ފުރަތަމަ ދުވަހު 42 ރިސޯޓެއްގެ މުވައްޒަފުން ޕެޓިޝަނުގައި ސޮއިކުރި

ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަނުގައި ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ސޮއިކުރަނީ

ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަނުގައި ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ސޮއިކުރަނީ

ބޭރު ފައިސާގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަންގަމުންދާތީ އެކަމާ ދެކޮޅަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ފަށާފައިވާ ޕެޓިޝަނުގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފި އެވެ. 

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ބަދަލު ގާނޫނަށް ވަނީ ގެނެސްފަ އެވެ. އަންނަ އޮކްޓޯބަރުން ފެށިގެން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރިސޯޓުތަކުން މާރުކުރާނެ އެވެ.

އޭގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ރިސޯޓުތަކުން މުސާރަ ދެނީ ޑޮލަރުންނެވެ. އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ޓީމްއިން ފެށީ މިދިޔަ ހަފްތާ ބަންދުގަ އެވެ. 

"އެއް ދުވަހުގެ ތެރޭގައި، 42 ރިސޯޓެއްގެ މުވައްޒަފުން ވަނީ ޑޮލަރުން ލިބޭ މުސާރަ އާއި ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމާ ދެކޮޅަށް ހުށަހެޅޭ ޕެޓިޝަނުގައި ސޮއިކޮށްފައި. މި ތަރުހީބުން ސާފުކޮށް އެނގެނީ ރިސޯޓު މުވައްޒަފުން އެ މީހުންގެ އާމްދަނީ އާއި، ހައްގުތަކާއި، ދިރިއުޅުމުގެ ވަސީލަތްތައް ދިފާއުކުރުމުގައި އެއްގަލަކަށް އަރާނެކަން،" ޓީމްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ. 

އެ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެކި ފަންތީގެ ރިސޯޓުތައް ހިމެނެ އެވެ. ހުރިހާ ރިސޯޓަކުން ވެސް އެ ޕެޓިޝަނުގައި ސޮއިކުރުމުގައި ބައިވެރިވުމަށް ޓީމްއިން ވަނީ ގޮވާލާފަ އެވެ.

އެ ޕެޓިޝަނުގައި ޑިމާންޑުކުރަނީ ރިސޯޓު މުވައްޒަފުންގެ މުސާާރަ އާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށެވެ. އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން ޓީމްގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކުރުމުން ހަމަޖެހޭނެ ކަމަށް އެ ޔޫނިއަނުން ބުނެ އެވެ. 

ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުަރިމަތިވި ހާލަތެއްގެ އަގު މުވައްޒަފުން ދައްކަން ޖެހޭ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޓީމްއިން ބުނެފައިވެ އެވެ. ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ޑޮލަރަށް ބަދަލުކުރަން ތާއިދުނުކުރާކަން ޓީމްއިން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.

ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ޓީމްއިން ވަނީ ބުނެފަ އެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވެސް ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox