އިޒްރޭލުގެ ފޯވާޑް ސަލޮމޮން އަށް ރައްދުވާ ގޮތަށް ފަލަސްތީނާ ދެކޮޅު ލަވަ ނުކިޔަން އެެދެފި

Aug 20, 2026, 6:51 PM
އިޒްރޭލުގެ ފޯވާޑް، މަނޯ ސަލޮމޮން.

އިޒްރޭލުގެ ފޯވާޑް، މަނޯ ސަލޮމޮން.

ލަންޑަން (އޮގަސްޓް 20) - އިޒްރޭލް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، މަނޯ ސަލޮމޮން އަށް ރައްދުވާ ގޮތަށް ފަލަސްތީނާ ދެކޮޅު ލަވަތައް މެޗުތަކުގައި ނުކިޔަން ވެސްޓް ހޭމް ޔުނައިޓެޑުން އެދެފި އެވެ. 

އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި މި ސީޒަނުގައި ވާދަކުރަން ޖެހިފައިވާ ވެސްޓް ހޭމް އިން ސަލޮމޮން ގަނެފައިވަނީ، ޓޮޓެންހަމް ހޮޓްސްޕާސް އަށް ހަތް މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ތިން އަހަރުގެ ޑީލެއްގައި، އުމުރުން 27 އަހަރުގެ ސަލޮމޮން، ވެސްޓް ހޭމްއާ ގުޅުނުއިރު، އޭނާ ވަނީ ފުރަތަމަ މެޗުގައި 2-2 އިން ރަށުންބޭރުގައި ބާންލީއާ ދެކޮޅަށް ވެސްޓް ހޭމް، އެއްވަރުވި މެޗުގައި ލަނޑު ޖަހައިފަ އެވެ. 

ސަޕޯޓަރުން ބޭނުންކުރަމުން އަންނަ ސަލޮމޮންގެ މި ލަވައިގައި، އޭނާ އަކީ ފަލަސްތީން ދެކެ ނަފްރަތު ކުރާ މީހެއް ކަމަށް ދޭހަވާ ބައިތަކެއް ހިމެނެ އެވެ. އެއީ، މީގެ ކުރިން ސޯޝަލް މީޑިއާގައި ސަލޮމޮން، ހިއްސާކޮށްފައިވާ ބައެއް ޕޯސްޓްތަކަށް ބަލައިފައި، ސަޕޯޓަރުން އޭނާގެ ލަވައިގައި ހިމަނާފައިވާ ބަައެކެވެ. 

ވެސްޓް ހޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗު ތެރޭގައި ކުޅުންތެރިންނަށް ނިސްބަތްކޮށް ހަދާފައިވާ ލަވަތައް ކިއުމަކީ އިނގިރޭސި ފުޓްބޯޅައިގެ ތެރޭގައި އޮންނަ ގިނަ ދުވަސްވީ ސަގާފަތެއްކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް، ވިސްނަން ޖެހޭ ކަމަކީ މި ފަދަ ގޮތަށް ފާޅުކުރެވޭ ޝުއޫރުތައް ޓީމަށާއި ކުޅުންތެރިއާ އަށް ހިތްވަރު ދިނުމުގައި ބޭނުންކުރުމަށް ކަމަަށްވާއިރު، އެހެން ކަންކަމާ ގުޅުވައިގެން މި ކަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. 

ލީގުގައި މި ހަފްތާގައި ވެސްޓް ހޭމުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި މިކަން ތަކުރާރުނުކުރަން އެ ކްލަބުން ވަނީ ސަޕޯޓަރުން ކިބައިން އެދިފަ އެެވެ. 

 ވެސްޓް ހޭމްގެ އިޒްރޭލް ސަޕޯޓަރުންގެ ގްރޫޕް، އިޒްރޭލް ހެމާސް އިން ވެސް ވަނީ މި ލަވަ ހުއްޓާލަން ގޮވާލައިފަ އެވެ. 

ސަލޮމޮން އަށް ރައްދުވާ ގޮތަށް މި ލަވަ، މީގެ ކުރިން ވެސް ދަނޑު ތެރޭގައި ކިޔާފައިވެ އެވެ. އެއީ، މިދިޔަ ސީޒަނުގައި ލޯން ޑީލެއްގައި ލީޑްސް ޔުނައިޓެޑަށް އޭނާ ކުޅުނުއިރު އެވެ. ލީޑްސް އިން ވެސް ވަނީ މި އަމަލުތަކުރާރުކުރާ ފަރާތްތަކުގެ ކަންކަން ވަރަށް ގާތުން ބަަލައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ކުރަން ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox