މައިންޑްޗެމްޕްސްގެ ފުރަތަމަ އޯޕަން ޑޭ މާދަމާ ބާއްވަނީ

Aug 14, 2026, 4:49 PM
މައިންޑްޗެމްޕްސް ސްކޫލް

މައިންޑްޗެމްޕްސް ސްކޫލް

މައިންޑްޗެމްޕްސް ޕްރީ ސްކޫލުން މާދަމާ އެ ސްކޫލުގެ ފުރަތަމަ އޯޕެން ޑޭ ބާއްވަން ނިންމައިފި އެވެ. 

މައިންޑްޗެމްޕްސްގެ އޯޕެން ޑޭ އޮންނާނީ މާދަމާ 2:00 އިން 3:30 އަށް އަދި 4:00 އިން ފެށިގެން 5:30 އަށެވެ.  

"ޕްރީސްކޫލް އުމުރުފުރާޔަކީ ތުއްތުކުދިންގެ ވަށާޖެހޭ ތަރައްގީއާއި ތައުލީމުގެ ބިންގާއަޅަންއަޅަންލިބޭ އެންމެ މުހިންމު ލަރުހަލާ ކަމަށްވާތީ ރަނގަޅު ޕްރީސްކޫލެއް އިހުތިޔާރު ކުރުމަކީ ތުއްތުކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މުސްތަޤްބަލަށްޓަކައި ކޮށްދެއްވޭނެ އެންމެ މުހިންމު އެއް ކަންތައް،" މައިންޑްޗެމްޕްސް މޯލްޑިވްސްގެ ޕްރިންސިޕަލް ޑރ. އަމަތުއްﷲ ޝަކީބު (އަމަތު އާންޓީ) ވިދާޅުވި އެވެ.

މި ހާއްސަ އިވެންޓާ ގުޅޭގޮތުން އަމަތު ވިދާޅުވީ، މިއީ މައިންޑްޗެމްޕްސްގެ ކްލާސްރޫމްތަކާއި، ގޯމޭ ރޫމް އަދި ހާއްސަ ޖިމާއި ކުޅޭނެ ސަރަހައްދުތައް ހިމެނޭހެން ސްކޫލުގެ އެކި ވަސީލަތްތައް އަމިއްލައަށް ތަޖުރިބާކޮށްލުމަށް ބެލެނިވެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ރަނުގެ ފުރުސަތެއް ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑުމެންގެ މުދައްރިސުންނާއި، އަދި ތިބޭފުޅުންނަށް އަޅުގަނޑާވެސް ސީދާ ބައްދަލުވެ، މައިންޑްޗެމްޕްސް ޕްރީސްކޫލްގައި ކިޔަވައިދޭން ބޭނުންކުރާ ގޮތްތަކާއާއި އެހެން ސްކޫލްތަކާ މައިންޑްޗެމްޕްސް ތަފާތުވާ ގޮތުގެ މައުލޫމާތު ސާފުވެގެންދާނެ. އެހެންކަމުން ޝައުޤުވެރިވާ އެންމެހައި ބެލެނިވެރިންނަށް މި އޯޕަން ޑޭގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" އަމަތު ވިދާޅުވި އެވެ.

ޕްރީސްކޫލް ތައުލީމަށް އިންގިލާބީ ބަދަލެއް

ސިންގަޕޫރުގެ ބެލެނިވެރިންގެ މެދުގައި އެންމެ މަގުބޫލު، އަދި ދުނިޔޭގެ ނަންހިނގާ 'މައިންޑްޗެމްޕްސް' އިންޓަނޭޝަނަލް ޕްރީސްކޫލެއް ދިވެހިރާއްޖޭގައި ހުޅުވިގެން ދިއުމަކީ، ޅަފަތުގެ ކުދިންގެ ބެލެނިވެރިންނަށާއި ޖުމްލަކޮށް މުޅި ތައުލީމީ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

މައިންޑްޗެމްޕްސްއަކީ ޅަފަތުގެ ކުދިންނަށް އުނގަންނައި ދިނުމުގައި 20 އަހަރުގެ ދިގު ތާރީހެއް އޮތް ބްރޭންޑެކެވެ. މިއީ ސައިންސްގެ ހޯދުންތަކާއި ޒަމާނީ ދިރާސާތަކުގެ އަލީގައި ބިނާކުރެވިފައިވާ މަންހަޖެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ، ކުދިންގެ ވިސްނުން ތަރައްގީކޮށް، އުފެއްދުންތެރި ހިޔާލު ތަނަވަސްކޮށްދީ، ބަސް ތަރައްގީ ކުރުމަށާއި ޖުމްލަކޮށް ދަރިވަރުންގެ ވަށާޖެހޭ ތަރައްގީއަށް އަމާޒުކޮށް އުނގެނުމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށްދޭ ގޮތަށް ފަރުމާ ކުރެވިފައިވާ ނިޒާމެކެވެ.

މައިންޑްޗެމްޕްސް އިޚްތިޔާރު ކުރަންވީ ކީއްވެ؟

މައިންޑްޗެމްޕްސްއިން ގަބޫލުކުރާ ގޮތުގައި ކޮންމެ ކުއްޖަކީވެސް ތަފާތު މޮޅު ކުއްޖެކެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ އަމިއްލަ ގޮތުގައި 'ޗެމްޕިއަނަކަށް' ވެވިދާނެ އެވެ.

މައިންޑް އެޑިއުކޭޝަން މޮޑެލް 3: ޗެމްޕިއަން މައިންޑް، ލާނިން މައިންޑް އަދި ކްރިއޭޓިވް މައިންޑް ތަރައްގީކޮށްދިނުން.

ސްމައިލް އެޕްރޯޗް: ސެންސަރީ، މޯޓާ، އިންޓެލެކްޗުއަލް، ލިންގުއިސްޓިކް، އިމޯޝަނަލް އަދި ސޯޝަލް ޑިވެލޯޕްމަންޓް ވަށާޖެހޭ ގޮތެއްގައި ފޯރުކޮށްދިނުން.

ބަސް ދަސްކޮށްދިނުން: ދިވެހި، އަރަބި އަދި އިނގިރޭސި ބަސް ކިޔަވައިދިނުން ކުރިއަށްދާނީ މަޖަލާ ކުޅިވަރުގެ ތެރެއިން 'ފޮނީމިކް އެޕްރޯޗް' ބޭނުންކޮށްގެންނެވެ.

ހާއްސަ ޖިމް ފެސިލިޓީ: ކުދިންގެ ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަމަށް ވިސްނައިގެން ޑިޒައިން ކުރެވިފައިވާ ޖިމަކީ ކަރިކިއުލަމްގެ މުހިންމު ބައެކެވެ.

ވަކިވަކި ކުދިންނަށް އަޅާލުން: ކޮންމެ ޓީޗަރަކަށް ކިޔަވައިދެއްވަން ޖެހިލައްވާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން، ވަކިވަކި ކުދިންނަށް ދޭންޖެހޭ އަޅާލުމާއި ސަމާލުކަން އެންމެ ފުރިހަމައަށް ލިބިގެންދާނެއެވެ.

މައިންޑްޗެމްޕްސް މޯލްޑިވްސްގެ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަނީ، ޕްރީސްކޫލް ދާއިރާގައި 30 އަހަރުގެ ދިގު ތަޖުރިބާ ހޯއްދަވާފައިވާ  އަމަތުއްﷲ ޝަކީބު (އަމަތު އާންޓީ) އެވެ.

އަމަތަކީ އަމީރު އަހުމަދު ޕްރީސްކޫލުގެ ކުރީގެ ޕްރިންސިޕަލްގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ހޮވި އެންމެ މޮޅު މުދައްރިސްގެ އެވޯޑުވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަމަތަކީ، ފުރަތަމަ ޑިގްރީންވެސް މުޅި ކޯހުން އެއްވަނަ ހާސިލްކުރައްވާފައިވާ، ދާއިރާގެ ނުހަނު ގާބިލް ތަޖުރިބާކާރެކެވެ.

މައިންޑްޗެމްޕްސްގެ ޚާއްޞަ މެތޮޑޮލޮޖީއާއި، ކްލާސްރޫމްތަކާއި ވަސީލަތްތައް އަމިއްލައަށް ތަޖުރިބާކޮށްލުމަށްޓަކައި، މާދަމާ ބާއްވާ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

މައިންޑް ޗޭމްޕްސް ހުންނާނީ ރައްދެބައިމަގު، ބޮޑުފެންވަޅުގޭ ކުރިމަތީގަ އެވެ. ފޯން ނަންބަރަކީ  7722880 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox