީ ވަރަށް މަދު ބޭހެއް ކަމަށް ޒީނިޔާ ވިދާޅުވި އެވެ. 

މިދިޔަ އަހަރު ޖެނެރިކް ބޭސް  ދޫކުރަން ފެށުމުން، އެއީ ކޮލިޓީ ދަށް ބޭސް ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި ކަމަށާއި ނަމަވެސް އާސަންދައިން ބުނާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ވިއްކާ ހުރިހާ ބޭހަކީވެސް ކޮލިޓީ ކަށަވަރު ކުރެވިފައިވާ ބޭސްތަކެވެ.

ބޭސް އެތެރެކުރާ ފަރާތްތަކުން އަމިއްލައަށް ހިފައިގެން ބޭސް އެތެރެކުރުމުގެ ސަބަބުން ބާޒާރުގައި ހުންނަ ބޭހުގެ ބްރޭންޑްތައް ވަރަށް އަވަހަށް ބަދަލުވާކަންވެސް ސީނިޔާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox