ޕްލޭން ހެދިޔަސް ވެލެންސިއާގައި ބާރު ނުހިނގާ ކަންތައްތަކެއް

May 8, 2023, 2:47 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާ ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާ ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ކްލަބް ވެލެންސިއާ އިން ކުރިއަށްދާނެ ގޮތުގެ ޕްލޭންތަކެއް ހެދި ކަމަށާއި މިހާރު ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން އެ ޓީމުން ކުޅުމަކީ އޭގެ އެއްބައި ނަމަވެސް އޭރު ހެދި ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ނުދާ ސަބަބަކީ "ބޭނުންވިޔަސް ބާރު ނުހިނގާ ކަންތައްތައްތަކެއް" ހުރުމުން ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ހަވީރު ފަށާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ.

ވެލެންސިއާ އިން ލީގަށް ނޫނީ މުޅި ސީޒަނަށް ކަނޑައަޅާ ޓާގެޓްތަކަކީ ކޮބައިތޯ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ފެސްކޯ ބުނީ މިދިޔަ އަހަރު ވެސް ޕްލޭންތަކެއް ހުރި ކަމަށާއި އެ ޕްލޭންތަކުގެ އެއް ބަޔަކީ މިހާރު އެ ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

Advertisement

"ދެން މީގެ ތެރޭގައި އަޅުގަނޑުމެން ތެރޭގައި ވެސް ބާރު ނުހިނގާ ގިނަ ކަންތައްތަކެއް ހުރޭ. ކޮންމެ ޕްލޭނެއް ހެދިޔަސް، ކޮންމެ ގޮތަކަށް ޕްލޭން ކުރިއަސް، ކޮންމެ ބަޔަކު ޕްލޭން ކުރިޔަސް، އެހެން ލެވަލަކުން ޕްލޭން ކުރިޔަސް އެ ޕްލޭން ކުރާ ކަމަކީ އެއްވެސް ބަަޔަކަށް އެޗީވްކުރެވޭނެ އެއްޗެއް ނޫން. ހަމަ އެ ގޮތަށް އަޅުގަނޑުމެންގެ ޕްލޭންގައި ވެސް އަޅުގަނޑުމެންނަށް ބާރު ނުހިނގާ ކަންތައްތަކެއް ހުރި. އެހެންވެ، މި ވަގުތަށް އަޅުގަނޑުމެންގެ ޓީމު މިހެން މި އޮންނަނީ،" ފެސްކޯ ބުންޏެވެ.

ފެސްކޯ އެ އިޝާރާތްކުރި އެއް ކަމަކީ އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކެވެ. މި ސީޒަނުގައި ވެލެންސިއާއާ ގުޅުނު ކުޅުންތެރިންނަށް ޓީމުގައި ރަޖިސްޓްރީ ނުކުރެވެ އެވެ. އެއީ މިދިޔަ ސީޒަނުގެ މުސާރަ މައްސަލައާ ހެދި އެވެ.

"މިހާރު އޮތް ޓީމު ގޯސްވާހަކައެއް ނޫން. ހުރި މައްސަލަތައް ހައްލުވީމަ ޓީމު ރަނގަޅުވާނެ،" އަލަށް ގުޅުނު ކުޅުންތެރިންނަށް އަވަހަށް ކުޅެވޭނެ ހައްލެއް ޓީމުން ހޯދާނެ ކަމަށް އިޝާރާތްކޮށް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އަށް ކުޅެލަން މި ލިބުނީ ވަރަށް ރަނގަޅު ދެ މެޗު ކަމަށެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް އަތުން ބަލިވި ނަމަވެސް ދެ މެޗުގައި ވެލެންސިއާގެ ކުޅުން ރަނގަޅެވެ.

"ވަރަށް ޒުވާން ޓީމަކާ އެކީ ކުޅެލަން. ތަޖުރިބާ ހޯދާލަން ލިބުނު ވަރަށް ރަނގަޅު ދެ މެޗު ކަމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ގަބޫލުކުރީ، ދެން ލީގަކަށް މި ނުކުންނަނީ ލީގަކީ ތަންކޮޅެއް ދިގު އެއްޗެއް، ދެން ލީގަކަށް ދާއިރު، ތަންކޮޅެއް ތަފާތު ވިސްނުންތަކެއް ހުންނާނެ، ގެންގުޅެން ވެސް ޖެހޭނެ. އަޅުގަނޑުމެން އުންމީދު ކޮށްގެން ވެސް މި ތިބީ ޒުވާން ޓީމާ އެކު ކުރިއަށްދާން،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އިން މިއަދު ކުޅެންޖެހޭ ޓީސީގައި އޮތީ ވަރަށް "ބެލެންސް" ޓީމެއް ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ. ޓީސީ އަށް މާ ބޮޑު ބަދަލެއް ނާންނަކަން ފާހަގަކޮށް ފެސްކޯ ބުނީ އެ ޓީމުގެ ކޯޗަކަށް ހުރި އަހުސަން ރަޝީދު (ޗޭ) އަކީ ކުރިން ޓީސީގައި މަސައްކަތް ކުރި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރި ފަރާތް ކަމަށްވާތީ ޓީސީ ކުޅުވާނެ ރަނގަޅު ސްޓައިލް އެނގޭނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ނިޒާމްބެ އެއީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ކޯޗު، ދެން، ނިޒާމްބެއާ އެކު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އެސިސްޓަންޓް އެއް އެ ހުރީ. އޭގެ . މާ ބޮޑު ތަފާތެއް ހުރެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޓީސީ ޓީމަކީ ބެލެންސް ފުޓްބޯޅަ ކުޅެވޭނެ ޓީމެއް،" ފެސްކޯ ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗުކަމާ ހަވާލުވެހުރި އަހުސަން ބުނީ ލީގަކަށް ތައްޔާރުވާންޖެހޭ ވަރަކަށް ނުވެވޭ ކަމަށާއި އަންނަ މަހުން ފެށިގެން އެކަން ރަނގަޅުވަމުން އަންނާނެ ކަމަށެވެ.

"މެޗުން މެޗަށް މެނޭޖްކޮށްލުން މީނީ. ދެން ލިބުނު މެޗެއް އެންމެ ރަނގަޅަށް ނަގާ ގޮތަށް މީނީ،" އަހުސަން ބުންޏެވެ. "މޮޅުވާން ނުކުންނާނީ. އެ މީހުން ޒުވާންވީމަ ވާނެ ގޮތަކީ ބުންވަރު ތަންކޮޅެއް ރަނގަޅުވާނެ، އެންމެ ފަހުގަޑީގައި ވެސް ވިސްނަން ޖެހޭނެ ކަމަށް މި ބަލަނީ،"

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ޓީސީ އަށް ނުދެވުނު އެއް ސަބަބަކީ ޕްރެކްޓިހަށް އައުމުގައި އެންމެ ރަނގަޅު "ޑިސިޕްލިން" ނުފެނުންކަން ފާހަގަކޮށް އަހުސަން ބުނީ އެކަންކަން ވެސް ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ.

ވެލެންސިއާ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox