ބިންތައް އަތުލެވޭ ބިލާ އެއްކޮޅަށް އަނެއްކާވެސް ޕެޓިޝަނެއް ހުށަހަޅައި ސޮއި ހޯދަން ސަރުކާރުގެ ނުފޫޒު ބޭނުންކުރަނީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ އެއްކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުވަނީ ސަރުކާރު އަޑީގައި އޮވެގެން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ އެއްކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުވަނީ ސަރުކާރު އަޑީގައި އޮވެގެން -- ފޮޓޯ: ރައީސް އޮފީސް

އެއް ކަމެއްގައި އެއް ފިޔަވަޅެއް އަޅަން ގޮވާލައި ކިތަންމެ ގިނަ ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށްފަހު، ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް އަނެއްކާ ވެސް ސަރުކާރު އަޑީގައި އޮވެ މަޖިލީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ބޭނުންއިރަކު ސަރުކާރަށް ނެގޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅުއްވީ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގަ އެވެ.

މިއީ މި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއިކުރުވަން ފެށި ދެވަނަ ޕެޓިޝަނެވެ.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ހުށަހެޅި ބަދަލު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން އިއްޔެ ސޮއިކުރަން ފެށި ޕެޓިޝަނުގައި 4800 އަށްވުރެ ގިނަ މީހުން މިހައިތަނަށް ސޮއިކޮށްފައިވެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި، މި ޕެޓިޝަނަށް ސޮއި ހަމަކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ބާރާއި ނުފޫޒު ބޭނުންކުރަމުންނެވެ. އެގޮތުން، މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ސަރުކާރުގެ ޕެޓިޝަނުގައި ސޮއިކުރަން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އަންގަމުންދާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅި ފުރަތަމަ ޕެޓިޝަނަށް 855 މީހުންގެ ސޮއި ހަމަވުމާއެކު، އެ ޕެޓިޝަން ހުށަހެޅި ބޭފުޅާއަށް އޮޅިގެން ވަނީ އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފަ އެވެ. އެހެންކަމުން، ޕެޓިޝަންއަކާ ގުޅިގެން މަޖިލިސް ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް އެ ޕެޓިޝަނަށް ސޮއި ހަމަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އެހެން އެކަންވުމުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު ވަނީ މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރަން ހުށަހަޅައިފަ އެވެ. އެ މާއްދާގައި އޮންނަނީ މައްސަލައަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލައިފައިވާ ފިޔަވަޅެއް އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބަދަލުކުރަނީ ސަރުކާރަށް ބިންތައް ނެގޭ އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ޕީއެންސީއަށް ހަޖަމުނުވެގެން: އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ހުއްޓުވުމަށްޓަކައި، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ސަރުކާރު ހިންގާ ޕީއެންސީން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި.

އޭނާ ހުށަހެޅުއްވި ގޮތަށް އިއްޔެ މަޖިލީހުން ވަނީ މަޖިލީހުގެ ގަވާއިދު  ބަދަލުކޮށްފަ އެވެ. އެ މާއްދާ އުވައިލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ. އެ ބަދަލު ގެނައުމާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ، އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox