20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއާ ކުރިމަތިލާއިރު ރާއްޖެ ރަނގަޅު ރޫހެއްގައި

Aug 31, 2026, 6:34 AM
ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިލާން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިލާން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއާ ކުރިމަތިލާއިރު، ރާއްޖޭގެ ޒުވާން ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށް ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ބުނެފި އެވެ. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. 

އެ ގޮތުން، ކޮލިފިކޭޝަން ފޭސްގައި ހިމެނެނީ، ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް އަށް ގްރޫޕެވެ. އޭގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމުތަކުގެ ތެރެއިން ހަތް ޓީމަކަށް އަންނަ އަަހަރު އޭޕްރީލް މަހު ޗައިނާގައި ކުޅޭ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެންމެ ފުލަށް ދާ ޓީމެއް، ޑިވެލޮޕްމަންޓް ފޭސް އަށް ރެލިގޭޓްވާނެ އެވެ.  ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ. 

Advertisement

މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ބްރުނާއީއާ ދެކޮޅަށް މިއަދުު ނުކުންނައިރު، ކޮލިފައިންގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ވަނީ ކުރިއަށް ގޮސްފަ އެވެ. ރާއްޖޭން ބައިވެރިވީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި އިލާން އެވެ. 

އިލާން ބުނީ، މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ފުރަތަމަ މެޗަށް ކަމަށެވެ. 

"ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށް، ވީ އެންމެ ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތްކުރާނަން. މުޅި ޓީމު އޮތީ ރަނގަޅު ރޫހެއްގައި މެޗުތަކަށް މޮޓިވޭޓްވެފައި،" އިލާން ބުންޏެވެ. 

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބްރުނާއީއާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހު ސްރީ ލަންކާއާ ކުޅޭނެ އެވެ. ކޮލިފައިން ގްރޫޕްގެ ފަހު މެޗުގައި ރާއްޖޭން މިޔަންމާއާ ކުޅޭނީ އާދިއްތަ ދުވަހު އެވެ. 

އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިލާން (ކ) އާއި ޓީމުގެ ކޯޗު ޝާކިއްޓެ.--- ފޮޓޯ: މިޔަންމާ ފުޓްބޯޅަ ފެޑެރޭޝަން
އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިލާން (ކ) އާއި ޓީމުގެ ކޯޗު ޝާކިއްޓެ.--- ފޮޓޯ: މިޔަންމާ ފުޓްބޯޅަ ފެޑެރޭޝަން

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޝާކިއްޓެ ބުނީ، މި ވަގުތަށް ފެންނަ ފެނުމަށް ބަލާއިރު، މި ގްރޫޕުން އެންމެ ވަރުގަދަކޮށް އޮތީ މެޗުތައް ހޯސްޓްކުރާ މިޔަންމާ ކަމަށާއި އެންމެ އުނދަގޫވާނެ ޓީމަކީ ވެސް އެއީ ކަމަށެވެ. 

"އެހެންވީމަ، މިޔަންމާއާ ކުޅުމުގެ ކުރިން ޕޮޒިޓިވް ރިޒަލްޓްތަކެއް ނެރެން އެބަޖެހޭ. އެ ގޮތަށް ގޮސްގެން މިޔަންމާއާ ދެކޮޅަށް ކުޅޭ މެޗު މި ވަނީ ގާތްގަނޑަކަށް ފައިނަލް މެޗެއް ކަހަލަ ގޮތަކަށް. މިޔަންމާއާ ކުޅެން ޖެހޭނީ ޓީމުގެ ހާލަތު ވަރަށް ރަނގަޅު ކޮށްގެން ގޮސްގެން ކަމަށް ފެންނަނީ،" އަލުން ޒުވާން ގައުމީ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި ޝާކިއްޓެ ބުންޏެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ވަނީ މިދިޔަ މާޗް މަހު މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖެ 2-0 އިން ކުރީގައި އޮއްވައި، ސްރީ ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލައި، 3-2 އިން މޮޅުވެފަ އެވެ. ރާއްޖޭން އެ މުބާރާތުގައި ކުޅުނީ ސީނިއާ ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުންނެވެ.  މީގެ ކުރިން، 2022 ވަނަ އަހަރު އޭއެފްސީ ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ވަނީ އެއް ގްރޫޕެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުޅުނު ކޮލިފައިން ބުރުގައި، މިޔަންމާ އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. 

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށްޓަކައި ޒުވާން ގައުމީ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޓީމުތަކާ ދެކޮޅަށް ޕްރެކްޓިސް މެޗުތަކެއް ކުޅެ، ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox