ގައުމު ހިންގުމަށް މުއިއްޒު ގެންގުޅުއްވާ ފަސޭހަ ފޯމިއުލާ

މުއިއްޒު ގައުމު ހިންގުމަށް ގެންގުޅޭ ފޯމިއުލާއަކީ އަނގަ ބަންދުކުރުމާއި މަނާކުރުމާއި ފޮރުވުން އަދި އަދަބު ދިނުން

މުއިއްޒު ގައުމު ހިންގުމަށް ގެންގުޅޭ ފޯމިއުލާއަކީ އަނގަ ބަންދުކުރުމާއި މަނާކުރުމާއި ފޮރުވުން އަދި އަދަބު ދިނުން

ގައުމެއް ހިންގުމަކީ ނުހަނު އުނދަގޫ، ދިގު މުއްދަތުގެ ޕްލޭންތަކާއި މާލީ އަދި އިގުތިސާދީ އިލްމާއި ތަޖުރިބާ ބޭނުންވާ ކަމެއް ކަމަށް ވިޔަސް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ދަސްކޮށްދެނީ މުޅިން އާ، އަދި މާ ފަސޭހަ ފޯމިއުލާއެކެވެ.

ސަރުކާރުން ގެންގުޅޭ އުސޫލަކީ މައްސަލައެއް އުފެދިއްޖެނަމަ އެކަމެއް މަނާކުރުން ނުވަތަ ސިއްރުކުރުމެވެ. މައްސަލައިގެ އަސްލަށް ވާސިލުވުމުގެ ބަދަލުގައި، މައްސަލައިގެ ވާހަކަ ދައްކާ މީހާގެ އަނގަ ބަންދުކުރުމެވެ. 

ޑޮލަރުގެ ކަޅު ބާޒާރުގެ އަގުގެ ހަބަރު ޝާއިއުކުރުން މަނާކޮށް، އެފަދަ ހަބަރުތައް ގެނެސްދޭ ފަރާތްތައް ޖޫރިމަނާކުރާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާއެކު ފާޑުކިޔުންތައް ދަނީ އޮހެމުންނެވެ. މިއީ ހަގީގަތުގައި ވެސް ގައުމީ ފެންވަރުގެ މާހިރުންތަކެއްގެ މޮޅު ނިންމެވުމެއް ކަމަށް ބަލަމާ ހިނގާށެވެ. އިތުބާރު ހުރި މަސްދަރުތަކުން ކިޔައިދިން ގޮތުގައި މި މޮޅު ނިންމުމާ ގުޅޭ ގޮތުން ސަރުކާރުގެ މޭޒުތަކުގައި ޖަލު އަދަބު ވެސް ހިމެނުމަށް މަޝްވަރާ ކުރެވުނެވެ. ޖަލަށް ލައިގެން ވިޔަސް ޑޮލަރު އަގު ތިރި ކުރެވޭނަމަ އެކަން އެންމެންގެ މަސްލަހަތަށްޓަކައި ކުރަންވީ އެވެ. 

Advertisement

ޑޮލަރުގެ ކަޅު ބާޒާރުގެ އަގު ނޫސްތަކުގައި ނުލިޔެވޭ ގޮތް ހެދުމުން، އެންމެންނަށްވެސް ބާޒާރުގައި ޑޮލަރު ހުރީ 15.42 އަށްކަން ގަބޫލުކުރެވި، މުޅި އިގްތިސާދު ހަމައަކަށް އެޅި، ޑޮލަރުން ފުރިގެން ބާރުވާނެކަން މިކަން ކަނޑައެޅި މާހިރުންނަށް ގަބޫލު ކުރެވުނީ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ފެނުނު މަންޒަރަކީ ޑޮލަރު މާރުކުރާ ބައެއް ތަންތަން ބަންދުކޮށްފައި ހުރުމާއި، ޑޮލަރު އެއްގޮތަކަށް ވެސް ނުވިއްކުމެވެ. ބުނަމުން ދިޔައީ ވިއްކާނެ ޑޮލަރެއް ނެތް ކަމަށެވެ.

ކުރިން ބޮޑު އަގުގައި ޑޮލަރު ވިއްކަމުން ދިޔަ ތަންތަނުގައި ވެސް ބުރާސްފަތި ދުވަހު ޑޮލަރު ނެތަސް، ޑޮލަރު ވިއްކާ ރޭޓުގެ ގޮތުގައި 15.42ރ. ޖަހާފައި ހުއްޓެވެ. މުއިއްޒުގެ ސަރުކާރުގެ ހިކުމަތްތެރި ސިޔާސަތުގެ ސަބަބުން ކަޅުބާޒާރު ވަގުތުން ދިޔައީ ކަމަށް ވެދާނެ އެވެ. ނަމަވެސް ޑޮލަރެއް ނުލިބެ އެވެ.

ޑޮލަރު އަގުބޮޑުވާ ވާހަކަ ދެއްކުން މަނާކުރުމުން ބައެއް މީހުން އެކަން ޖޯކަކަށް ހަދައި، ބޮލި ރާތަލެއް، ފިނިފެން މަލެއް، ސޯފާއެއް، "އެއްޗެއް" މިފަދަ ވާހަކަތަކާއި ފޮޓޯތަކާއެކު 22.85ރ. 22.90ރ. ލިޔެ ސޯޝަލް މީޑިއާގައި ޝެއާކުރަމުން އެބަދެ އެވެ. މިއީ ޑޮލަރުގެ އާ ނިޝާންތަކެއް ކަމަށް ވެދާނެ އެވެ. 

މި ފިޔަވަޅު އެޅީ މި ސަރުކާރުގެ އަމަލީ ތަޖުރިބާގެ އަލީގައި ކަމަށް ބެލެވެ އެވެ. ދުރު މާޒީއަކަށް ދާކަށް ނުޖެހެ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އެ އަންހެން މުވައްޒަފަކު ކުރި ތުހުމަތެއް އެމަނިކުފާނު ދޮގު ކުރެއްވި އެވެ. އެ ވާހަކަތައް ދެއްކުން ހުއްޓުވުމަށްޓަކައި ކްރިމިނަލް ކޯޓުން "ގެގް އޯޑަރެއް" ނެރުނެވެ. ސުވާލުކުރި ނޫސްވެރިޔާއާއި ހަބަރު ލިޔުނު ނޫސްވެރިޔާ ޖަލަށްލައި، ނޫހުގެ މުދާތައް ހިފަހައްޓައި، އެޑިޓަރުންގެ މައްޗަށް ދައުވާ އުފުލި އެވެ.

މި ނަޒަރިއްޔާތުގެ އެންމެ އުފެއްދުންތެރި މިސާލަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ދިޔުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ދެއްވި ޖަވާބެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ތައުލީމީ އިދާރާތަކުގައި ކޭސް ސްޓަޑީގެ ގޮތުގައި ވެސް، އަދި އިލްމީ ފޮތްތަކުގައި ވެސް ލިޔާނެ ފަދަ ޖަވާބެކެވެ.

މީޑިއާތައް ކޮންޓްރޯލްކުރާ ކޮމިޝަނެއް އުފެއްދުމާއި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި، ސަރުކާރުގެ ފިއްތުންތަކާ ހެދި ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ހުރިހާ މިންގަނޑަކުން ރާއްޖެ ދަށަށް ދިއުމުން ވެސް، މުންދު އެކަމަށް ރައްދު ދެއްވަމުން ވިދާޅުވީ "އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ގައުމުތައް ހަތަރު ފަސް، ދިހަ ވަރަކަށް ދަރަޖަ ކުރިއެރުން ކަމަށް ވެސް ވެދާނެއެއްނޫން، އަޅެ؟" އޭ ވިދާޅުވެ އެވެ.

މީޑިއާތަކަށް ކުރިން ނުލިބޭ ފުރުސަތުތައް މި ސަރުކާރުން ދެމުންދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ދަރަޖަ ދަށަށް ނުދާ ކަމަށާއި ދިމާވި ގޮތަކީ އެހެން ގައުމުތައް މައްޗަށް އެރުން ކަމަށް ދެއްކެވި ހުއްޖަތަކީ ހަމަ "ޑޮލަރުގެ އަގު ބޮޑުވީއެއް ނޫނެވެ، ރުފިޔާގެ އަގު ދަށަށް ދިޔައީއޭ" ކިޔުން ފަދަ ޖަވާބެކެވެ.

އިގުތިސާދީ އަދި ހާރިޖީ މައްސަލަތައް ވެސް ހައްލުކުރީ ހަމަ މި ފޯމިއުލާއިންނެވެ. ފައިސާ ޗާޕުކުރާ ކަމަށް މުއިއްޒު ވިދާޅުވުމުން އެކަން ނުކުރާ ކަމަށްވީ އެވެ. 

ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ "ފައިސާ ޗާޕުކުރުމުގެ" މުއާމަލާތް ސަރުކާރުން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ މުސާރަ ދެވޭނެ ގޮތެއް ނެތިގެން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނަން ނުޖެހުމަށް ޝަރުތުކޮށް 'އަދަދު' އަށް މައުލޫމާތު ދިނެވެ.

މާހިރުން ސިފަކުރައްވާ ގޮތުގައި، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ސީދާ ދަރަންޏަށް ފައިސާ ނުނެގޭތީ ޕެންޝަން އޮފީސް މެދުވެރިކޮށް ކުރި މި އިންވެސްޓްމަންޓަކީ ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ހިންގި ފައިސާ ޗާޕުކުރުމުގެ މުއާމަލާތެކެވެ.

ސަބަބަކީ އެމްއެމްއޭއިން ސީދާ ފައިސާ ނެގުމާއި، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމަށްފަހު އެ ފައިސާ ސަރުކާރުން ބޭނުންކުރުމުގެ އިގުތިސާދީ ނަތީޖާ މުޅިން އެއްގޮތްވުމެވެ.

ހަގީގަތަކީ މިއީ ކަމަށް ވިޔަސް މުއިއްޒުގެ ސިޔާސަތުގައި ފައިސާއެއް ޗާޕެއް ނުކުރެ އެވެ. 

އިންޑިއާގެ މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ރާއްޖޭގައި އުދުހެމުން ދިޔަނަމަވެސް، ހަމައެކަނި ޔުނިފޯމު އަޅައިގެން ތިބި މީހުންގެ ބަދަލުގައި އަސްކަރިއްޔާގެ ދަށުން ހިންގާ ހިންދުސްތާން އެރޮނޯޓިކަލް ކުންފުނީގެ ބަޔަކު ރާއްޖެ ގެނައުމުން އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރެވުނީ ކަމަށް އަދި އެއީ ބޮޑު ކާމިޔާބެއް ކަމަށް މުއިއްޒު އާއި އެމަނިކުފާނުގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ބުނުމުން، ހަގީގަތަކީ އެއީ ކަމަށް ގަބޫލުކުރަންވީ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފަހައްޓާނެ ކަމަށް ވީ ވައުދާއެކު، 3,000 އަށްވުރެ ގިނަ މީހުން އައްޔަންކުރި ކަމަށް ތުހުމަތުވުމުން މުއިއްޒު ވިދާޅުވީ ތިބީ 922 ކަމަށެވެ. ނަމަވެސް އެ ލިސްޓު ގައުމީ ސިއްރަކަށް ހެދުމުން، 3,000 ތިިއްބަސް ސިޔާސީ މުވައްޒަފުންގެ އަދަދަކީ ހަމަ 922 ކަމަށް ގަބޫލުކުރަންވީ އެވެ. 

ކުރީގެ ސަރުކާރުތަކަށްވުރެ ގިނަ ޕްރޮޖެކްޓު ހިންގާ ކަމަށް ވިދާޅުވަމުން ދާއިރު، ގާނޫނީ ގޮތުން އެ ހޯދަން އެދުމުން ވެސް ލިސްޓެއް ނުލިބުނެވެ. މި ސަރުކާރުގެ ސިޔާސަތުގައި ނުފެންނަ މަޝްރޫއުތަކަކީ އެންމެ ފުރިހަމައަށް ހިނގާ މަޝްރޫއުތަކަށް ވީ އެވެ.  

މުއިއްޒަށް ކުރިން މައްސަލައަކަށްވީ ބަޖެޓު ފޮތުގައި މަޝްރޫއުތަކަށް މަދު ފައިސާކޮޅެއް ޖަހާތީ އެވެ. އެވަރުން މަޝްރޫއުތައް ނުހިންގޭނެ ކަމަށް ބުނެ ފާޑުކިޔެވެ. އެކަމަށް ގެނައީ މާ ފަސޭހަ ހައްލެކެވެ. މިހާރު ބަޖެޓު ފޮތުގައި މަޝްރޫއުތަކެއް ނުވެސް ނެތެވެ. އެހެންވެ، ރަށަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ބަޖެޓެއް ނުވެސް އެނގެ އެވެ.

ޕީއެންސީން ގަބޫލުކުރާ ގޮތުގައި އިއުލާނު ކުރެއްވި މަޝްރޫއުތަކާއި ކުރީގެ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓިފައި އެވަނީ ބަޖެޓުގައި ފައިސާ ނެތިގެނެއް ނޫނެވެ. ބަޖެޓުގައި އެ މަޝްރޫއެއް ނެތަސް، ފައިސާ ނެތަސް، ނޫސްތަކުގެ ސުރުހީގައި "މަޝްރޫއު މެކުހަށް" ޖަހާލުމުން އެ އޮތީ ހިނގާފަ އެވެ. މި ސަރުކާރުން މަޝްރޫއު ހިންގުމަށް ބޭނުންވަނީ ސިމެންތިއާއި ދަގަނޑު، ހިލަ އާއި ހިލަވެއްޔެއް ނޫނެވެ. ނޫސްތަކުގެ ސުރުހީ އެވެ.

މި އުސޫލުން ކަންކަން ހައްލުވާނަމަ، އިކޮނޮމިކް މިނިސްޓަރު ސައީދަށް ހިލޭ ދޭނެ މޮޅު ހިޔާލެއް އެބައޮތެވެ. ކަޅު ބާޒާރުގެ އަގުތަކުގެ ވާހަކަ މަނާކުރުމުގެ ބަދަލުގައި، ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ދަށްވެއްޖެ ކަމަށް ޓިކޮޓޮކްއެއް ހަދާށެވެ. އޭގެ ހަގީގަތެއް އޮތަސް ނެތަސް، ނޫސްތަކާއި ޓީވީތަކުން "ބްރޭކިން ނިއުސް" ގެނެސް، ހާއްސަ ޕްރޮގްރާމްތައް ހަދައި، އިގުތިސާދީ މޮޅު ފޯމިއުލާއަށް ތައުރީފުކުރަން ފަށާނެ އެވެ.

އޭރުން ޑޮލަރުގެ އަގު ދަށްވެގެން ގޮސް، ދުނިޔޭގެ މާލީ އިދާރާތައްވެސް ހައިރާންވާނެތާ އެވެ. މުސްތަގުބަލުގައި ޑޮލަރުގެ އަގު އިތުރަށް ބޮޑުވެއްޖެނަމަ، "ޑޮލަރު ބޮޑުވި" ކަމަށް ކިޔުމުގެ ބަދަލުގައި "ދިވެހި ރުފިޔާގެ އަގު ވަގުތީ ގޮތުން ދަށްވީ ކަމަށް" ލިޔުމުން މި ސަރުކާރު ގަބޫލު ކުރާ ގޮތުގައި ޑޮލަރުގެ އަގެއް ނުއުފުލޭތާ އެވެ. 

މުޖުތަމައުގައި ހުރި އެހެން ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވެސް މާލިއްޔަތު ކޮމިޓީގެ މި މޮޅު ފޯމިއުލާ ބޭނުންކުރެވިދާނެ އެވެ. މާލޭގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރަން މަގުތައް ބޮޑުކުރުމުގެ ބަދަލުގައި "މާލޭގައި ޓްރެފިކް އެބައޮތޭ" ބުނުން ނުވަތަ ޖޭމްވެފައިވާ މަގުތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލުން މަނާކުރުމުން މަގުތައް ހުސްވީ އެވެ.

މަސްތުވާތަކެތީގެ ވަބާ ނައްތާލަން "މަސްތުވާތަކެތި "ނުވަތަ "ޑްރަގް" މި ލަފްޒު ބަސްފޮތުން އުނިކޮށް، ބޭނުންކުރުން މަނާކުރުމުން އެފަދަ ކަމެއް ނުވެސް ހިނގާ ކަމަށް ނިންމޭނެ އެވެ. ކާބޯތަކެތީގެ އަގުބޮޑުވާ ވާހަކަ ފިހާރަތަކުގައި ލިޔުން މަނާކުރުމުން އިންފްލޭޝަނެއް ނޯންނާނެ އެވެ. މަގުމަތީގައި ކުނި ކޮތަޅު ހުރި ވާހަކަ ދެއްކުން މަނާކުރުމުން މުޅި މާލެ އެއްކޮށް ސާފުވީ އެވެ.

މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާނެ އާ ހިޔާލުތަކެއް ވެސް އެބަހުއްޓެވެ. މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ވާރޭވެހޭ ވާހަކައާއި ފެންބޮޑުވާ ވާހަކަ ނޫސްތަކުގައި ލިޔުން މަނާކުރުމާއި، މެޓް އޮފީހުން "ވެދާނެ" ކިޔާފައި ރެޑް އެލާޓް ނެރުން މަނާކުރުން ހިމެނެ އެވެ.

ބަލިމަޑުކަމެއް ފެތުރޭނަމަ އެ ބައްޔެއްގެ ނަން ކިޔުން މަނާކުރުމުން ސިއްހީ ނިޒާމަށް އޮންނަ ބާރުބޮޑުވުން ކުޑަވާނެ އެވެ. ބޭސް ނުލިބޭ ވާހަކަ ވެސް ދެއްކުން މަނާކުރުމުން ބޭހުގެ ދަތިކަން ފިލައި ދިޔައީއެވެ. އަދި ކަރަންޓު ކެނޑޭ ވަގުތުތަކުގައި "އަނދިރިވެއްޖެއޭ" ބުނުން މަނާކޮށް، އެއީ "އަލި މަޑުކޮށްލި ވަގުތުކޮޅެއް" ކަމަށް ގާނޫނުން ކަނޑައެޅިދާނެއެވެ. ހަގީގަތް ބަދަލުނުކުރެވުނަސް، ވާހަކަ ދައްކާ ގޮތާއި ނޫސްތަކުގެ ސުރުހީ ބަދަލުކޮށްގެން ގައުމު ހިންގުމަކީ މުއިއްޒުގެ ސިޔާސަތެވެ. 

ފައިސާ ނެތަސް މަޝްރޫއުތައް ހިނގަނީއެވެ. ޑޮލަރު ނެތަސް ތަނަވަސްކަން އޮތީއެވެ. ހަމައެކަނި ބޭނުންވަނީ ރަނގަޅު ސުރުހީއެކެވެ. މި އުސޫލުން ކުރިއަށްދާނަމަ، މާދަމާ ރާއްޖޭގައި އެއްވެސް މައްސަލައެއް ނޯންނާނެ އެވެ. މި އުސޫލުން، މުއިއްޒުގެ އުއްމީދު ކަމުގައިވާ ތަރައްގީ ވެފައިވާ ގައުމަކަށް މި ރާއްޖެ މާދަމާ ވެސް ބަދަލުކޮށްލެވިދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox