އިންޑިއާގެ މަގުބޫލް އެޑިޓަރަކަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

Aug 7, 2026, 7:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއާގެ ތަހެލްކާ މެގަޒިންގެ ކުރީގެ އެޑިޓަރު ތަރުން ތޭޖްޕާލް، އޭނާގެ ކުރީގެ މުވައްޒަފަކު ރޭޕްކުރި ކަމަށް އެ ގައުމުގެ ކޯޓަކުން މިއަދު ކަނޑައަޅައިފި އެވެ.

މިއީ މީގެ 10 އަހަރު ކުރިން ފެށުނު މައްސަލައެއްގައި 2021 ވަނަ އަހަރު އޭނާ ކުށްވެރި ނުވާ ކަމަށް ކުރި ހުކުމް ބާތިލުކޮށް އިއްވި ހުކުމެކެވެ.

ތޭޖްޕާލް ކުށްވެރިވީ އިންޑިއާގެ ގާނޫނުލްއުގޫބާތުގެ ރޭޕްކުރުމާއި ޖިންސީ ގޯނާކުރުމާ ގުޅޭ މާއްދާތަކުގެ ދަށުން ކަމަށް ގާނޫނީ ހަބަރުތައް ގެނެސްދޭ "ލައިވްލޯ" ވެބްސައިޓުން ރިޕޯޓުކޮށްފައިވެ އެވެ. މި ކުށަށް ތޭޖްޕާލަށް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭއިރު، އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

Advertisement

ތޭޖްޕާލްގެ މައްޗަށް އަދަބު ކަނޑައެޅުން މިއަދުގެ ވަގުތެއްގައި އޮންނާނެ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަރުން ތޭޖްޕާލް އަބަދުވެސް އިންކާރު ކުރަމުންދާއިރު، މި ހުކުމް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެ އެވެ.

އިންޑިއާގެ އެންމެ މަޝްހޫރު އެޑިޓަރުންގެ ތެރޭގައި ހިމެނޭ ތޭޖްޕާލްގެ މައްޗަށް ކުރެވުނު މި ތުހުމަތުތަކުގެ ހަބަރު 2013 ވަނަ އަހަރު މުޅި ގައުމުގެ ސަމާލުކަމަށް އައެވެ. އޭގެ އެއް އަހަރު ކުރިން، ދިއްލީގައި އަންހެނަކު ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ އެތައް ހާސް ބަޔަކު މުޒާހަރާކޮށް، ޖިންސީ އަނިޔާއާ ދެކޮޅަށް ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ.

ތޭޖްޕާލްގެ މައްޗަށް ތުހުމަތުކުރި އަންހެން މީހާ ބުނާ ގޮތުގައި، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޯއާގައި ބޭއްވި ތަހެލްކާގެ ބައިނަލްއަގުވާމީ ކޮންފަރެންސެއްގެ ތެރޭގައި ލިފްޓެއްގެ ތެރޭގައި އޭނާ ވަނީ ޖިންސީ ގޯނާކޮށްފަ އެވެ. ހޮލީވުޑްގެ ތަރި ރޮބަޓް ޑި ނީރޯ ފަދަ މަޝްހޫރު ފަރާތްތަކުން އެ ކޮންފަރެންސްގައި ބައިވެރިވެފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ތޭޖްޕާލް ފުރަތަމަ ބުނެފައިވަނީ އެއީ "ވިސްނުމުގެ ކުށަކުން" ހިނގި ކަމެއް ކަމަށާއި، އެއީ "ހާލަތު އޮޅުމުގެ ސަބަބުން" ހިނގި ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

ނަމަވެސް މައްސަލަ ސީރިއަސްވުމުން، ހަގީގަތް ހާމަކުރުމަށްޓަކައި ސީސީޓީވީ ފޫޓޭޖްތައް ބެލުމަށް އޭނާ ކަމާބެހޭ ފަރާތްތަކަށް ގޮވާލި އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ގޯއާގައި އޭރު އޮތް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ސަރުކާރުން ހިންގާ "ސިޔާސީ ބަދަލުހިފުމެއް" ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.

ތަރުން ތޭޖްޕާލް 2000 ވަނަ އަހަރު އުފެއްދި ތަހެލްކާ މެގަޒިނަކީ ސިއްރު އޮޕަރޭޝަންތައް ހިންގައިގެން ގައުމީ ފެންވަރުގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމަށް މަޝްހޫރު މެގަޒިނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox