ކިބުރުވެރިކަން އިސްނުކޮށް މަޝްވަރާގެ މޭޒަށް އައުމަށް ނަޝީދު އަނެއްކާވެސް ސަރުކާރަށް ގޮވާލައްވައިފި

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ވިދާޅުވީ ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދުމުގެ ކުރިން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ވިދާޅުވީ ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދުމުގެ ކުރިން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި، ކިބުރުވެރިކަން އިސްނުކޮށް އިދިކޮޅު އެމްޑީޕީއާ މަޝްވަރާ ކުރަން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑޮލަރުގެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދުމުގެ ކުރިން ސަރުކާރުން އެމްޑީޕީއާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. 

"ޑޮލަރެއްގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީ ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުން ބޭނުންތެރި. ސަރުކާރުން ކިބުރުވެރިކަން އިސްކުރަނީ ނަމަ ގެއްލުން ލިބޭނީ ރާއްޖެއަށް، ދިވެހިންނަށް،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

މީގެ ކުރިން، ގާނޫނުއަސާސީއަށް ނަޝީދު ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ "ބޮޑު ބަދަލު" ގެ ކަންކަމުގައި މަޝްވަރާ ކުރަން ވެސް އެމަނިކުފާނު ސަރުކާރަށް ދައުވަތު ދިނެވެ. އަދި އޭގެ ފަހުން އިންޑިއާގެ ކަރަންސީ ސްވޮޕު ރޯލްއޯވާ ކުރުމުގެ ކަންކަމުގައި ވެސް ސަރުކާރާ މަޝްވަރާ ކުރަން އެމަނިކުފާނު ބޭނުންވެވަޑައިގެންނެވި އެވެ. 

ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަންދެން އިހުތިޖާޖު ކުރައްވާނެ ކަމަށް ވެސް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެ އެވެ. 

"މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ ނޫނީ އަޅުގަނޑުމެން ތާ އަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އަޅުގަނޑުމެން މިކަމުގައި ދެމި ތިބޭނަން،" އޭޕްރީލް 21، ގައި ނަޝީދު ވިދާޅުވި އެވެ. 

ނަމަވެސް އިދިކޮޅު ޕާޓީތަކާ މަޝްވަރާ ނުކުރައްވާނެ ކަމަށް މުއިއްޒު ވަނީ އޭޕްރީލް 20، ގައި އިއުލާނު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުން ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރި މެންޑޭޓާ ހިލާފު ކަމަށެވެ. 

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox