ޖޮކޮވިޗް ކަޓުވާލައި އަލްކަރާޒް ޔޫއެސް އޯޕަން ފައިނަލަށް

Sep 6, 2025, 2:56 AM
ޖޮކޮވިޗް ކަޓުވާލައި އަލްކަރާޒް ޔޫއެސް އޯޕަން ފައިނަލަށް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 6) - ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، އޭނާ ކަޓުވާލުމަށް ފަހު ސްޕެއިނުގެ ކާލޯސް އަލްކަރާޒް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގައި ފޯރިގަދަކޮށް ފަށައިގެން ކުރިއަށްދިޔަ މި މެޗުގައި، ޖޮކޮވިޗް، 38 އަށް ފަހުކޮޅުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އަލްކަރާޒް މެޗު ނިންމާލީ ރަނގަޅު ފޯމުގައި ކުޅެލައިގެންނެވެ. އަލްކަރާޒް، 22، މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ، 6-4، 7-6، (7-4)، 6-2 އިންނެވެ.

ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް، ހަތަރު ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކުރިއިރު، އަލްކަރާޒް ވަނީ މީގެ ކުރިން، 2022 ވަނަ އަހަރު ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ޔޫއެސް އޯޕަންގައި މި ދެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުމެވެ.

Advertisement

އަލްކަރާޒް ބުނީ، ޖުމްލަކޮށް ބަލާއިރު މި މުބާރާތުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވި ނަމަވެސް މެޗުން މެޗަށް ކަންކަން ރަނގަޅުކޮށްގެން ފައިނަލަށް ދެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ކުޅުނު އަލްކަރާޒް ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި 60 މެޗުން މޮޅުވެފަ އެވެ.

ޖޮކޮވިޗް ބުނީ މި ފަހުން ކޮންމެ މުބާރާތެއްގައި ވެސް ފަހުކޮޅުގައި ދިމާވަނީ ދާދި އެއް ކަހަލަ ކަންތައްތަކެއް ކަމަށާއި ފިޓްނަސްގެ ކަންކަން ދިމާވެ، ބޭނުންވާ ލެވަލްގައި ނުކުޅެވެނީ ކަމަށެވެ.

އަލްކަރާޒް ވަނީ ޖޮކޮވިޗް އަތުން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ދެ ފައިނަލުގައި މޮޅުވެފަ އެވެ. އެކަމަކު، ރޭގެ މެޗުގެ ކުރިން، އެންމެ ފަހުން މި ދެ ކުޅުންތެރިން ކުރިމަތިލި ދެ މެޗުގައި ކުރިހޯދީ ޖޮކޮވިޗް އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ފައިނަލް ހިމެނެ އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި އަލްކަރާޒް ބައްދަލުކުރާނީ އަނެއް ސެމީ ފައިނަލުން މޮޅުވ، އެންމެ ފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން، ޖަނިކް ސިނާއާ އެވެ. ސިނާ ވަނީ، ސެމީ ފައިނަލުގައި، ކެނަޑާގެ ފެލީކްސް އޯގާ-އަލިއަސީމޭ ބަލިކޮށްފަ އެވެ.

މިދިޔަ މަހު އޮތް ސިންސިނާޓީ އޯޕަން ފައިނަލުގައި ސިނާ މެޗު ދޫކޮށްލުމުން އަލްކަރާޒަށް ވަނީ ޗެމްޕިއަންކަން ލިބިފަ އެވެ. މިއީ މި ފަހަރުގެ ޓެނިސް ސީޒަނުގައި މި ދެ ކުޅުންތެރިންގެ ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން، ފްރެންޗް އޯޕަން އާއި އިޓާލިއަން އޯޕަން އަދި، ސިންސިނާޓީ ފައިނަލުގައި، އަލްކަރާޒް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް މުބާރާތް، ވިމްބަލްޑަން ފައިނަލުގައި ސިނާ ވަނީ ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox