އެންއެޗްޖީއޭއެމްގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ކާނި އަބްދުالله އިންތިހާބުކޮށްފި

Jul 31, 2026, 11:53 AM
އެންއެޗްޖީއޭއެމްގެ ރައީސްކަމަށް އިންތިހާބުކުރި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުالله ނަޝީދު (ކާނީ އަބްދުالله): މިއީ ވިދިވިދިގެން އޭނާ އެ މަގާމަށް އިންތިހާބުކުރެވުނު ތިން ވަނަ ފަހަރު --- ފޮޓޯ: ރައީސް އޮފީސް

އެންއެޗްޖީއޭއެމްގެ ރައީސްކަމަށް އިންތިހާބުކުރި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުالله ނަޝީދު (ކާނީ އަބްދުالله): މިއީ ވިދިވިދިގެން އޭނާ އެ މަގާމަށް އިންތިހާބުކުރެވުނު ތިން ވަނަ ފަހަރު --- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) ގެ ރައީސް ކަމަށް، ކާނި ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ތިން ވަނަ ދައުރަކަށް އިންތިހާބުކޮށްފި އެވެ.

އެންއެޗްޖީއޭއެމް އިން އިއްޔެ ބޭއްވި މި އިންތިހާބުގައި އެސޯސިއޭޝަންގެ ނައިބު ރައީސުންގެ މަގާމަށް އިންތިހާބުވީ ކުރިން ވެސް އެ މަގާމުތަކުގައި ތިއްބެވި އަހުމަދު ވަހީދު އަދި އަބްދުލް ސަމީއު އިމާދެވެ.

މީގެ އިތުރުން ފައިނޭންޝިއަލް ކޮންޓްރޯލަރަކަ ހަސަން އަލިމަނިކު އަދި ކޯޕަރޭޝަން އެފެއާޒް މަގާމަށް އަހުމަދު ނަސީރު އަދި ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިންއަށް އަބްދުﷲ ސަމީރު ވަނީ އިންތިހާބުކޮށްފަ އެވެ. އަދި، އެސޯސިއޭޝަންގެ ބޯޑަށް އިތުރު ހަތް މެންބަރުން ވަނީ އިންތިހާބުކޮށްފަ އެވެ.

އެންއެޗްޖީއޭއެމް އިން ނިމިދިޔަ އަހަރު ވަނީ ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ބޭރުގެ ގައުމުތަކުގައި ގިނަ ރޯޑްޝޯތަކެއް އިންތިޒާމުކޮށް، ބައިނަލްއަގުވާމީ އެކި ފެއާތަކުގައި ބައިވެރިވެފަ އެވެ.

މި އަހަރުގެ ތެރޭގައި  ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، ހޮންކޮންގާއި މެލޭޝިއާގައި ކާމިޔާބު ރޯޑްޝޯތަކެއް ބާއްވާފައިވާ ކަމަށް އެންއެޗްޖީއޭއެމްއިން ބުންޏެވެ. އަދި، ކުރިއަށް އޮތް ތަނުގައި ރަޝިއާގެ މޮސްކޯއާއި ސެއިންޓް ޕީޓާސްބާގުގެ އިތުރުން ކަޒަކިސްތާނުގައި ވެސް ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރު މަހު ހަންގޭރީ، ބަލްގޭރިއާ އަދި ސްލޮވާކިއާގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެންއެޗްޖީއޭއެމް އިން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox