ބިލިއަނަކުން އެކެއް: ސިންގަޕޫރު އާއިލާއަކަށް ގަނެވުނު ބިސް ކާޓަނުން ވަށް ބިހެއް

Jun 3, 2026, 2:00 AM
ފޮޓޯ: ވިރާޖް ސްވަރޫޕް

ފޮޓޯ: ވިރާޖް ސްވަރޫޕް

ސިންގަޕޫރުގެ އާއިލާއަކުން މިދިޔަ ހަފުތާގައި ގެއަށް ބޭނުންވާ ކާބޯތަކެތި ގަނެގެން އާދަޔާ ހިލާފު ކަމަކާ ކުރިމަތިވި އެވެ. އެ އާއިލާއިން ގަތް ބިސް ކާޓަންގެ ތެރޭގައި އާންމުކޮށް ހުންނަ ކުުކުޅުބިހުގެ ބަދަލުގައި، ވަރަށް މަދުން ނޫނީ ނުފެންނަ ފުރިހަމަ ވަށް ބުރެއްގެ ބައްޓަމަށް އޮތް ބިހެއް ފެނުނެވެ.

އުމުރުން 42 އަހަރުގެ ވިރާޖް ސުވަރޫޕް އާއި އޭނާގެ އަންހެނުން ޝަރްމިސްތާ ނަގަރްކައްޓީ ބުނި ގޮތުގައި، މި ހޯދުމާއެކު އެމީހުން ތިބީ ވަރަށް ބޮޑަށް ހައިރާންވެފައި އަދި އުފާވެފަ އެވެ. އަދި އުމުރުން އަށް އަހަރާއި 11 އަހަރުގެ އެމީހުންގެ ދެ ދަރިން ވެސް މި އާދަޔާ ހިލާފު ބިސް ފެނުމުން ތިބީ ވަރަށް މަޖާވެފައި ކަމަށް އެ މީހުން ބުންޏެވެ.

މި އާއިލާއިން "ޗިއުސް އެގްރިކަލްޗާ" ބްރޭންޑުގެ ބިސް ކާޓަން ގަނެފައިވަނީ މެއި 27 ވަނަ ދުވަހު ހޯގަންގް 1 މޯލްގައި ހުންނަ ފެއާޕްރައިސް އައުޓްލެޓަކުންނެވެ. ޗިއުސް އެގްރިކަލްޗާ އަކީ ސިންގަޕޫރުގައި ކުކުޅުބިސް އުފައްދާ ކުންފުންޏެކެވެ.

މި ބިސް ކާޓަންގެ ތެރެއިން ވަށް ބިސް ފުރަތަމަ ފެނުނީ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ވިރާޖްގެ މަންމަ، އުމުރުން 67 އަހަރުގެ ރަޖްނީ ލީލާ ކުމާރަށެވެ.

ވިރާޖް ބުނި ގޮތުގައި، އެމީހުންގެ އަތުގައި އެ އޮތީ އެހާ އަގުބޮޑުވެދާނެ އެއްޗެއްކަން ފުރަތަމަ އެ އާއިލާއަށް ނޭނގެ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ޝަރްމިސްތާ ގޫގުލް މެދުވެރިކޮށް ހޯދި ހޯދުންތަކުން އެއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެއްކަން އެނގުނެވެ.

ބިލިއަނަކުން އެކެއްގެ ނިސްބަތުން ފެންނަ މިފަދަ ވަށް ބިސްތަކަކީ މީގެ ކުރިން ވެސް އެ ތަކެތީގެ ނާދިރުކަމުގެ ސަބަބުން ނީލަން ކިޔައިގެން ވިއްކާފައިވާ ތަކެއްޗެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު އިނގިރޭސިވިލާތުން ފެނުނު ވަށް ބިހެއް 420 ޕައުންޑް (723 ސިންގަޕޫރު ޑޮލަރު) އަށް ވިއްކާލާފައިވާއިރު، އެ ފައިސާ ހަދިޔާކުރީ ޗެރިޓީއަށެވެ. އަދި 2024 ވަނަ އަހަރު ވެސް މިފަދަ ވަށް ބިހެއް 200 ޕައުންޑަށް ނީލަމުގައި ވިއްކާލާފައިވެ އެވެ.

"އަހަރެންގެ އަންހެނުން ޝަމްސް އެކަން ހުއްޓުވީ. ނޫންނަމަ އަހަރެމެން އެ ބިސް ކައްކާލީސް،" ވިރާޖް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު އެ ބިސް އޮތީ ފްރިޖްގެ އެންމެ އެތެރޭގައި ރައްކާތެރިކަމާއެކު ބާއްވާފަ އެވެ. އަދި އެއްވެސް މީހަކަށް އެ ބިހުގައި އަތްލުމުގެ ހުއްދައެއް ނޯވެ އެވެ.

"ކުކުޅެއް އޭގެ ބިސް ހިމާޔަތްކުރާ ފަދައިން އަހަރެމެން މި އަންނަނީ އެ ބިސް ބަލަހައްޓަމުން،" ވިރާޖް ބުންޏެވެ.

ވިރާޖް ބުނީ އެކަށީގެންވާ އަގެއް ލިބޭނަމަ، އެ ބިސް ގަންނަން ބޭނުންވާ ކަލެކްޓަރަކަށް ވިއްކާލަން އާއިލާއިން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ބިސް ވިއްކާނެ ވަކި އަގެއް އޭނާ ހާމައެއް ނުކުރެ އެވެ.

ޖުމްލަ 3.75 ޑޮލަރަށް ގަތް 10 ބިހުގެ މި ކާޓަންގެ ބޭރުގައިވާ ތާރީހަށް ބަލާއިރު، އެ ބިސްތައް ބޭނުންކުރުމުގެ އެންމެ ފަހު ތާރީހަކީ ޖޫން 29 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox