ހުލާސާކޮށް އިއްޔެ: ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފަށަނީ

Aug 17, 2026, 6:01 AM
ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް

ރާއްޖޭން ބޭރުގެ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ. 

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފަށަން ޖީއެސްޓީ ގާނޫނު ބަދަލުކުރަނީ

ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށްޓަކައި ގާނޫނަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން. މި ބަދަލާއެކު، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ވިޔަފާރިތަކުން ވިއްކާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން 17 އިންސައްތައިގައި ޓެކްސް ނަގަން ފަށާނެ.

މި އިސްލާހަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ތާއީދުކުރައްވާފައިވީ ނަމަވެސް، މި ބަދަލު ގެނައުމުގައި އަވަސް އަރުވާނުލައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ބިލަށް އެމްޑީޕީގެ ތާއީދު، އެދުނީ އަވަސް އަރުވާނުލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން

ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ހުށަހެޅި ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކޮށްފިއެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި، އަވަސް އަރުވާނުލައި ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ކަންބޮޑުވުންތައް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުން މާބޮޑަށް ޓެކްސް ނަގަމުންދިއުމަކީ އެ ސިނާއަތް 'ފެލުން' ކަމަށާއި، މީގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިނާރުވާ، ފަތުރުވެރިކަން ފެލަމުން ގޮސް ދެން ނުކުންނާނީ ލޭ: އައްބާސް

އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެ، އެ ސިނާއަތުން މާބޮޑަށް ޓެކްސް ނަގަމުންދާނަމަ އެ ދާއިރާ އިނދަޖެހިދާނެ ކަމަށާއި، އިގްތިސާދީ އެހެން ސިނާއަތްތައް ކުރިއަރުވަން ޖެހޭ ކަމަށެވެ.

އަނެއްކޮޅުން، ވިޒިޓް މޯލްޑިވްސްއިން އަންނަ އަހަރަށް ކަނޑައެޅި "އައިލެންޑްސް އާ އަސް" ޝިއާރަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މި ޝިއާރުގައި އެއްވެސް އަމިއްލަވަންތަކަމެއް ނުވަތަ އީޖާދީ ވިސްނުމެއް ނެތް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ "އައިލެންޑްސް އާ އަސް" ޝިއާރުގައި އަމިއްލަވަންތަކަމެއް ނެތުމުން ފާޑުކިޔަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އަންނަ އަހަރު ބޭނުންކުރާ "އައިލެންޑްސް އާ އަސް" ޝިއާރުގައި އަމިއްލަވަންތަކަމެއް ނެތް ކަމަށް ބުނެ ވިޒިޓް މޯލްޑިވްސްއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ޝިއާރަކީ އެމެރިކާގެ ކުންފުންޏެއްގެ ނަމާ އެއްގޮތް، ކޮޕީއެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، މީގެ ކުރިން ބޭނުންކުރި ޝިއާރުތަކާ އަޅާބަލާއިރު މީގައި ރާއްޖޭގެ ސިފަތައް ރަމްޒުކޮށްނުދޭ ކަމަށް އާންމުން ބުނެއެވެ.

ސިޔާސީ ދާއިރާ

ޕީޕީއެމް އުވައިލުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް

ޕީޕަލް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އުވައިލީ އާންމު މެންބަރުންނަށް އެނގުމެއް ނެތި ކަމަށް ބުނެ، އެ ޕާޓީގެ ކުރީގެ ސެނެޓަރަކު ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ޕާޓީ އުވައިލުމުގެ އިޖުރާއަތްތައް ހިނގާފައިވާ ގޮތުގެ މައުލޫމާތު ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.

ޕީޕީއެމް އުވައިލީ އާންމު މެންބަރުންނަށް ވާނުވާ ނޭނގޭ ގޮތަށް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް

ޕީޕީއެމް އުވައިލީ އާންމު މެންބަރުންނަށް ވާނުވާ ނޭނގޭ ގޮތަށް، ލީޑަޝިޕުން ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ބުނެ އެކަމުގެ މައުލޫމާތު ސާފުކުރުމަށް އެ ޕާޓީގެ ކުރީގެ ސެނެޓަރަކު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.

ބިންތައް އަތުލުމުގެ ބިލާއި އެޗްއާރުސީއެމްގެ އައްޔަނުކުރުންތައް

ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހު ފާސްކުރުމަށް ގޮވާލައި ސަރުކާރުގެ ތާއީދާއެކު ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މިއީ މި ބިލާ ދެކޮޅަށް ހުށަހެޅުނު ޕެޓިޝަނަކާ ގުޅިގެން ފެށުނު ހަރަކާތެކެވެ.

ބިންތައް އަތުލެވޭ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

މިފަދަ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ އެ ބިލާ ދެކޮޅަށް ސޮއިކުރި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށް. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރުމަށް އަންގަމުން.

މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމުތަކަށް ޝަމްއޫން ހަމީދު އާއި ސަމާއު އަހުމަދު ނަޖީބުގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ޝަމްއޫން ހަމީދު އާއި ސަމާއުގެ ނަން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު ހަމަވާ ގޮނޑިތަކަށް، ކުރީގެ އެސްޖީ ޝަމްއޫން ހަމީދާއި މިހާރުވެސް އެ ކޮމިޝަނުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސައިބަރ ސެކިއުރިޓީ އާއި ބައިނަލްއަޤްވާމީ ޚަބަރު

އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކުރުން

އެމްޓީސީސީގެ ޓެކްސީ ޚިދުމަތަށް ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށް، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފިއެވެ. މި ހާދިސާގައި ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުކޮށް، ސޯޝަލް މީޑިއާގައި މައުލޫމާތުތައް އާންމުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ހެކްކޮށް، ކަސްޓަމަރުންގެ ފޯނު ނަމްބަރާއި އީމެއިލް ފަދަ ޒާތީ ގިނަ މައުލޫމާތުތަކެއް ވަނީ ލީކުކޮށްލާފަ. ތަޖުރިބާ ނެތް ކުންފުންޏަކާ ހަވާލުކޮށްގެން ބޮޑު ހޭދައެއްކޮށް އުފެއްދި މި އެޕްލިކޭޝަނަށް ދިމާވި މި މައްސަލައާ ގުޅިގެން އެމްޓީސީސީން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވޭ.

އިރާނާއި އެމެރިކާގެ ނުތަނަވަސްކަން

މެދުއިރުމަތީގެ މަސްރަހަށް ބަލާއިރު، އިރާނުން ވަނީ އެމެރިކާގެ ނާކާމިޔާބީ ގަބޫލުކުރުމަށް ގޮވާލާފައެވެ. ރައީސް ޓްރަމްޕް އިރާނަކީ ނުބައި ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީ އެކަމަށް ކެތްތެރިވުމަށް އެމެރިކާގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ބަލި ގަބޫލުކުރަން އިރާނުން އެމެރިކާއަށް ގޮވާލައިފި

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ނާކާމިޔާބީ ގަބޫލުކުރުމަށް އީރާނުން އެމެރިކާއަށް ގޮވާލާފައިވާއިރު، އީރާނުގެ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު ސްޓްރެއިޓް އޮފް ހޯމޫޒް ބަންދުކޮށްފައި ބާއްވާނެ ކަމުގެ އިންޒާރު އެގައުމުން ވަނީ ދީފައެވެ. އަނެއްކޮޅުން ރައީސް ޓްރަމްޕް ވަނީ އީރާނަކީ ނުބައި ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، އެގައުމަށް ނިއުކްލިއާ ހަތިޔާރު ލިބުނު ނުދިނުމަށްޓަކައި ތެލުގެ އަގު ބޮޑުވުން ތަހައްމަލު ކުރުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅައިން ރިޓަޔާކުރުން

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކުރީ 'ވޯގު' މެގަޒިންއަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ މިހާރު ކުޅެމުންދަނީ ސައުދީގެ އަލް ނަސްރު ކްލަބަށެވެ.

ރޮނާލްޑޯ މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމައިފި

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކުރީ ވޯގް އަށް ދިން އިންޓަވިއުއެއްގައި. އޭނާ މިހާރު ކުޅެމުންދާ އަލް ނަސްރާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox