މެލޭޝިއާ ކޭމްޕް؛ ދަތިތަކުގެ ހައްލަކަށް ރިވައިވަލް އިން މުސްތަގުބަލަށް އެޅި ބޮޑު ފިޔަވަޅު

Aug 9, 2026, 12:27 PM
މެލޭޝިއާގައި ރިވައިވަލް ސްޕޯޓްސް އިން ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން.

މެލޭޝިއާގައި ރިވައިވަލް ސްޕޯޓްސް އިން ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން.

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ އިންޑިވިޖުއަލް ކުޅިވަަރު ކްލަބް، ބެޑްމިންޓަނަށް ހާއްސަ، ރިވައިވަލް ސްޕޯޓްސް އިން އެ ކްލަބްގެ ހައި ޕާފޯމަންސް ޓީމައި 23 އަހަރުން ދަށުގެ ސްކޮޑު، މެލޭޝިއާގައި ތާރީހީ ޓްރެއިނިން ކޭމްޕެއް މިހާރު ކުރިއަށްގެންދަމުން އެބަ ދެ އެވެ. މިއީ، މުސްތަގުބަލަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމުގެ އަމާޒުގައި އެ ޓީމުން ކުރިއަށްގެންދާ މުހިންމު ޕްރޮޖެކްޓެއްގެ ބައެކެވެ.

މިއީ، މިހާތަނަށް ރާއްޖޭގެ އަމިއްލަ ކްލަބަކުން، އިންޑިވިޖުއަލް ކުޅިވަރަކަށް ބަލާއިރު، ގައުމުން ބޭރުގައި އެންމެ ގިނަ ކުޅުންތެރިންނާ އެކު، ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެންމެ ފުރަތަމަ ޓްރެއިނިން ކޭމްޕް އެވެ. މި ކޭމްޕްގައި، ރިވައިވަލް ސްޕޯޓްސްގެ 12 ކުޅުންތެރިއަކު މެލޭޝިއާގައި ޓްރެއިނިންތައް ކުރިއަށްގެންދެ އެވެ. އަދި، މި ޓްރެއިނިން ދަތުރުގައި، ރިވައިވަލްގެ ތިން ކޯޗުން ބައިވެރިވެ އެވެ. 

އަންނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށްޓަކައި، ރިވައިވަލް އިން އިސްވެ، ފަށާފައިވާ ޕްރޮޖެކްޓްގެ ތެރެއިން ހިމެނޭ، މި މެލޭޝިއާ ކޭމްޕަކީ، މި އަހަރު ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ބީޑަބްލިއުއެފްގެ މުބާރާތްތަކަށް ވެސް އަމާޒުކޮށް ރިވައިވަލް އިން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ އެތުލީޓުންނަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ޒަޔާން ޒަކީ، ހަަސަން ޒަޔާން، ހައިޝަމް އިބްރާހިމް، މުހައްމަދު ހަަލަަފް، އަހުމަދު އަޔާން، އައްޔޫބު އަޒްހަރު އަދި އިބްރާހިމް ނާޝިތު  އެވެ. ކޯޗުންނަކީ، ނަޝީއު ޝަަރަފުއްދީން އާއި ނަޝްފާން މުހައްމަދު އެވެ.

ރިވައިވަލް އިން މުސްތަގުބަލަށް ވިސްނައި ތާރީހީ ޓްރެއިނިން ކޭމްޕަކަށް މެލޭޝިއާ އަށް

ރިވައިވަލް ސްޕޯޓްސްގެ 12 ކުޅުންތެރިންނާއި 3 ކޯޗުން ހިމެނޭހެން، ބެޑްމިންޓަންގެ ފެންވަރު މަތިކުރުމަށްޓަކައި ދެ މަސް ދުވަހުގެ ތާރީޚީ ޓްރެއިނިން ކޭމްޕެއް މެލޭޝިއާގައި ފަށައިފި. މިއީ ރާއްޖޭގެ އަމިއްލަ ކްލަބަކުން މިހާ ގިނަ ކުޅުންތެރިންނާއެކު ރާއްޖޭން ބޭރުގައި ހިންގާ މިފަދަ ފުރަތަމަ ކޭމްޕް

ރިވައިވަލް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ނިބާލް އަހުމަދުގެ އިތުރުން ކޯޗު، ރިއާޒް މުހައްމަދު ފަހުން ކޭމްޕާ ގުޅެނީ، މިހާރު ކުރިއަށްދާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތަށް ފަހު އެވެ. 

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރިވައިވަލްގެ ކޯޗު، ނަޝްފާން ބުނީ، މި ޓްރެއިނިން ކޭމްޕަކީ ރިވައިވަލްގެ ލޯންގް ޓާމް އިންވެސްޓްމަންޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ގޮތުން، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އިންޓަނޭޝަނަލް އަދި ނެޝަނަލް ލެވަލް މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ރިވައިވަލްގެ ދުރު ވިސްނުމުގެ ތަސައްވުރެއް އޮތް ޕްލޭނަށް މި ކޭމްޕްގެ ފައިދާކުރާނެ ކަމަށް ނަޝްފާން ވަނީ ބުނެފަ އެވެ. 

"މި ކޭމްޕްގައި އަޅުގަނޑުމެން މެލޭޝިއާގައި އިންޓަނޭޝަނަލް ދެ މުބާރާތެއްގައި ބައިވެރިވަން. އެއި، މެލޭޝިއާ ސީރީސް އަދި މެލޭޝިއާ ޗެލެންޖު. އަޅުގަނޑުމެން މި ގޮތަށް ކުރިއަށްދާން މި ވިސްނީ. އަޅުގަނޑުމެންނަށް ދަތިތަކެއް އެބަ ދިމާވޭ ބެޑްމިންޓަން ކޯޓު ލިބުމުގައި، އަޅުގަނޑުމެންގެ މި ތިބި ނެޝަނަލް ލެވަލް، އިންޓަނޭޝަނަލް ލެވަލް، 12 ކުޅުންތެރިންނަށް މި ލިބެނީ ހެނދުނު ގަނޑި އެކަނި މާލެ އެކުވެނި ބެޑްމިންޓަން ކޯޓު. ދެން، ކޯޓުގެ ދަތިކަން ދިމާވާތީއާ އެކު، އަޅުގަނޑުމެން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން ވެގެން، ކޯޓުގައި ޕްރެކްޓިސް ކުރާނެ އިތުރު ވަގުތު ވެސް ހޯދައިދޭން ވެގެން އަޅުގަނޑުމެން މެލޭޝިއާ އަށް ޓްރެއިނިން ބަދަލުކުރީ،" ނަޝްފާން ބުންޏެވެ. 

މެލޭޝިއާ ކޭމްޕް ކުރިއަށްގެންދާއިރު، ދެ މުބާރާތެއްގައި ރިވައިވަލްގެ ކުޅުންތެރިން ވާދަކުރަން ހަމަޖެހިފައިވެ އެވެ. އެއީ، ޕެޓްރޯނާސް މެލޭޝިއާ އިންޓަނޭޝަނަލް ޗެލެންޖު އާއި ޕެޓްރޯނާސް މެލޭޝިއާ އިންޓަނޭޝަނަލް ސީރީސްގަ އެވެ. 

ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ސްކޮޑުގައި ވެސް ހިމެނޭ ނަބާ ބުނީ، ހައި ޕާފޯމަންސް އެތުލީޓުންނަށް ދެއިރު ޓްރެއިނިން ހަދަން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، މާލޭގައި ކޯޓުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާއިރު، ހަވީރު ގަނޑީގައި ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓު ޕްރެކްޓިސްކޮށްލަން ނުލިބޭ ކަމަށެވެ. 

"ރިވައިވަލް ސްޕޯޓްސްގައި ތިބޭ ގައުމީ ޓީމުގެ ބައިވަރެއް ކުޅުންތެރިން. އެކަމަކު ވެސް ކޯޓުގެ ދަތިކަން ވެސް ލިބޭތީވެ، ކްލަބްގެ މެނޭޖްމަންޓުން ވެސް ވާހަކަ ދައްކަމުން އަައީ އެ އަށް ހައްލެއް ހޯދުމަށްޓަކައި، ކްލަބްގެ ހުރިހާ ކުޅުންތެރިން ރީލޮކޭޓްކުރަން، ފަސޭހައިން ބޭނުންވާ ގޮތަށް، ކޯޓު ވެސް ލިބިފައި ޓްރެއިނިން، ފުރުސަތު ހުރިހާ ކުޅުންތެރިންނަށް ވެސް ހަމަހަމައިން ލިބޭ ގޮތަށް، ކޮންމެވެސް ކަހަލަ ސޮލިއުޝަނެއް ހޯދަން. ދެން، ކްލަބުން ޑިސައިޑް ކުރީ މެލޭގައި ޓްރެއިނިން ކޭމްޕަށް ހުރިހާ ކުޅުންތެރިން ސެޓަލް ވެފައި، ޓްރެއިނިން ހަދާފައި ދެ މުބާރާތުގައި ބައިވެރިވަން،" ނަބާ ބުންޏެވެ. 

"ވަރަށް ބޮޑު ފުރުސަތެއް ހުރިހާ ކުޅުންތެރިންނަށް ވެސް. އެއީ، ފުލް ޓައިމްކޮށް ތިބޭއިރު، ދެ އިރު ޕްރެކްޓިސް ކުރަން ލިބި ކޭމްޕް ސްޓައިލްގައި ބެޑްމިންޓަނަށް ފޯކަސް ކޮށްލައިގެން މުބާރާތުގައި ބައިވެރިވާން ލިބޭ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތަކަށްވާނީ،" 

މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި، ކްލަބްތަކާއި އެކަޑަމީތައް ޓްރެއިނިން އަށް ބޭނުންކުރާއިރު، އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ އާންމު މެމްބަރުން ކުޅެން ދިއުމަށް ވަގުތުތައް ކަނޑައަޅާފައިވެ އެވެ. 

ރިވައިވަލްގެ ޒުވާން ޓިމުގައި ހިމެނޭ، ހަލަފް ބުނީ، މިއީ، ރިވައިވަލްއާ ގުޅުނު ފަހުން އޭނާ އަށް ޓްރެއިނިން ކޭމްޕަކަށް ދާން ލިބިގެންދިޔަ ދެ ވަނަ ފުރުސަތު ކަމަށެވެ. އަދި، މި ފަދަ ފުރުސަތުުތައް ކްލަބުން ފޯރުކޮށްދޭތީ ވަރަށް އުފާކުރާ ކަމަށާއި މެލޭޝިއާ ކޭމްޕްގެ ތެރެއިން ގިނަ ވަގުތު ޓްރެއިނިން އަށް ފޯކަސްކޮށްގެން ކަންކަން ކުރަން ލިބިގެންދިއުމަކީ ކެރިއަރަށް ވަރަށް ފައިދާކުރާނެ ކަމެއް ކަމަށް ހަލަފް ވަނީ ބުނެފަ އެވެ. 

ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނިގެން، ރާއްޖެ އަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނަބީ ބުނީ، ޓްރެއިނިން ކޭމްޕަށް ދިއުމުގެ ފުރުސަތު ލިބުމަކީ ކުޅުންތެރިންގެ މޯޓިވޭޝަނަށް ވެސް ވަރަށް ހެޔޮ ބަދަލެއް އައި ކަމެއް ކަމަށެވެ. އަދި، މާލޭގައި ގިނަ ވަގުތު ޓްރެއިން ކުރަން އެކަށީގެންވާ މިންވަރަށް ކޯޓު ނުލިބޭތީވެ، ކުޅުންތެރިންގެ މެދުގައި އެ އޮތް މާޔޫސްކަން ސިކުނޑިން ފޮހެލައި، ފޯކަސް ކޮށްގެން މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދަން ލިބުމަކީ ފައިދާ ބޮޑު ކަމެއްގެ ގޮތުގައި ނަބީ ވެސް ވަނީ ފާހަގަކޮށްފަ އެވެ. 

"ދެން، ކްލަބުން އެ ހުރިހާ ކަމަކަށް ވިސްނައި، މި ޓްރެއިނިން ކޭމްޕް އޮގަނައިޒްކޮށްދިނީތީވެ، ވަރަށް ޝުކުރު ވެސް އަދާކުރަން. ކޭމްޕްގެ ބައެއް ފައިދާތަކުގެ ތެރޭގައި ވާނެ ވަރަށް ބޮޑަށް ފުލްޓައިމްކޮށް މީގެ ތެރެއަށް ވަދެ، ކޮންމެވެސް ވަރަކަށް މައިންޑްގައި ވެސް ގިނައިން ޓްރެއިނިން ރަނގަޅަށް ހެދުމަށް އިނުން. މެލޭޝިއާ ތަންތަނުގައި ސްޕާރިން ޕްލޭޔާސް ލިބޭނެ. އެކި ކޭމްޕްތަކަށް ޓްރެވަލް ކޮށްފައި އެ ކުޅުންތެރިންނާ އެކު ކުޅެން. މީގެ ސަބަބުން، ބީޑަބްލިއުއެފް ސެންކްޝަން މުބާރާތްތަކުގައި ކުޅެން ބަލާއިރު ވަރަށް ފައިދާކުރާނެ، އޭޝިއަން ގޭމްސް އާއި އައިއޯއައިޖީ ކަހަލަ މުބާރާތްތަކަށްދާއިރު މިހެން ކުޅެގެން އެ ތަޖުރިބާއާ އެއްޗެހި ލިބުމަކީ،" ނަބީ ބުންޏެވެ. 

ރިވައިވަލް އިން ދާދި ފަހުން ވަނީ، މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު، އިޓަލީ، ޗެކް ރިޕަބްލިކް އަދި ފްރާންސްގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތްތަކެއްގައި ކުޅެފަ އެވެ. އަދި، މެލޭޝިއާ ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިޔައިރު، ތައިލެންޑްގެ މުބާރާތެއްގައި ވެސް ކުޅެފައިވެ އެވެ. 

މި ޓުއާގައި ބައިވެރިވި، ރިވައިވަލް އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ، ނިބާލް ބުނީ، މި ފަހަރު، މެލޭޝިއާ ކޭމްޕް ދިއުމުގެ މަގުސަދަކީ، މި ކޮޅުގައި (މާލޭގައި) ކޯޓުގެ ޖާގައިގެ ދަތިކަން ހުރުމާ އެކު، އެ ކަހަލަ ކަންކަމާ ހުރެ، މެލޭޝިއާގައި ޓްރެއިނިން ކުރިއަށްގެންދަން ލިބޭ ވަގުތު، މާލެ އަށް ވުރެން ގިނަ ވާނެތީ "ފޯކަސް ޓްރެއިނިންތަކެއް" ކުރިއަށްގެންދިއުމަށް ކަމަށެވެ.

"މެލޭޝިއާގެ ސްޕާރިން ކުޅުންތެރިންނާ އެކު ކުޅެ، އެކި ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެލުމުގެ ފުރުސަތު ވެސް ލިބޭނެ.  ޓީމު އެއްކޮށް ނޫނަސް، އެންމެ ފަހުން ދަތުރު މި ކުރީ ޔޫރަޕް ޓުއާގައި. މެލޭގައި ކޭމްޕް ކޮށްފައި އެ މުބާރާތްތަކަށް ދިޔައީ. ދެން، އެ ފަހަރު ވެސް އެ ކޭމްޕް ކުރު ނަމަވެސް، ޕޮޒިޓިވްކޮށް ނިމުނީ. އެެހެންވީމަ، މި ފަހަރު އެންމެން އެއްކޮށް އެ އަށް ވުރެން ގިނަ ދުވަހަށް ދާކަން އެއީ. ޕޮޒިޓިވް ކަމެއްގެ ގޮތުގައި ފެންނަނީ،" ނިބާލް ބުންޏެވެ. 

ދެ މަސް ދުވަހުގެ މުއްދަތަށް މެލޭޝިއާގައި މި ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިއުމަކީ، ވަކިވަކި ކުޅުންތެރިންނަށް ވެސް ކުރިއެރުން އަންނާނެ ކަމެއް ކަމަށާއި އަދި އަމިއްލަ އަށް މަސައްކަތް ކުރަންޖެހޭ ކަންކަމަށް އިތުރަށް ފޯކަސް ކުރެވޭނެ ކަމެއް ކަމަށް ރިވައިވަލް އިން ދެކެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox