ގައުމީ ދުވަހުގެ ތަގުރީރާއި ގާނޫނީ ހަގީގަތް

ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ރާއްޖޭގައި ހަދާ ގާނޫނުތަކާއި ގަވާއިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮތަސް އެކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށް، އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. 

"އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބައޮތްތޯ؟ ޖަވާބު ވަރަށްކުރު. ނެތް. އެންމެ ފަސޭހަ، އެންމެ ސާދާ އަދި އެންމެ ކުރު ޖަވާބަކީ އަދި އެފަދަ ނިޒާމެއް ނެތްކަން،" މުއިއްޒު ވިދާޅުވި އެވެ. 

ރާއްޖެ އިސްލާމްވިތާ 900 އަހަރު ވާއިރު، އަދި މި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހަދަންޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ކަމަށް ދުސްތޫރުގައި ކަނޑައަޅާފައި ވާއިރު، އެފަދަ އޮނިގަނޑެއް ނެތް ކަމަށް މުއިއްޒަށް ގަބޫލު ކުރެއްވޭތީވެ އެކަން ހައްލުކުރުމަށްޓަކައި ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. 

Advertisement

"އަޅުގަނޑު މިއަދު ގަސްދުކުރަނީ، މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެންވީމާ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަގީންކަން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

މިއީ އަޑުއަހާލަން ކިތަންމެ ފަސޭހަ އަދި އުންމީދީ ވާހަކައަކަށްވީ ނަމަވެސް، ރާއްޖޭގެ ނިޒާމު އޮތް ގޮތާއި އޭގެ ހަގީގަތް ވަޒަންކޮށްލުން މުހިންމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އިތުރު ތަފުސީލަކަށް ބޭނުން ނުވާނެހާ ސާފުކޮށް ބަޔާންކޮށްފައި ވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. 

މިއީ ދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގެ އެންމެ އުއްމީދީ އަދި އެންމެ ބާރުގަދަ ގާނޫނީ ތަނބެވެ. މުޅި ދައުލަތް ހިންގުމުގެ ނިޒާމު ރޭވިފައިވަނީ މި އަސާސްގެ މައްޗަށެވެ. އެހެންވެ، އިސްލާމްދީނުގެ އަސްލަކާ ހިލާފު ބިލެއް މަޖިލީހަށް ހުށަހެޅުމާއި، ބަހުސްކުރުމާއި، ފާސްކުރުން ގާނޫނުއަސާސީން ސީދާ މަނާކުރެ އެވެ.

ގާނޫނުތައް ފަރުމާކުރުމާއި ފާސްކުރުމުގައި ވާރުތަވެފައިވާ ބަރުލަމާނީ އަދި ގާނޫނީ ތަރުތީބުތަކެއް އެބަ އޮތެވެ. އެއީ، މައިގަނޑު ހުރިހާ ގާނޫނެއް ސަރުކާރުން ޑްރާފްޓުކުރުމެވެ. އެ މަސައްކަތް ފަށަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބިލް ޑްރާފްޓްކޮށް، ބަލަންޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބަލައި ކަށަވަރުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށް މަޖިލީހަށް ބިލް ހުށަހަޅަ އެވެ. ސަރުކާރުގެ ބިލްތައް އާންމުކޮށް ހުށަހަޅަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެކެވެ. 

ބިލް ޑްރާފްޓުކުރުމުގެ މަރުހަލާގައި ވެސް ބަންޑާރަ ނައިބުގެ އޮފީހުގައި ތިއްބެވި ގާނޫނާއި އިސްލާމީ ޝަރީއަތް ރަނގަޅަށް އެނގިވަޑައިގަންނަވާ މުވައްޒަފުން، ކޮންމެ ބިލަކީ އިސްލާމްދީނުގެ އަސްލުތަކާއި ފުށުނާރާކަން ކަށަވަރުކުރެ އެވެ. ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތަކުގެ ތަރަހައަކީ ވެސް މި އަސާސެވެ.

ގާނޫނުއަސާސިގެ 70 ވަނަ މާއްދާގައި  ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލު ގެނައުމާއި، ގާނޫނު ބާތިލްކުރުމުގެ ބާރު ލބިގެންވާ ކަމަށެވެ. އިތުރަށް ބަޔާންކޮށްފައި ވަނީ  އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ އިމަކީ ވެސް މިއެވެ. ގާނޫނު އަސާސިގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މިފަދައިންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ."

ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެވެ. މަޖިލީހުން ފާސްކުރާ ބިލެއް އިސްލާމްދީނާ ހިލާފުވާނަމަ، އެ ބިލެއް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުގެ ދުސްތޫރީ ވާޖިބު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވެ އެވެ. 

އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެކެވެ. އެހެންވެ، މިހާތަނަށް ކޮންމެ ރައީސަކު ވެސް ގާނޫނެއް ތަސްދީގުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ފަރުވާތެރިކަމާއެކު ބަލަ އެވެ. 

ބިލެއް ތަސްދީގުކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން އަލުން އެ ބިލެއް ބަލަ އެވެ. މައްސަލަ އުޅޭ ބިލްތައް ނުވަތަ ރަނގަޅުކުރަން ރައީސްއަށް ފެނިވަޑައިގަންނަވާ ބިލްތައް އަނބުރާ މަޖިލީހަށް ފޮނުވާލާފައި އެބަ ހުއްޓެވެ. ރައީސް މުއިއްޒު ވެސް މިގޮތަށް އަމަލުކޮށްފައި އޮތުމުން، ފުރިހަމަ އޮނިގަނޑެއް އޮތްކަން އެބަ އެނގެ އެވެ. 

ދެން އޮތީ ޝަރުއީ ނިޒާމެވެ. އިސްލާމްދީނާ ފުށުއަރާ ގޮތަށް ގާނޫނެއް ނުވަތަ ގަވާއިދެއް ފާސްކޮށްފިނަމަ، އެ ގާނޫނެއް ބާތިލުކުރުމުގެ ފުރިހަމަ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިދެ އެވެ. މިހާތަނަށް އެފަދަ ގާނޫނެއް، ނުވަތަ ގާނޫނުގެ ބައެއް ވެސް ބާތިލްކޮށްފައެއް ނެތެވެ. 

މި ފަށަތައް ހުއްޓައި ހަރުދަނާ އޮނިގަނޑެއް ނެތް ކަމަށް މުއިއްޒު ވިދާޅުވުމަކީ ނެތް މައްސަލައެއް އޮތް ކަމަށް ދައްކުމެވެ.  

މި ރާއްޖޭގައި ތަފާތު ދީންތަކެއް ނެތެވެ. މިހާތަނަށް އިސްލާމްދީނާ ފުށުއަރާނެ ގާނޫނެއް އަދި ގަވާއިދެއް ވެސް ފާސްކޮށްފައި ނެތްއިރު، ގައުމީ މައްސަލައެއްގެ ގޮތުގައި މުއިއްޒު މި ވާހަކަ ދައްކަވަން ވާނީ ވަރަށް ސާފުކޮށް ދިމާވާ މައްސަލަތައް އަދި ހައްލުތައް ވެސް ކިޔައި ދެއްވާފަ އެވެ. 

ދައުލަތުގެ އެކި މަގާމުތަކުގައި އެމަނިކުފާނު އުޅުއްވާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިނިސްޓަރު ކަމުގައި ހަތް އަހަރު، މޭޔަރު ކަމުގައި ތިން އަހަރު ހުންނެވިއިރު ވެސް މިފަދަ ނިޒާމީ ހުސްކަމެއް އޮތް ކަމަށް ފާހަގަކުރައްވާފައެއް ނެތެވެ.

އަލަށް ގެންނަނީ ކޮން ގާނޫނެއް؟ 

ގާނޫނުއަސާސީން އިންތަކާއި މިންތައް ކަނޑައެޅިފައިވަނިކޮށް، މަޖިލީހުގެ 3 ވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި "ނިޒާމީ ބަދަހި އޮނިގަނޑު" ނުވަތަ ގާނޫނުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

އަހަރެންނަށް ވިސްނޭ ގޮތުގައި ފާހަގަ އެ ކުރެއްވީ ޝަރިއްޔާ ކައުންސިލެއް އުފެއްދުމުގެ ގާނޫނެއްގެ ވާހަކަ އެވެ. އެފަދަ ނަމެއް ކިޔާ ކައުންސިލެއް ނެތަސް، މިހާރު ވެސް ހައްލު އެބަ އޮތެވެ. އެހައްލު ބޭނުންވެސް ކުރެ އެވެ. ބަންޑާރަ ނައިބު އޮފީހާއި އިސްލާމިކް މިނިސްޓްރީން ވެސް އެ ޒިންމާ އުފުލަ އެވެ. ފިގުހު އެކަޑެމީ އާއި ފަތުވާ ކައުންސިލް ވެސް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ވެސް އެބަ އޮތެވެ. އަދި ކޯޓުތަކަށް ވެސް ޒިންމާތަކެއް އެބަ އޮތެވެ.

ދައުލަތުގެ މި ނިޒާމު ހިނގަހިނގާ އޮތްވައި، ގައުމީ ދުވަހު މުއިއްޒު ދެއްވި ތަގުރީރުން ހާމަވަނީ، ހަރުދަނާ ދުސްތޫރީ އިޖުރާއަތްތަކާއި މުއައްސަސާތަކުގެ އަގުވައްޓާލުމަށްފަހު، ރައްޔިތުންގެ ހިތްތަކުގައި އޮތް ދީނީ ލޯބި ސިޔާސީ އައްޑަނައަކަށް ބަދަލުކުރަން އުޅުއްވުމެވެ. ކޮންމެ ކަމެއްގައި ވެސް ދީނީ ކާޑު އިސްކުރެއްވުމެވެ. 

އިސްލާމްދީނާ ހިލާފު ގާނޫނެއް ވުޖޫދުވެފައި ނެތްއިރު، ނެތް މައްސަލައެއްގެ ހައްލު ގެނެސްދިން ކަމަށް އިއުލާނު ކުރެއްވުމަކީ ފަޚުރެއްގެ ގޮތުގައި ދެކެވަޑައިގެންނެވުމަކީ މާބޮޑު ނުރައްކަލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox