ކުޑަައިރުގެ ދެ އެކުވެރިންނަކީ ދެބެއިންކަން އެނގިއްޖެ

Aug 14, 2026, 6:45 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މީނާ އާއި މިނާލް އަކީ އިންޑިއާގެ ޔަތީމުހާނާއަކަށް ތުއްތުއިރު ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން އެ ކުދިން އެޑޮޕްޓްކޮށްގެން ގެންގޮސް، އެ ގައުމުގެ ދެ ހިސާބެއްގައި ބޮޑުވި ދެ ކުދިންނެވެ. އޭގެ 40 އަހަރު ފަހުން، ހެދި ޑީއެންއޭ ޓެސްޓަކުން މިހާރު މި ވަނީ ކުޑައިރުގެ އެ ދެ އެކުވެރިންނަކީ ދެބެއިންކަން ކަށަވަރުވެފަ އެވެ.

ބޮޑުވަމުން އައިއިރު، އެމީހުންގެ އުފަން އާއިލާގެ އަންހެން ކޮއްކޮއެއް ނުވަތަ ދައްތައެއް ހުރިކަމެއް ނޭނގެ އެވެ. ނަމަވެސް، 1996 ވަނަ އަހަރު އެމީހުންގެ ފުރާވަރު އުމުރުގައި، އެކަކު އަނެކަކާ ދިމާވީ އެޑޮޕްޓްކޮށްފައިވާ ކުދިންނަށް ބޭއްވި ބައްދަލުވުމަކުންނެވެ. އޭގެ ފަހުން އާދަޔާ ހިލާފު ގާތްކަމެއް އުފެދުނެވެ.

އެ ދެބެއިންގެ ސިފަ އެއްގޮތްކަމުން އެކުވެރިންނަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނުއިރު، އެ ދުވަސްވަރު އެ ދެބެއިން ވަނީ އެޑްރެސް ބަދަލުކޮށްފަ އެވެ. އަދި ސިޓީ ބަދަލުކުރިއިރު ސަމާސާއަކަށް އެކަކު އަނެކަކަށް "ސިސް" ނުވަތަ ދައްތަ/ކޮއްކޮގެ ނަމުން މުހާތަބުކޮށް އުޅުނެވެ. ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ 15 އަހަރު ދުވަހު އެމީހުންގެ މެދުގައި އޮތް ގުޅުން ވަނީ މެދުކެނޑިފަ އެވެ.

Advertisement

"އަހަރެންގެ ހިތުގެ ކޮންމެވެސް ބައެއް މަދުވާހެން އަހަންނަށް އަބަދުވެސް އިހުސާސް ކުރެވޭ،" ތިން ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 43 އަހަރުގެ މީނާ ގެލްޓިންކް، އޭނާއަށް ލިބިފައިވާ ބޮޑު އުފާވެރިކަން ބަޔާންކޮށްދެމުން ބުންޏެވެ. "މިއީ ހީވަނީ ގެއްލިފައިވާ ޕަޒްލްގެ ބައެއް ފެނުނުހެން."

ނެދަލޭންޑްސްގައި ބޭއްވި އަސަރުގަދަ ބައްދަލުވުމުގައި، އަންގާރަ ދުވަހު ގެލްޓިންކް އޭނާގެ ދައްތަ ގާތު ބުނީ، "ދައްތަ ފެނުމުން ހީވަނީ އަހަރެންގެ އަމިއްލަ ގެއަށް އާދެވުނުހެން،" ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު 'މައިހެރިޓޭޖް' ޑީއެންއޭ ޓެސްޓެއްގެ އެހީގައި، އެ ދެމީހުންނަކީ ދެބެއިންކަން އެނގުނު ފަހުން، އެ ދެބެއިން ދަނީ ކޮންމެ ދުވަހަކު އެތައް ގަޑިއިރަކު ވާހަކަދައްކައި މެސެޖު ކުރަމުންނެވެ.

އުމުރުން 44 އަހަރުގެ މިނާލް ޓައިސަން ބުނި ގޮތުގައި، އޭނާގެ އުފަން އާއިލާގެ އެއްވެސް މައުލޫމާތެއް ކުރިއަކުން ރެކޯޑް ކުރެވިފައެއް ނެތެވެ. ނެދަލޭންޑްސްގެ މައިންބަފައިންނާއި އެ އާއިލާގެ އެހެން ކުދިންނާއެކު ލޯތްބާއެކު ބޮޑުވި ނަމަވެސް، ހިތުގައި ބޮޑު އެކަނިވެރިކަމެއް އިހުސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އެއީ ދެބެއިންކަން އެނގުނު ފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އުފާވެރިކަމުގެ ކަރުނަ އާއި، ބައްދާލުމާއި، ހިނިތުންވުން ފެނިގެންދިޔައިރު، އެ ދެބެއިން ވަނީ އެކުގައި ފުރަތަމަ ފަހަރަށް ސެލްފީއެއް ވެސް ނަގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox