ގައުމީ އިނާމު 11 ބޭފުޅަކަށާއި ކުންފުންޏަކާއި ޖަމިއްޔާއަކަށް އަރުވައިފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުންނާއެކު މުހައްމަދު މުއިއްޒު (މ) -- ފޮޓޯ: ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުންނާއެކު މުހައްމަދު މުއިއްޒު (މ) -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދޭން ހަމަޖެއްސި ގައުމީ އިނާމު 11 ބޭފުޅަކަށާއި ކުންފުންޏެއްގެ އިތުރުން ޖަމިއްޔާއަކަށް މިއަދު އަރުވައިފި އެވެ. 

ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ޖަމިއްޔާއަކަށް އެރުވި އެވެ. 

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުންނާއި ޖަމިއްޔާ:

  1. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ގދ. ފަރެސްމާތޮޑާ، ހުސްނުހީނާގެ، މުހައްމަދު އާމިރު އަހްމަދު
  2. އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ވ. ވަސްމީރުފިޔަ، އިބްރާހީމް ރަޝީދު
  3. ސިއްހީ ދާއިރާއިން: ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ)
  4. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ގ. ނޫރީފެހި، ނަޖުމާ ހުސައިން

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ކުންފުނި:

  1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ގއ. ދާންދޫ، މުޝްތަރީގެ، ހައްވާ ލަތީފް
  2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހދ. ވައިކަރަދޫ، ދަނބުގެ، މުހައްމަދު ނަސީރު
  3. ދިވެހި ތާރީހުގެ ދާއިރާއިން:ހުޅުމާލެ ފްލެޓް ނަންބަރު 125-G-03، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސަޢީދު
  4. ސިއްހީ ދާއިރާއިން: ހުޅުމާލެ ވިނަރެސް 10A-702، މުހައްމަދު އަހްމަދު
  5. އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  6. މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: ހއ.އުލިގަން، ފަހިވާ، އަރުޝަދު އަހްމަދު
  7. ކުޅިވަރުގެ ދާއިރާއިން: ހ. ސީޓް، އާއިޝަތު ނައުރާ
  8. ވިޒުއަލް އާޓްސްގެ ދާއިރާއިން: ހ. އަރިހިޔާ، އިސްމާއީލް އަބްދުލްގަފޫރު

މީގެއިތުރުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު، ގ. އިލާ، އަލްމަރްހޫމް އިހްސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް ވަނީ އަރުވާފަ އެވެ. 

ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ އިހްސާން ގަބްދުލްގަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، މުއިއްޒު އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި މުއިއްޒު ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި މުއިއްޒު ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox