ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ މިންވަރު އިތުރު ކުރުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ: ނަޝީދު

Aug 26, 2026, 5:46 PM
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: ވިދާޅުވީ ޑޮލަރު މާރު ކުރަންޖެހޭ މިންވަރު އިތުރު ކުރުމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: ވިދާޅުވީ ޑޮލަރު މާރު ކުރަންޖެހޭ މިންވަރު އިތުރު ކުރުމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިސޯޓުތަކަށް ލިބޭ ޖުމްލަ ފައިދާގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރު ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ އާމްދަނީގެ 40 ޕަސެންޓު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް މަޖުބޫރުކުރުމުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ ކަމަށެވެ. 

"ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ޑޮލަރުން ލޯނު އަދާ ކުރާ ބައެއް. އަދި ގިނަ ރިސޯޓުތަކަކީ ބޭރުގެ ބޭންކުތަކުން ލޯނު ހޯދައިގެން ތަރައްގީކޮށްފައިވާ ބޭރުގެ އިންވެސްޓްމެންޓުތައް. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރަނީ އެކަށީގެންވާ ފައިދާއެއް ލިބޭތީ. އެކަން ބަދަލުވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ އިތުރުން ފަތުރުވެރިކަމުގެ މުސްތަގްބަލު ނުރައްކަލަކަށް ހުށަހެޅޭނެ،" އިނގިރޭސިބަހުން ނެރުނު އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައިވެ އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖޫބުރު މި ކުރީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އަރައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ތުހުމަތު ކުރަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ރިސޯޓުތަކުން ކަމަށެވެ.

އިއްޔެ އިއުލާނު ކުރީ ފިޔަވަޅުތަކެއްގައި، ސަރުކާރުން ވަނީ ރިސޯޓުތަކާއި އާންމުން ހިމެނޭ ގޮތަށް ކަޅު ބާޒާރާގުގައި ޑޮލަރު ވިއްކާ ވިޔަފާރިތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ޝާމިލްވާ މީހުންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތު އަމާޒުކުރައްވައިފަ އެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" އޭނާ ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް ހުއްދަ ނުނަގައި ޑޮލަރު މާރު ނުކުރެވޭނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox