އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 279 މިލިއަން ރުފިޔާގެ ފައިދާ

އެސްޓީއޯ ހެޑް އޮފީސް: އެތަނަށް މިދިޔަ ކުއާޓަރުގައި އިތުރުވީ ތިން މިލިއަން ރުފިޔާ -- ފޮޓޯ: އަދަދު

އެސްޓީއޯ ހެޑް އޮފީސް: އެތަނަށް މިދިޔަ ކުއާޓަރުގައި އިތުރުވީ ތިން މިލިއަން ރުފިޔާ -- ފޮޓޯ: އަދަދު

އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕަށް މިދިޔަ ކުއާޓާރުގައި 279 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އެ ކުންފުނިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެސްޓީއޯގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އިތުރުވެފައިވަނީ ތިން މިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ އެންމެ ޕަސަންޓެއްގެ ކުރިއެރުމެކެވެ. 

އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 ޕަސަންޓުގެ ކުރިއެރުމެކެވެ. ނަމަވެސް އެސްޓީއޯގެ ހިންގުމުގެ ހަރަދު ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 ޕަސަންޓު ވަނީ ދަށްވެފަ އެވެ. 

Advertisement

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އާމްދަނީ އިތުރުވީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގުބޮޑުކުރުމުން އެ ކުންފުނިންވެސް ތެލުގެ އަގުބޮޑުކުރަން ޖެހުމުން ކަމަށެވެ. ނަމަވެސް ތެލުގެ ވިޔަފާރިން ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާކަން އެސްޓީއޯއިން ފާހަގަކުރެ އެވެ. 

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ޓެކުހަށް ކެނޑުމުން ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާއަށް ލިބިފައިވަނީ 279 މިލިއަން ރުފިޔާ އެވެ. 

އެސްޓީއޯއަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 16.6 ބިލިއަން ރުފިޔާއިން، ހުރިހާ ހަރަދުތަކާއި ޓެކުހަށް ކަނޑާފައި 785 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox