ފެކްޓް ޗެކް: ދިވެހިން ބޭނުން ކުރާ ބޭސްތަކުގެ ޑޭޓާ ބޭސް ހެދުމުގެ މަސައްކަތް އެސްޓީއޯއިން އޮތީ ކުރިއަށް ގެންގޮސްފައި

ސްޓޭޓް ފާމަސުޓިކަލްސްގެ އެމްޑީ ޝާހު މާހިރު: ދިވެހިން ބޭނުން ކުރާ ބޭސްތަކުގެ ޑޭޓާބޭހެއް ހެދުމުގެ މަސައްކަތް މީގެ ހަތަރު އަހަރު ކުރިން އެސްޓީއޯއިން ކުރިއަށްގެންދިޔަ -- ފޮޓޯ: މަޖިލިސް

ސްޓޭޓް ފާމަސުޓިކަލްސްގެ އެމްޑީ ޝާހު މާހިރު: ދިވެހިން ބޭނުން ކުރާ ބޭސްތަކުގެ ޑޭޓާބޭހެއް ހެދުމުގެ މަސައްކަތް މީގެ ހަތަރު އަހަރު ކުރިން އެސްޓީއޯއިން ކުރިއަށްގެންދިޔަ -- ފޮޓޯ: މަޖިލިސް

ދިވެހިން އާންމުކޮށް ބޭނުން ކުރާ ބޭސްތަކުގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް ސްޓޭޓް ފާމަސުޓިކަލްސް އިން މިދިޔަ ހަފުތާގައި އިއުލާނު ކުރި އެވެ. 

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް ފާމަސުޓިކަލްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލަ ދިމާވާ އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމުކޮށް ބޭނުން ކުރާ ބޭސްތައް ނޭނގުމެވެ. 

އާންމުކޮށް ބޭނުން ކުރާ ބޭސްތަކުގެ ޑޭޓާބޭސްއެއް ހެދުމުން އެ މައްސަލަ ހައްލުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ. 

"ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތައް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އެނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން،" ޝާހު ވިދާޅުވި އެވެ. 

ޝާހު ވާހަކަ ދެއްކެވި މޭރުމުން ހީވަނީ އެއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭ މަސައްކަތެއް އިއުލާނު ކުރެއްވިހެނެވެ. ނަމަވެސް ސަރުކާރުގެ ބޭސް ފިހާރަތައް މީގެ ކުރިން ހިންގި އެސްޓީއޯއިން މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ވަނީ އެ މަސައްކަތް ފަށައިފަ އެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ކުރިން އެނގޭނެ ނިޒާމެއް ގާއިމް ކުރަނީ

"ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތައް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އެނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން،" ޝާހު ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 2022، ގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެއިރު މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ އެފަދަ ޑޭޓާބޭހެއްގެ މަސައްކަތް ކުރިއަށްދާކަން އިއުލާނު ކުރައްވާފަ އެވެ. 

އަމްރު ވިދާޅުވީ، ރާއްޖޭގައި ދާއިމީކޮށް ބޭސްކާ މީހުންގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން އެއިރު ވަނީ ފަސް އަތޮޅެއްގެ ޑޭޓާބޭސް ހެދިފަ އެވެ. އެއީ ތ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކު އަދި އައްޑޫ އެވެ. 

އެ ހިސާބަށް އެއްކުރެވުނު ޑޭޓާތަކުގެ ބައެއް ތަފާސްހިސާބު ވެސް އެ ކޮންފަރެންސުގައި އަމްރު ހިއްސާކޮށްދެއްވި އެވެ. އެގޮތުން އެ ފަސް އަތޮޅުގައި ދާއިމީކޮށް ބޭސް ބޭނުން ކުރަންޖެހޭ 8،722 މީހުން ދިރިއުޅޭ ކަމަށް އަމްރު ވިދާޅުވެފައިެ އެވެ. 

އެސްޓީއޯ އިން އެއްކުރި މައުލޫމާތުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި ގޮތުގައި އެ ހަތަރު އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ 8،722 މީހުން ތިއްބެވެ. ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން ތަހައްމަލް ކުރާ ބަލިތަކާއި އެ ބަލިތަކަށް ބޭނުން ކުރާ ބޭސްތަކުގެ މައުލޫމާތު ވެސް އެސްޓީއޯއިން އެއިރު ވަނީ އެއްކޮށްފަ އެވެ. 

ފަހުގެ ޚަބަރު

Newsletter

Get the latest news delivered straight to your inbox