ގައުމީ ޓީމުގެ ކުރިގެ ތަރި، މައިސާ ރިވައިވަލްގެ ކޯޗިން ޓީމާ ގުޅިއްޖެ

Aug 11, 2026, 8:36 AM
2021 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން މައިސާ.

2021 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން މައިސާ.

ގައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ ތަަރި، މައިސާ ފަތުހުﷲ އިސްމާއިލް (މައި)، ރިވައިވަލް ސްޕޯޓްސްގެ ކޯޗިން ޓީމާ ގުޅިއްޖެ އެވެ. 

އެ ގޮތުން، މައިސާ، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީއާ ފުލްޓައިމް ކޯޗެއްގެ ގޮތުގައި ގުޅިފައިވަނީ ލީޑިން ކޯޗެއްގެ ގޮތުގަ އެވެ. އުމުރުން 17 އަހަރުގައި ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދާފައިވާ މައިސާ ވަނީ ގައުމީ ބެޑްމިންޓަން ޓީމަށް 2012 އިން ފެށިގެން 2023 އާ ހަމައަށް ކުޅެފަ އެވެ. 

އެންމެ ހަގު އުމުރެއްގައި ރާއްޖޭގެ ގަައުމީ އަންހެން ސިންގަލްސް ބެޑްމިންޓަން ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑެއް ހާސިލްކުރި މައިސާ ވަނީ ބައިނަލްއަގުވާމީ ގިނަ މުބާާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށް މެޑަލް ވެސް ހޯދައިފަ އެވެ.

ރިވައިވަލް ސްޕޯޓްސް އިން ދެކޭގޮތުގައި، މައިސާ، އެ ކްލަބްގެ އެކަޑަމީގެ ކޯޗިން ޓީމާ ގުޅުމަކީ، ރަނގަޅު ފެންވަރެއްގެ އަންހެން ކުޅުންތެރިން ޑިވެލޮޕްކުރުމަށް ރިވައިވަލް އިން ކުރާ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

ގައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ ތަރި، މައިސާ، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ކޯޗިން ޓީމާ ވަނީ ގުޅިފައި.
ގައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ ތަރި، މައިސާ، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީގެ ކޯޗިން ޓީމާ ވަނީ ގުޅިފައި.

ކުޅުމުގެ ކެރިއަރަށް ބަލާއިރު، މައިސާ ވަނީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނިގެން، ދެ އޭޝިއަން ގޭމްސް އާއި ތިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ކޮމަންވެލްތު ގޭމްސް، ސައުތު އޭޝިއަން ގޭމްސް، ޔޫތު އޭޝިއަން ގޭމްސް، ބެޑްމިންޓަން އޭޝިއާ ޓީމު ޗެމްޕިއަންޝިޕް އަދި މޮރިޝަސް އިންޓަނޭޝަނަލް ސީރީސްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. 

ކާމިޔާބީ އަށް ބަލާއިރު، 2015 ވަނަ އަހަރާއި 2019  ވަނަ އަހަރުގެ އައިއޯއައިޖީގެ ބެޑްމިންޓަން އަންހެން ޓީމު އިވެންޓްގައި ލޯ މެޑަލް އަދި، 2023 ވަނަ އަހަރުގެ އައިއޯއައިޖީގެ އެ އިވެންޓްގައި ރިހި މެޑަލް ހޯދި ޓީމުގައި ހިމެނުނެވެ. އަައިއޯއައިޖީ، 2019 ގައި މިކްސް ޑަބަލްސް އިން ލޯ މެޑަލް ހޯދި މައިސާ ވަނީ ގައުމީ ލެވަލްގެ ބެޑްމިންޓަން އެކި މުބާރާތްތަކުގައި، ސިންގަލްސް އާއި ޑަބަލްސް އިވެންޓްތަކުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox