މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުގެންނަނީ، ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުންކަން އެނގިއްޖެ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ބިންތައް މައި ސަރުކާރުން ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފާ ބިލު އެ އޮތް ގޮތަށް، ފާސްކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ އިއްޔެ އެވެ. އެ މަސައްކަތް ފެށީ ސަރުކާރު އަޑީގައި އޮވެ، ސ. މީދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝާތިރު ލައްވަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެ ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ނަމަވެސް، ސަރުކާރު އަޑީގައި އޮވެ އިއްޔެ ސޮއިކުރަން ފެށި ޕެޓީޝަން މިހާރު ވަނީ 855 މީހުންގެ ސޮއިއާއެކު ކޮމިޓީއަށް ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފައި ވަނީ އޮޅިގެންނެވެ. އެހެންކަމުން، މަޖިލީހުގެ ތަޅުމުގައި އެ ޕެޓިޝަންއާ ބެހޭގޮތުން ބަހުސްކުރުމަށް ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ އެވެ.

ރައްޔިތުންގެ ޕެޓިޝަން އެޖެންޑާ ނުކޮށް، ޕެޓިޝަންގެ އުސޫލު ބަދަލުކުރަން އެޖެންޑާކޮށްފި

މި އިސްލާހަކީ އެއް މައުލޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ހޯދުމަށް ހުށަހެޅި ބަދަލެއް ކަމަށްވާއިރު، މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު އޮޅުންބޮޅުން ވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް.

ތަޅުމުގައި ބަހުސް ކުރުމަށް ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވީ ކީއްވެތޯ ސުވާލުކުރުމުން ޝާތިރު ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށެވެ. އެއީ ކޮން މައްސަލައެއްތޯ ސުވާލުކުރުމުން، އޭނާ ވަނީ އިތުރު ޖަވާބެއް ނުދެއްވައި ފޯނު ކަނޑާލައިފަ އެވެ.

"އޭގައި އެބައުޅޭ ޓެކްނިކަލް މައްސަލައެއް އެބައުޅޭ،" ފޯނު ކަނޑައިލުމުގެ ކުރިން ޝާތިރު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ކޮމިޓީއަށް ފޮނުވޭނީ މަދުވެގެން 840 މީހުން ސޮއި ކުރުމުންނެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ޕެޓިޝަނަކާ ބެހޭގޮތުން ބަހުސްކުރުމަށް ލާޒިމުވާނީ އެ ޕެޓިޝަންގައި މަދުވެގެން 2100 މީހުން ސޮއިކުރުމުންނެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރާ ނަމަ، ޖެހޭނީ ކޮމިޓީއަށް ނުފޮނުވައި 2100 މީހުންގެ ސޮއި ހަމަކުރާށެވެ.

ބިންތައް އަތުލެވޭ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

މިފަދަ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ އެ ބިލާ ދެކޮޅަށް ސޮއިކުރި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށް. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރުމަށް އަންގަމުން.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

 މަމްދޫހު އުނިކުރަން ހުށަހެޅުއްވި މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.  

މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެނެސްފިނަމަ، ސަރުކާރު އަޑީގައި އޮވެގެން ޝާތިރު ލައްވައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން، އަލުން އެހެން މީހަކު ލައްވައި މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އަދަދުއަށް އެނގިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މަމްދޫހު ހުށަހެޅުއްވީ ސަރުކާރު އަޑީގައި އޮވެ ސޮއިކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން، އަލުން އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox