މަސްވެރިކަމާއި ދަނޑުވެރިކަން ކުރިނާރުވާ، ފަތުރުވެރިކަން ފެލަމުން ގޮސް ދެން ނުކުންނާނީ ލޭ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައިގެން ނޫނީ ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުވާނެ ކަމަށް --- ފޮޓޯ:މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައިގެން ނޫނީ ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުވާނެ ކަމަށް --- ފޮޓޯ:މަޖިލިސް އިދާރާ

ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށާއި ގެރިއެއްގެ ކިރު ފެލާ ގޮތަށް ފަތުރުވެރިކަން ފެލަމުން ފެލަމުން ގޮސް ދެން ނުކުންނާނީ ލޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާ ކުރުމަށް ވެސް ސަރުކާރުތަކުން މަސައްކަތް ނުކުރާ ސަބަބާ ގުޅޭގޮތުން އޭނާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން މިއަދު، ފަތުރުވެރިކަމާ ކުޅެން ވާހަކދައްކާއިރު އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނާލަންޖެހޭ އިއްޒަތްތެރި ރައީސް، ފަތުރުވެރިކަން ގެރިއެއްގެ ކިރު ފެލާހެން އަޅުގަނޑުމެން ފެލަމުން ގޮސް ފަތުރުވެރިކަން ނެތޭ ހިސާބަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ އިއްޒަތްތެރި ރައީސް، ދެން އަންނާނީ ލޭ،" އައްބާސް ވިދާޅުވި އެވެ.

ފަތުރުވެރިކަމުން ދިވެހިރާއްޖެއަށް އެއްވެސް ފައިސާއެއް ނުލިބޭ މަޒީގައި ވެސް މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމުގައި ބަލައިގެން، ކައިގެން ބޮއެގެން އުޅުކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށާއި މަހަށް ފުރާ އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާނެ ދިވެހީން މިހާރު ނެތް ކަމަށެވެ.

"ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އެއްވެސް ސަރުކާރަކުން ނެތް ކުރިއަރުވަން މަސައްކަތް ކޮށްފަކާ، ރާއްޖޭގެ ދަނޑުވެރިކަން ނެތް އެއްވެސް ސަރުކާރަކުން ކުރިއަރުވަން މަސައްކަތް ކޮށްފަކާއެއް، ކިޔަނީ މަސްވެރިންނޭ، ކިޔަނީ ދަނޑުވެރިންނޭ، މިއަދު ރާއްޖޭގެ ކަންނެލި އޮޑިތަކާއި މަސްދޯނިތަކުގެ 95 ޕަސެންޓަކީ ބަންގާޅީން، ބިދޭސީން،" އައްބާސް ވިދާޅުވި އެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފަށަން ޖީއެސްޓީ ގާނޫނު ބަދަލުކުރަނީ

ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށްޓަކައި ގާނޫނަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން. މި ބަދަލާއެކު، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ވިޔަފާރިތަކުން ވިއްކާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން 17 އިންސައްތައިގައި ޓެކްސް ނަގަން ފަށާނެ.

ދިވެހިރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރާއްޖެއިން ބޭރަށް ދަނީ ކީއްވެތޯ ސުވާލުއުފައްދަވައި އައްބާސް ވިދާޅުވީ މީގެ ކުރިން ކޮންމެ ގެއެއްގައި ރާނާ ކުދިންނާއި ވަޑާންކުރާ ކުދިން އުފެދޭ ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ހުރިހާ މަސައްކަތެއް ކުރަން ގެންނަނީ ބޭރުން ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޒުވާން ޖީލު މަސައްކަތުގެ މައިދާނަށް ނުކުމެގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ވާނީ، ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމަށް ނުކުމެގެން ރަނގަޅު ވާނީ، ރާއްޖޭގެ ޒުވާން ޖީލު ދަނޑުވެރިކަމަށް ނުކުމެގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ވާނީ، ހަމައެކަނި ފަތުރުރިކަން ނަގާ ހޭއަރުވާލައިގެން ކަމަކު ނުދާނެ،" އައްބާސް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ކުރިނާރުވައި، ހަމައެކަނި މާލެ ސަރަހައްދުގައި ރިސޯޓުތައް ތަރައްގީ ކުރާ މައްސަލައިގައި ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކޮށް، އައްޑޫ، ފުވައްމުލަށް އަދި ހަނިމާދޫ އަށް ޑައިރެކްޓު ފްލައިޓުތައް އޮޕަރޭޓުކުރަން ފެށުމުން ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން މިހާރު ވެސް ދައުލަތަށް ޓެކްސް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ، ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފައެވެ. ހަމައެހެންމެ، ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުންކަން ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ވަނީ ހިމަނާފައެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށައި، މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފަށާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox