ޒުވާނުންގެ "ކުރަފި" ހަރަކާތުން މޯދީ ބަލިކަށިވެއްޖެ: ވަންގްޗުކް

Aug 6, 2026, 12:08 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

އިންޑިއާގެ ޒުވާނުން އިސްނަގައިގެން ފަށާފައިވާ މުޒާހަރާތަކުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީ "ވަރަށް ބޮޑަށް" ބަލިކަށިވެފައިވާ ކަމަށް، އެ ހަރަކާތް ވަރުގަދަކުރުމުގައި އިސްކޮށް އުޅުއްވި އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ވިދާޅުވެއްޖެ އެވެ.

ވަންގްޗުކް އަކީ އެ މުޒާހަރާތަކަށް ބާރުލިބިގެން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރެއްވި އެކްޓިވިސްޓެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވަންގްޗުކް ވިދާޅުވީ، ޖުލައި މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވަން މަޖުބޫރުވި ވަރުގަދަ މުޒާހަރާތަކަށް ފަހު، ގައުމުގެ މަސްރަހު މިހާރު ބަދަލުވެފައިވާ ކަމަށެވެ.

އުމުރުން 59 އަހަރުގެ ވަންގްޗުކް ވިދާޅުވި ގޮތުގައި، ކަންކަން ބަދަލުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރުމުގެ ގާބިލުކަން އެބަހުރި ކަމުގެ އިތުބާރު މިހާރު ޒުވާނުންނަށް ވަނީ ލިބިފަ އެވެ. އަދި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކަށް ބަހެއް ނުބުނެ ކެތްކޮށްގެން ތިބެން ނުޖެހޭނެކަން ޒުވާނުންނަށް މިހާރު އިހުސާސް ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ކޮކްރޯޗް" ނުވަތަ ކުރަފި ހަރަކާތުގެ ނަމުން ނަންދީފައިވާ މި ހަރަކާތަކީ، 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ މޯދީގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ ހިންގި އެންމެ ބޮޑު އެއް އިހުތިޖާޖެވެ.

މި ހަރަކާތަށް އެ ނަން ދީފައިވަނީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ކޯޓުގެ އަޑުއެހުމެއްގެ ތެރޭގައި، ވަޒީފާ ނެތް ޒުވާނުންގެ ބައެއް ގުރޫޕުތަކަކީ "ކުރަފިތަކެއް" ފަދަ ބައެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ.

ޖޫން އަދި ޖުލައި މަހުގެ ގަދަ ހޫނުގެ ތެރޭގައި، ވެރިރަށް ދިއްލީގައި ވަންގްޗުކް ވަނީ 26 ދުވަސް ވަންދެން ހަމައެކަނި ލޮނާއި ފެން ބޭނުންކޮށްގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދުވަސްވަރު އޭނާގެ ބަރުދަނުން 11 ކިލޯ ލުއިވި ނަމަވެސް، މިހާރު ވަނީ އޭގެ ތެރެއިން ހަ ކިލޯ އަނބުރާ ހޯދާފަ އެވެ.

ހަޅުތާލުގެ ފަހު ހަ ދުވަހު އޭނާ ގަދަކަމުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ ދުވަސްވަރު މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން އުފެދުނު އާންމުންގެ ނުރުހުން ބަދަލުވެގެން ދިޔައީ، ފަހުގެ ތާރީހެއްގައި އިންޑިއާގައި ސަރުކާރާ ދެކޮޅަށް ހިންގި އެންމެ ބޮޑު މުޒާހަރާތަކަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވީ، ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލިތާ އެއް ދުވަސް ފަހުންނެވެ.

އޭގެ ފަހުން، ކަރުދާސް ލީކުވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް އަވަސްކުރުމަށް ހާއްސަ ކޯޓުތަކެއް އުފައްދާނެކަން މޯދީ ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އިމްތިހާނު ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ޓެކްނޮލޮޖީ ދާއިރާގެ މަހުޖަނަކާއެވެ.

މީގެ އިތުރުން، އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން މާޔޫސްވެގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox