ޖަރުމަނު ކޯޗުކަމަކީ "ކުރު އެކްސްޕެރިމެންޓެއް" ނޫން: ކްލޮޕް

Aug 19, 2026, 11:01 AM
ޖަރުމަނުގެ ގައުމީީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ޔާގަން ކްލޮޕް

ޖަރުމަނުގެ ގައުމީީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ޔާގަން ކްލޮޕް

ބާލިން، ޖަރުމަނު (އޮގަސްޓް 19) - ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެ، އޭނާ ކުރަން ޖެހިފައި އޮތީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭ، "ކުރު އެކްސްޕެރިމެންޓެއް" ނޫން ކަމަށް ޖަރުމަނުގެ ކޯޗު، ޔާގަން ކްލޮޕް ބުނެފި އެވެ. 

ފީފާގެ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ކްލޮޕް، ލިވަޕޫލްގެ ކޯޗުކަމުން ވަކިވިތާ ދެ އަހަރު ފަހުން، ވަނީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ހަވާލުވެފަ އެވެ.

އެމެރިކާ، މެކްސިކޯ އަަދި ކެނަޑާގައި ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ޖަރުމަަނުގެ ނަތީޖާ ދަށްވުމުން، އެ ޓީމާ ހަވާލުވެ ހުރި ކޯޗު ހޫލިއަން ނާގަލްސްމަން އަށް މަގާމުގައި ދެމިހުރެވޭ ގޮތެއްނުވި އެވެ. ކްލޮޕަށް ޖަރުމަނުގެ ކޯޗުކަން ދިނީ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. 

Advertisement

ކްލޮޕް ބުނީ، ޖަރުމަނުގެ ކޯޗުކަމާ ހަވާލުވިއިރު، އޭނާ އަށް މިއީ ކިހާ ބުރަ މަސައްކަތެއްކަމުގެ އިހުސާސްކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، ޖަރުމަނުން ކަންކަން ކުރަން ޖެހެނީ ފްރާންސުން ކުރާ ގޮތް ބަލައިގެން ނޫން ކަމަށާއި ޖަރުމަނު ޓީމުގައި އޮސްމާން ޑެމްބެލޭ އާއި ކީލިއަން އެމްބާޕޭ އާއި ޑެޒެއާ ޑޫއޭ އަދި ބްރެޑްލީ ބާކޮލާ ފަދަ ކުޅުންތެރިން ޖަރުމަނުގައި ނެތް ކަމުގައި ވިޔަސް، ޖަރުމަނަށް ވެސް ފްރާންސް ބަލިކުރެވޭނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. 

"ފްރާންސް، ސްޕެއިން އަދި އާޖެންޓީނާ އަށް ބަލައިގެން ކަންކަން ކުރުމެއް ނޫން މުހިންމީ. އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް އަހަރެެމެންގެ ޓީމަށް ބެލުން. އަހަރެމެން ފުޓްބޯޅަ ކުޅޭނެ ގޮތެއް ކަނޑައަޅައިގެން އެ ގޮތަށް ކުރިއަށް ދިއުން. އަހަރެމެންނަކީ މި ވަގުތު ދުނިޔޭގެ އެއް ވަނަ އެއް ނޫން. އެއީ ހަގީގަތް. 11 ގައުމު އެބައޮތް އަހަރެމެންނަށް ވުރެން ކުރީގައި. އަހަރެމެން ޖެހޭނީ އެ ހުރިހާ ޓީމެއް ބަލިކުރުމަކީ ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދޭން. އެއީ، އަހަރެމެންގެ ފުޓްބޯޅަ ބަދަލުކޮށްގެން،" ބޮރޫޝިއާ ޑޯޓްމަންޑާއި ލިވަޕޫލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކްލޮޕް ބުންޏެވެ. 

"ހަގީގަތަކީ، މިއީ، ކުރު އެކްސްޕެރިމެންޓެއް ނޫން. މިދިޔަ އަހަރުތަކުގައި ޑިޒައިން ވެފައި އޮތް ކަމެއް. އަހަރެމެން މި ޖެހެނީ ވަރަށް ރަނގަޅު ކުރަން،" 

ރެޑްބުލް ގްރޫޕްގެ ގްލޯބަލް ފުޓްބޯލް ހެޑްކަން ދޫކޮށް ޖަރުމަނާ ހަވާލުވި، ކްލޮޕް ބުނީ، އެންމެ ފަހުން ކުރިއަށްދިޔަ ވޯލްޑް ކަޕްގެ މާޔޫސްކަމަށް ފަހު، ޖަރުމަނުން ހުރިހާ ކަމެއް ސުމަކުން ފަށަން ނުޖެހޭ ކަމަށާއި މައިގަނޑު ގޮތެއްގައި އޭނާ އަށް އޮތީ ދެ ޒިންމާ އެއް ކަމަށެވެ. ފުރަތަމަ ކަމަކީ، ޖަރުމަނުގެ ސީނިއާ ގައުމީ ޓީމު ރަނގަޅު ކުރުން ކަމަށެވެ. ދެން، އެ ގައުމުގެ ފުޓްބޯޅައިގައި ގައުމީ ޓީމާ ހަމައަށް އަންނަން ހުރި ވަށައިޖެހޭ ކަންކަން ހަރުދަނާކުރުން ކަމަށް ކްލޮޕްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox