މާފުށީ ބޭރު ތޮށްޓަށް ސަފާރީއެއް އުރި ފުނޑުފުނޑުވެއްޖެ

Jul 31, 2026, 11:01 AM
މާފުށީ ތޮށިގަނޑަށް އުރުނު ސަފާރީ ފުނޑުފުނޑުވެފައި

މާފުށީ ތޮށިގަނޑަށް އުރުނު ސަފާރީ ފުނޑުފުނޑުވެފައި

ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއް، މިއަދު ހެނދުނު އައި  ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ގޮސް، އެ ރަށުގެ ބޭރު ތޮށްޓަށް އުރި ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެއްޖެ އެވެ. 

ފުލުހުން ބުނީ މާފުށީ ބޭރު ތޮށްޓަށް ސަފާރީއެއް އުރުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މާފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މިއަދު ހެނދުނު އެ ސަރަހައްދަށް އައި  ކޮޅިގަނޑެއްގެ ސަބަބުންނެވެ. ރަށުގެ ބޭރުގައި އަޅާފައި އޮތް މި ސަފާރީ، ވައިގަދަވެ ނަގިލި ކަހާލައިގެން ގޮސް ލެއްގީ ސީދާ ރަށުގެ ބޭރު ތޮށި މައްޗަށެވެ.

"ސަފާރީ އޮތީ އެއްކޮށް ފުނޑުފުނޑުވެ، އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި،" މާފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސަފާރީ ބޭރުގެ ތޮށްޓަށް އުރިފައި
ސަފާރީ ބޭރުގެ ތޮށްޓަށް އުރިފައި

މި ސަފާރީއަކީ އާންމުކޮށް މާފުށީ ބޭރުގައި އަޅާފައި ބާއްވައިގެން ފަތުރުވެރިންނަށް ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އުޅަނދެކެވެ.

މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، މި ސަފާރީ އޮޕަރޭޓް ކުރަމުން ދިޔައީ އޭގެ އަސްލު ވެރިފަރާތުގެ އަތުން ކުއްޔަށް ނަގައިގެން އުޅޭ ބައެކެވެ.

މި ސަފާރީ އޮޕަރޭޓްކުރާ ފަރާތުން ފޯނު ނުނަގާތީ އަދި ބަހެއް ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox