އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން: ރާއްޖެ، މިޔަންމާ، ބްރުނާއި އަދި ސްރީ ލަންކާ އެއް ގްރޫޕަަކަށް

ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ރާއްޖޭގެ އީތަން (ވ) ސްރީ ލަންކާގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ރާއްޖޭގެ އީތަން (ވ) ސްރީ ލަންކާގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ.

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި މި ފަހަރު ވާދަކުރާ ރާއްޖޭން، މިޔަންމާ އާއި ސްރީ ލަންކާ އަދި ބްރުނާއީ ދާރުއްސަލާމާ އެއް ގްރޫޕެއްގައި ވަނީ ހިމެނިފައި. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. 

އެ ގޮތުން، ކޮލިފިކޭޝަން ފޭސްގައި ހިމެނެނީ، ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް އަށް ގްރޫޕެވެ. އޭގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމުތަކުގެ ތެރެއިން ހަތް ޓީމަކަށް އަންނަ އަަހަރު އޭޕްރީލް މަހު ޗައިނާގައި ކުޅޭ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

Advertisement

ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެންމެ ފުލަށް ދާ ޓީމެއް، ޑިވެލޮޕްމަންޓް ފޭސް އަށް ރެލިގޭޓްވާނެ އެވެ. 

ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ގްރޫޕްތައް
އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ގްރޫޕްތައް

އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ބަންގްލަދޭޝް އާއި އިންޑިއާ ފިޔަވައި، ދެން އޮތް ގައުމުތައް ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޕާކިސްތާން މި ފަހަރު ކޮލިފައިންގައި ނުކުޅެ އެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ވަނީ މިދިޔަ މާޗް މަހު މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖެ 2-0 އިން ކުރީގައި އޮއްވައި، ސްރީ ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލައި، 3-2 އިން މޮޅުވެފަ އެވެ. ރާއްޖޭން އެ މުބާރާތުގައި ކުޅުނީ ސީނިއާ ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުންނެވެ. 

މީގެ ކުރިން، 2022 ވަނަ އަހަރު އޭއެފްސީ ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ވަނީ އެއް ގްރޫޕެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުޅުނު ކޮލިފައިން ބުރުގައި، މިޔަންމާ އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. 

މި ފަަހަރުގެ ކޮލިފައިން ކުޅެން ހަމަޖެހިފައިވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރު 6 އާ ދެމެދުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox