ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ކޯޗަކަށް މުސްތަޓޭ

Sep 1, 2026, 11:59 AM
މުސްތަޓޭ: ދިވެހި ޕްރިމިއާ ލީގުގައި ވެސް ދިއްދޫގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މުސްތަޓޭ: ދިވެހި ޕްރިމިއާ ލީގުގައި ވެސް ދިއްދޫގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިއްދޫ ސްޕޯޓްސް ކްލަބް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ އެ ޓީމާ އެންމެ ފަހުން ވެސް ހަވާލުވެ ހުރި ކޯޗު، މޫސާ އިބްރާހިމް (މުސްތަޓޭ)ގެ ކޯޗުކަމުގައި ކަމަށް ބުނެފި އެވެ. 

އޭއެފްސީ ބީ ލައިސަންސް ހޯދާފައިވާ ނ. ހޮޅުދޫ އަށް ނިސްބަތްވާ ކޯޗު މުސްތަޓޭ ވަނީ އެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތާއި އެފްއޭއެމް ރީޖަނަލް ލީގު އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ފަހު، ދިއްދޫން ރާއްޖޭގެ ފުރަތަަމަ ޑިވިޝަނާ ހަމައަށް އަންނަން ކުރި ދަތުރުގައި ބުރަ މަސައްކަތްތަކެއް އަދާކޮށްފަ އެވެ. 

ހަ ޓީމުގެ މެދުގައި ކުޅުނު، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނިމުނުއިރު، ގަދަ ހަތަރަކަށް މި ފަހަރުގެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނެވެ. އެ ގޮތުން، ކޮލިފިކޭޝަނުގެ ގަދަ ތިނަކަށް ވެސް ޕޮއިންޓް ލިބުނީ އެއްވަރަށެވެ. އެއީ، 10 ޕޮއިންޓެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތު 10 ގޯލު އޮތުމުންނެވެ. ދެ ވަނަ އަށް ދިޔަ ބިސް ބުރުގެ ލަނޑުގެ ތަފާތަކީ 8 އެވެ. އަދި، ތިން ވަަނަ އަށް ދިޔަ ދިއްދޫގެ ލަނޑުގެ ތަފާތަކީ ހަތަރެކެވެ. ހަތަރު ވަނަ އަށް ނިންމި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަށް ނުވަ ޕޮއިންޓް ލިބުނެވެ. މި ހަތަރު ޓީމު މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، ގައްދޫގެ ކޯޗަކަށް ހުރީ މުހައްމަދު ނަޒީހު އެވެ. 

ދިއްދޫ އަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދައިދިނުމަށް ފަހު، މުސްތަޓޭ އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ނަމަވެސް އަލުން މި ވަނީ އެ ޓީމާ ހަވާލުވެފަ އެވެ. 

"ދިއްދޫ ކޮމިއުނިޓީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ދޭ ލޯތްބާއި ކުރާ އިތުބާރު އަދި ދޭ ސަޕޯޓާއި އެއްބާރުލުން މި ދަތުރުގައި އަބަދުވެސް ފާހަގަކުރަން،" މުސްތަޓޭ، އޭނާގެ ސޯޝަލް މީޑިއާގަައި ލިޔެފައިވެ އެވެ. 

"އާ ޗެލެންޖެއް، އާ ޗެޕްޓަަރެއް، ވަރަށް ބޮޑު ހުވަފެނެއް،" 

ފުޓްބޯޅަ ކޯޗެއްގެ އިތުރުން، މުސްތަޓޭ އަކީ ފުޓްސަލްގައި ވެސް އެކި މުބާރާތްތަކުގަައި މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ކޯޗެވެ. އޭނާ މަސައްކަތްކޮށް ކާމިޔާބީ ހޯދާފައިވާ އެކި މުބާރާތްތަކަށް ބަލާއިރު، ރިސޯޓް ލީގު ފުޓްސަލް މުބާރާތް، ޓެކާސް، ރާބަދި ޗެލެންޖް އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް ހިމެނެ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން ކުޅޭ ހޯމް މެޗުތައް ކުރިއަށްދާނީ އެ ރަށު ދަނޑުގަ އެވެ. އެކަމަކު، ދިއްދޫގެ ފުރަތަަަމަ މެޗު އޮތީ މި މަހު 12 ވަނަ ދުވަހު މާލޭގަ އެވެ. ގަލޮޅު ދަނޑުގައި ކުޅޭ އެ މެޗުގައި ދިއްދޫން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox