ގާއިމުކުރާނީ ރައްޔިތުންނަށް ހަމަހަމަ، ވިޔަފާރިތަކަށް ފުދުންތެރި، އިންސާފުވެރި ދިވެހިރާއްޖެއެެއް: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ގާއިމުކުރާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ، ވިޔަފާރިތަކަށް ފުދުންތެރި އިންސާފުވެރި ދިވެހިރާއްޖެއެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު، ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ މިހާރު އޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސާދު އެއްކޮށް އަޑިއަޅާލައިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަންކަން އިސްލާހު ކުރެވޭނީ ކަމުގެ ތަޖުރިބާ ހުރި ބަޔަކަށް ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އަޅުގަނޑު ގާއިމުކޮށްދޭނީ] ހުރިހާ ރައްޔިތުން، ހަމަ ހުރިހާ ރައްޔިތުން ހަމަހަމަ، އިންކްލޫސިވް، ޓްރާންސްޕޭރެންޓު، ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްދޭނެ ސިޔާސަތުތަކަކުން ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބިދޭނެ ސަރުކާރެއް،" ޝާހިދު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި ވާޑަކުރައްވާނެކަން އިއުލާނުކުރައްވައި އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާދެއްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައި، އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އަބްދުﷲ ޝާހިދު އިސްތިއުފާދެއްވައިފިއެވެ. ޝާހިދު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ.

އޭނާގެ ވެރިކަމެއް ވާނީ އިސްލާމްދީނުގެ މަތިވެރިވެގެންވާ އަސާސްތަކުގެ މަތީގައި ރައްޔިތުން ދިރިއުޅޭނެ އޯގާތެރި މުޖުތަމައުއެއް އޮތް ވެރިކަމަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި، ބައިނަލްއަގުވާމީ ދުނިޔެއާ ރާއްޖޭގެ ގުޅުން އިހުނަށްވުރެ ރަނގަޅުކޮށް، ރާއްޖޭގެ ވިޔަފާރިތަކަށް ފަހި ދުވަސްތަކެއް އޭނާގެ ވެރިކަމެއްގައި ގެނެސްދެއްވާނެކަމަށް ޝާހިދު ވައުދުވެވަޑައިގެންނެވި އެވެ.

"ފުނޑި މުރަނަވަމުންދާ ދިވެހި އިގުތިސާދު އިތުރަށް ހީނަރުވިޔަ ނުދީ ކޮޅަށްޖަހައި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފޮރިން އިންވެސްޓްމެންޓުތަކާއި އަވައްޓެރި ގައުމުތަކާއި އަޅުގަނޑުމެންނާ ރަހުމަތްތެރިކަން އޮތް އެތައް، އެތައް ސަތޭކަ ގައުމަކާ އެކުގައި ކުރެވޭ މަސައްކަތްތަކާއި، ވަކީން ހާއްސަކޮށް ވިޔަފާރިތަކަށް، ވަކީން ހާއްސަކޮށް އަމިއްލަ ވިޔަފާރިތަކަށް ފަހި މާހައުލެއް އަޅުގަނޑު ގާއިމުކޮށްދޭނަން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު، ޝާހިދު މިރޭ ވަނީ އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވައިފަ އެވެ. އެ މަގާމުން އިސްތިއުފާދެއްވަމުން ޝާހިދު ވިދާޅުވީ، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ވާދަވެރި އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމާއި ކެންޑިޑޭޓުންނަށް ތާއީދުކުރުމަކީ އޭނާ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

ޝާހިދުގެ އިތުރުން، ކުރީގެ ނައިބުރައީސް، ފައިސަލް ނަސީމު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު، ޝާހިދު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ބާކީ ނުކުރައްވާނެ ކަމަށެވެ.

"ﷲ ގެ އިރާދަފުޅާއި ރަހުމަތްފުޅުން ރަންރީނދޫ ދޯދިތަކުން އަލުން މި ރާއްޖެ ޖަރީވެގެންދާނެ، އަލުން މި ރާއްޖެ ދިއްލިގެންދާނެ، މި ރާއްޖެ އަލުން އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ލިބިގެންދާނެ، ރަންރީނދޫ ކުލައިން މި ރާއްޖެ ފަވާލެވިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް އާއި މަރަދޫ ދާޢިރާގެ މެންބަރު، އަހުމަދު ދީދީގެ އިތުރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް، ފާތިމަތު ހިޖްރާ އަދި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) އާއި މަޖިލީހުގެ ކުރީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox