ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް މެޓާއިން އަމަލުކުރާ ކަމަށް ބުނެފި

Aug 19, 2026, 12:04 PM
މެޓާގެ ވެރިޔާ މާކް ޒަކަބާގް: ގާތްގަނޑަކަށް ތިން ބިލިއަނެއްހާ މީހުން ފޭސްބުކް ބޭނުން ކުރޭ -- ފޮޓޯ: ފައިލް

މެޓާގެ ވެރިޔާ މާކް ޒަކަބާގް: ގާތްގަނޑަކަށް ތިން ބިލިއަނެއްހާ މީހުން ފޭސްބުކް ބޭނުން ކުރޭ -- ފޮޓޯ: ފައިލް

މެޓާ ކުންފުނިން ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވަނީ ގަސްތުގައި ކުޑަކުދިން އެ އެޕްލިކޭޝަންތަކަށް ދެވިހިފާނެ ގޮތަށް ކަމަށް ބުނެ، އެ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް އަންގާރަ ދުވަހު ކޯޓުގައި ފަށައިފި އެވެ.

މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ކުރިމަތިލާން ޖެހުނު ގާނޫނީ ގޮތުން އެންމެ ވަރުގަދަ ގޮންޖެހުމެވެ.

އެމެރިކާގެ ކެލިފޯނިއާގެ އޯކްލޭންޑްގައި ކުރިއަށްދާ މި ޝަރީއަތުގައި، އެމެރިކާގެ އެކި ސްޓޭޓްތަކުގެ އިސް ވަކީލުންނާއި މެޓާގެ ވަކީލުން ހުށަހަޅާ ހެކިތަކާއި ދިރާސާކުރުމަށް ޖޫރީން ކުރިއަށް އޮތް ހަ ހަފުތާ ހޭދަކުރާނެ އެވެ. 

Advertisement

ކެލިފޯނިއާގެ ވަކީލަކު ކޯޓުގައި ވިދާޅުވީ، 11 އަހަރާއި 12 އަހަރުގެ "މިލިއަނަކަށް ވުރެ ގިނަ" ކުދިން އިންސްޓަގްރާމް ބޭނުންކުރާކަން މެޓާއަށް އެނގޭ ކަމަށާއި، ނަމަވެސް އެ ކުދިން އެ ޕްލެޓްފޯމުން ދުރުކުރުމަށް އެ ކުންފުނިން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން މެޓާގެ މަންދޫބު ވިދާޅުވީ، އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ފާހަގަވެފައިވަނީ އެންމެ 100،000 އެއްހާ ކުދިން ކަމަށެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ސައިންޓިފިކް ގޮތުން ދެނެގަނެވިފައި އޮތް ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މެޓާގެ ޕްލެޓްފޯމްތަކުގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންވާކަން އެ ކުންފުންޏަށް އެނގޭ ކަމަށް ދައުލަތުގެ ވަކީލުން ބުނުމުން، މެޓާގެ ފަރާތުން ބުނީ އެ ޕްލެޓްފޯމްތަކުގެ ސަބަބުން އެތައް މިލިއަން ކުދިންނަކަށް ރަނގަޅު ތަޖުރިބާތަކެއް ލިބެމުންދާކަން ދައުލަތުން ފާހަގަނުކުރާ ކަމަށެވެ.

މި ޝަރީއަތަކީ ކެލިފޯނިއާ އާއި ނިއު ޔޯކް ހިމެނޭހެން އެމެރިކާގެ 29 ސްޓޭޓަކުން 2023 ވަނަ އަހަރު މެޓާއާ ދެކޮޅަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ކުރިއަށްދާ ޝަރީއަތެކެވެ. އެ ސްޓޭޓްތަކުން ތުހުމަތުކުރާ ގޮތުގައި މެޓާއިން ވަނީ ކުޑަކުދިންގެ އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަމާ ގުޅޭ ފެޑަރަލް އަދި ސްޓޭޓް ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވެފަ އެވެ.

މި މައްސަލައިގައި ސްޓޭޓްތަކުން މެޓާގެ ކިބައިން ބިލިއަނުން ޑޮލަރުގެ ބަދަލު ހޯދުމަށް އެދުމުގެ އިތުރުން، އިންސްޓަގްރާމާއި ފޭސްބުކް ހިންގާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އޭގެ ތެރޭގައި ޕޯސްޓްތަކަށް ލިބޭ "ލައިކް" ފެންނަ ގޮތަށް ހުންނަ ހުރުން ހުއްޓާލުމާއި، މެދުކެނޑުމެއް ނެތް ގޮތަށް ފީޑް ފެންނަ "އިންފިނިޓް ސްކްރޯލް" ފީޗާ އުވާލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox