ރިވައިވަލް އިން މުސްތަގުބަލަށް ވިސްނައި ތާރީހީ ޓްރެއިނިން ކޭމްޕަކަށް މެލޭޝިއާ އަށް

Jul 29, 2026, 9:27 AM
ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން މެލޭޝިއާ ކޭމްޕަށް ފުރުމުގެ ކުރިން، އެއާޕޯޓުގައި.

ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން މެލޭޝިއާ ކޭމްޕަށް ފުރުމުގެ ކުރިން، އެއާޕޯޓުގައި.

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ އިންޑިވިޖުއަލް ކުޅިވަަރު ކްލަބް، ރިވައިވަލް ސްޕޯޓްސް އިން އެ ކްލަބްގެ ހައި ޕާފޯމަންސް ޓީމައި 23 އަހަރުން ދަށުގެ ސްކޮޑު، މެލޭޝިއާގައި ތާރީހީ ޓްރެއިނިން ކޭމްޕެއްގައި ޓްރެއިނިންތައް ފަށައިފި އެވެ. 

މިއީ، މިހާތަނަށް ރާއްޖޭގެ އަމިއްލަ ކްލަބަކުން، އިންޑިވިޖުއަލް ކުޅިވަރަކަށް ބަލާއިރު، ގައުމުން ބޭރުގައި އެންމެ ގިނަ ކުޅުންތެރިންނާ އެކު، މި ވަރުގެ މުއްދަތަކަށް ކުރިއަށްގެންދާ އެންމެ ފުރަތަމަ ޓްރެއިނިން ކޭމްޕް އެވެ. 

އެ ގޮތުން، އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ދެ މަސް ދުވަހު، ރިވައިވަލް ސްޕޯޓްސްގެ 12 ކުޅުންތެރިއަކު މެލޭޝިއާގައި ޓްރެއިނިންތައް ކުރިއަށްގެންދާނެ އެވެ. އަދި، މި ޓްރެއިނިން ދަތުރުގައި، ރިވައިވަލްގެ ތިން ކޯޗުން ބައިވެރިވާނެ ކަމަށް އެ ކްލަބުން މައުލޫމާތު ދެ އެެވެ. 

ރިވައިވަލް އިން ބުނީ، މި ފަދަ ޓްރެއިނިން ކޭމްޕްގެ މަގުސަދަކީ، ކްލަބްގައި ހިމެނޭ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، ޖުމްލަކޮށް މުޅި ރާއްޖޭގެ ބެޑްމިންޓަން ލެވަލް މަތިކުރުމަށްޓަކައި، ކްލަބުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުން ކަމަށެވެ. 

އަންނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށްޓަކައި، ރިވައިވަލް އިން އިސްވެ، ފަށާފައިވާ ޕްރޮޖެކްޓްގެ ތެރެއިން ހިމެނޭ، މި މެލޭޝިއާ ކޭމްޕަކީ، މި އަހަރު ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ބީޑަބްލިއުއެފްގެ މުބާރާތްތަކަށް ވެސް އަމާޒުކޮށް ރިވައިވަލް އިން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޓްރެއިނިން ކޭމްޕްގައި ބައިވެރިވާން އެންމެ ފުރަތަމަ ފުރި އެތުލީޓުންނަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ޒަޔާން ޒަކީ، ހަަސަން ޒަޔާން، ހައިޝަމް އިބްރާހިމް، މުހައްމަދު ހަަލަަފް، އަހުމަދު އަޔާން، އައްޔޫބު އަޒްހަރު އަދި އިބްރާހިމް ނާޝިތު  އެވެ. ކޯޗުންނަކީ، ނަޝީއު ޝަަރަފުއްދީން އާއި ނަޝްފާން މުހައްމަދު އެވެ. ރިވައިވަލް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ނިބާލް އަހުމަދުގެ އިތުރުން ކޯޗު، ރިއާޒް މުހައްމަދު ފަހުން ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. 

މެލޭޝިއާ ކޭމްޕް ކުރިއަށްގެންދާއިރު، ދެ މުބާރާތެއްގައި ރިވައިވަލްގެ ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ، ޕެޓްރޯނާސް މެލޭޝިއާ އިންޓަނޭޝަނަލް ޗެލެންޖު އާއި ޕެޓްރޯނާސް މެލޭޝިއާ އިންޓަނޭޝަނަލް ސީރީސްގަ އެވެ. 

ދެ މުބާރާތުގައި ވާދަކުރުމުގެ އިތުރުން، ދެ މަސް ދުވަހަށް ފޯކަސް ޓްރެއިނިންތަކެއް ކުރިއަށްގެންދިއުމާއި ބޭރުގެ ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ، ވަކިވަކި ކުޅުންތެރިންނަށް ވެސް ކުރިއެރުން އަންނާނެ ކަމެއް ކަމަށާއި އަދި އަމިއްލަ އަށް މަސައްކަތް ކުރަންޖެހޭ ކަންކަމަށް އިތުރަށް ފޯކަސް ކުރެވޭނެ ކަމެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox