ކެންސަލް ކުރި ތިނަދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެކަން އަނެއްކާ މުއިއްޒު އިއުލާނު ކުރައްވައިފި

Aug 14, 2026, 10:31 PM
މިއަދުގެ ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: ތިނަދޫ އެއާޕޯޓު ތަރައްގީ ކުރަން ހަވާލު ކުރި ސްކޭމް ހިންގާ ފޭކު ކުންފުންޏަކާ -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: ތިނަދޫ އެއާޕޯޓު ތަރައްގީ ކުރަން ހަވާލު ކުރި ސްކޭމް ހިންގާ ފޭކު ކުންފުންޏަކާ -- ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫގައި އެއާޕޯޓެއް އަޅަން ސްކޭމް ކުރާ ފޭކު ކުންފުންޏަކާ ހަވާލު ކުރުމަށްފަހު އެ ޕްރޮޖެކްޓު ކެންސަލް ކުރިފަހުން، އެ ރަށުގައި އެއާޕޯޓު އެޅުމުގެ ޕްރޮޖެކްޓު ކުރިއަށްގެންދަވާނެ ކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އަނެއްކާ ވެސް އިއުލާނު ކުރައްވައިފި އެވެ. 

ތިނަދޫގައި އެއާޕޯޓެއް އަޅަން އެއްބަސްވުމެއްގައި ސޮއި ކުރީ ފެބްރުއަރީ، 2024، ގަ އެވެ. އެ ޕްރޮޖެކްޓު ކެންސަލް ކުރިކަން މުއިއްޒު އިއުލާނު ކުރެއްވީ މެއި، 2025، ގަ އެވެ. 

ނަމަވެސް ރައީސް އޮފީހުން މިއަދު ގެނެސްދިން "ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫ އެއާޕޯޓު ޕްރޮޖެކްޓަކީ އެމަނިކުފާނުގެ އެންމެ މުހިންމު ޕްރޮޖެކްޓު ކަމަށެވެ. އެ ޕްރޮޖެކްޓު ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement

"ތިނަދޫގަ އެއާޕޯޓުގެ މަޝްރޫއުއަކީ އަޅުގަނޑުގެ އެންމެ މުހިންމު ވައުދު. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފެށިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ. 

އެ ޕްރޮޖެކްޓު ކެންސަލްކުރިކަން އިއުލާނު ކުރެއްވި ދުވަހު މުއިއްޒު ވިދާޅުވީ ދެން ކުރިއަށްގެންދަވާނެ ޕްރޮޖެކްޓަކީ ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށްފަހު އެރަށާއި ތިނަދޫ ގުޅާލުމުގެ މަސައްކަތް ކަމަށެވެ. 

"ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ތަރައްގީ ކުރުމާ އެކީގައި، ކާޑެއްދޫ އާއި ތިނަދޫއާ ގުޅާލާ ބްރިޖެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހި، މިހާރު އެކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމާ ހަމައަށް ދާ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ތިނަދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހަވާލުކުރި އިންވެސްޓަރުގެ ހަގީގަތް، ފަހަތުގައި މަކަރާއި އޮޅުވާލުން!

ތައިލޭންޑްގެ ޕެތުނުންތަވޮންގު އާއިލާއިން ރާއްޖޭގައި ދެ ކަމަކަށް އިންވެސްޓް ކުރާނެ ކަމަށް ބުނެ ހަދާފައިވަނީ ހަމައެކަނި އީއައިއޭ. އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތް. ދައުލަތަަށް ދައްކަން ޖެހޭ ޓެކްސް ވެސް އެ މަހުޖަނުން ނުދައްކާކަން ދައުލަތުގެ ރެކޯޑުތަކުން އެނގޭ.

ތިނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ފެބްރުއަރީ، 2024، ގައި ހަވާލުކުރީ ޕޭން ޕެސިފިކް ކިޔާ ތައިލެންޑު ކުންފުންޏަކާ އެވެ. މި ކުންފުނީގެ ފަސްފަހަަތް އަދަދު އިން ބެލިއިރު މިއީ ވިޔަފާރީގެ ސްކޭމްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ ޕޭޕާ ކުންފުންޏެއް ކަމަށް ވަނީ ދެނެގަނެވިފަ އެވެ.

ޕޭން ޕެސިފިކުގެ ނަމުގައި ހަރަކާތްތެރިވާ އިންވެސްޓަރު، ޖިރާތު ޕެތުނުންތަވޮންގު ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ހިނގާ ގޮތް ބެލުމަށް މިދިޔަ އަހަރުގެ އޭޕްރިލްގައި ތެރޭގައި އެ ރަށަށް ވެސް ދިޔަ އެވެ. އޭނާގެ މި ދަތުރާ ބެހޭ އިތުރު ތަފުސީލެއް ނުލިބުނެވެ.

މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރި ދުވަސްވަރު ސޮއިކުރި މި ޕްރޮޖެކްޓަށް ވީގޮތުގެ އެއްވެސް މައުލޫމާތެއް ރައީސް މިއަދު ހިއްސާނުކުރައްވަ އެވެ. އަދި ތިނަދޫގައި އެއާޕޯޓެއް ނާޅާ ބްރިޖަކުން ގުޅާލާ ވާހަކަ ވެސް ދެއްކެވީ އެއާޕޯޓާ ގުޅޭ ސުވާލު އަމާޒު ކުރުމުންނެވެ. މީގެ ކުރިން ސަރުކާރުގެ އެއްވެސް މަސްދަރަކުން އެއާޕޯޓު ނާޅާ ގޮތަށް ނިންމާފައިވާ ކަމަށް ނުބުނެ އެވެ.

ޕޭން ޕެސިފިކާ ބެހޭ ގޮތުން ކުރި ތަހުގީގުން އެނގުނު ގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގަން ހަވާލުކުރީ، އެވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ އަދި ހިންގޭނެ ވަރުގެ މާލީ ގާބިލުކަން އެ ކުންފުނީގައި ނެތީހެވެ. އެ ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެއީ އަންނައުނު ވިއްކާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް މި ވިޔަފާރި ވެސް ކުރާ ކަމަށް އޮތީ ހަމައެކަނި ކަރުދާހުގަ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ކާޑެއްދޫ އާއި ތިނަދޫއާ އޮންނަނީ އެންމެ ތިން ކިލޯމީޓަރުގެ ރާސްތާއެކެވެ. އެ އެއާޕޯޓު ހިންގަނީ ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިލާ ކުންފުނިންނެވެ.

ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތަކާއި ވަސީލަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ވިލާ ކުންފުނިން ބުނެފައިވަނީ ތިނަދޫގައި އެއާޕޯޓެއް އަޅަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް އެއާޕޯޓު ތަރައްގީކުރަން ފައިނޭންސިން ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox