އެމްއައިބީ "ގެސްޓްހައުސް އެވޯޑްސް" އަށް ކުރިމަތިލެވޭ އަށް ދާއިރާ

Jul 22, 2026, 8:35 AM
ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި

ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ މުއައްސަސާތަކަށާއި ގެސްޓްހައުސްތަކަށް މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފަ އެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އެމްއައިބީން ދޭން ފަށާ އެވޯޑެކެވެ.  މި އެވޯޑު ހުޅުވާލެވިފައިވަނީ މައިގަނޑު 8 ކެޓަގަރީއަކުންނެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު 8 ކެޓަގަރީ:

Advertisement
  • ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓަލިޓީ: މެހުމާންދާރީ އަދި ހިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ފޯރުކޮށްދޭ ގެސްޓްހައުސްތަކަށް.
  • އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް: ދިވެހި ސަގާފަތާއި، ކާބޯތަކެއްޗާއި، އާދަކާދަ އެންމެ ފުރިހަމައަށް ދައްކުވައިދޭ ގެސްޓްހައުސްތަކަށް.
  • އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިއަންސަސް: ކަނޑުފަޅުގެ ހަރަކާތްތަކާއި، ރަށްރަށަށް ބަލާލަން ބުރުޖެހުމުގައި ރައްކާތެރި އަދި ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް.
  • ކަލިނަރީ އެކްސްޕީރިއަންސް: ކެއިންބުއިމުގެ ހިދުމަތްތައް މޮޅު އަދި ދިވެހި ރަހަތަކަށް އިސްކަންދޭ ގެސްޓްހައުސްތަކަށް.
  • އީކޯ-ފްރެންޑްލީ އެވޯޑް: ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނި މަދުކުރުމާއި ހަކަތަ ސޭވްކުރުމަށް އިސްކަންދޭ ގެސްޓްހައުސްތަކަށް.
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް: ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށާއި ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް.
  • ޑިޖިޓަލް ޕްރެޒެންސް އެވޯޑް: ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި އިސްތިހާރުކުރުމުގައި ކާމިޔާބު ފަރާތްތަކަށް.
  • އައިކޮނިކް މެރިން އެންޑް ޑައިވް އެކްސްޕީރިއަންސް އެވޯޑް: ކަނޑުއަޑީގެ ހަރަކާތްތަކާއި ޑައިވިންގ ހިދުމަތްތައް ރައްކާތެރިކަމާއެކު، ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް ފޯރުކޮށްދޭ ފަރާތްތަކަށް.

ބައިވެރިވުމުގެ އުސޫލާއި އިންސާފުކުރުން

އެމްއައިބީން މައުލޫމާތު ދޭގޮތުގައި، މި އެވޯޑުތަކަށް އިންސާފުކުރުން އޮންނާނީ ވަރަށް ދެފުށް ފެންނަ، އަދި ހުށަހަޅާ ހެކިތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. އެކި ފަންތީގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމުގެ ބޭނުމުގައި، ކޮޓަރީގެ އަދަދަށް ބަލައި ދެ ގްރޫޕަކަށް (ޓިއާ) ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް ވަނީ ނިންމާފައެވެ.

ޓިއާ 1: 3 ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް.

ޓިއާ 2: 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް.

މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެމްއައިބީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox