ރިޔާސީ ޕްރައިމަރީގައި ވާދަަކުރައްވާނެކަން އިއުލާނުކުރައްވައި އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާދެއްވައިފި

ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު: އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުން މިރޭ އިސްތިއުފާދެއްވައިފައި -- ފޮޓޯ: ޖަލާލާ / އަދަދު

ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު: އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުން މިރޭ އިސްތިއުފާދެއްވައިފައި -- ފޮޓޯ: ޖަލާލާ / އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު، އެ ޕާޓީގެ ރައީސްކަމުން ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އިސްތިއުފާދެއްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރެއްވީ މިރޭ އައްޑޫގައި ބޭއްވި ޖަލްސާގަ އެވެ. އޭނާ ވެގެންދާނީ ޕާޓީގެ ހުރިހާ އާންމު މެންބަރުންގެ މީހަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި މަސައްކަތުގައި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންގެ ތާއީދާއި ވޯޓަށް އަޅުގަނޑު އެދެން، އަޅުގަނޑު ވެގެންދާނީ ޕާޓީގެ ހުރިހާ އާންމު މެންބަރުންގެ މީހަކަށް، ހުރިހާ ފިކުރެއް ގޮވައިގެން އުޅެވޭ އަދި، އުޅެވޭނެ މީހަކަށް، ތިލަފަތުގެ މީހަކަށް، ކަންކަން ޑެލިވާ ކުރާނެ މީހަކަށް،" ޝާހިދު ވިދާޅުވި އެވެ.

"އަދި، މުޅި  ގައުމުގެ ލާބަ އާއި މަސްލަހަރު އިސްކޮށް ހިމާޔަތްކޮށް، ދިވެހިރައްޔިތުންނަށް އިންސާފުވެރި، ހަމަހަމަ ފުރުސަތެއް އޮތް ސާދާ ވެރިކަމެއް ކޮށްދޭނެ މީހަކަށް، ރައްޔިތުންގެ ހާދިމަކަށް."

އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރާ، އެ ހަމަތައް ހިފަހައްޓާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ވާދަވެރި އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމާއި ކެންޑިޑޭޓުންނަށް ތާއީދުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ޕާޓީގެ ރައީސްކަމުގެ މަގާމުގައި އަޅުގަނޑު ހިދުމަތްކުރި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ މި ދެންނެވި އުސޫލުން، އެެހެންކަމުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އިއުލާނުކުރުމާއެކު، މިއަދުން ފެށިގެން ޕާޓީގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ އިތުރުން، ކުރީގެ ނައިބުރައީސް ފައިސަލް އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. ކުރީގެ ރައީސް، މުހައްމަދު ނަޝީދު ހުންނެވީ ފައްޔާޒް އިސްމާއިލްއަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މިރޭ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އޮތީ ވާނުވާގައި ކަމަށާއި ގައުމުގެ އިގުތިސާދު ވެސް އޮތީ ވާނުވާގައި ކަމަށެވެ. އެ ކަންކަން އިސްލާހު ކުރެވޭނީ ކަމުގެ ތަޖުރިބާ ހުރި، މީގެ ކުރިން ވެސް ކަންކަން ހަމަ މަގަށް އަޅުވާފައި ތިބި ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީގެ އިއްޒަތްތެރި މެންބަރުންނަށް އަދި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި ވައުދު ވަނީ އަޅުގަނޑުގެ ގައުމީ ހިދުމަތުގެ ތަޖުރިބާއިން ﷲ ގެ އިރާދަފުޅުން ބައިނަލްއަގުވާމީ ކަނޑުގައި މި ދިވެހި ނަވުގެ ހުންގާނުގައި ހުރެ ދަތުރުކޮށް ކަންކަމުގެ ހައްލު ހޯދައި، ނަތީޖާ ނެރެ ޑެލިވާ ކުރާނެ ސަރުކާރެއް ގާއިމުކޮށްދޭނެކަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރި އެއްެވެސް މީހަކު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން މިރޭ ދެއްވި އެވެ. އަދި، އޭނާގެ ވެރިކަމެއްގައި އެމްޑީޕީގެ އެއްވެސް މީހަކަށް ބާކީވެއްޖެކަމުގެ އިހުސާސް ކުރަން ނުޖެހޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox