ޗައިނާގެ އެންމެ ވަރުގަދަ އެޑްމިރަލް ޖެންގް ވަޅުލާފައިވަނީ މާލޭގައިތަ؟

ޖެންގް ގެ މަހާނަ ލޮނުޒިޔާރަތްކޮޅުގައިވާ ކަމަށް ބެލެވޭ

ޖެންގް ގެ މަހާނަ ލޮނުޒިޔާރަތްކޮޅުގައިވާ ކަމަށް ބެލެވޭ

ޗައިނާގެ ނަންޖިން ކައިރީގައިވާ ނިއުޝޯ ފަރުބަދައިގެ ދެކުނު ބިތުގައި އިސްލާމީ ވަޒަންތަކަށް ފަރުމާކޮށްފައިވާ މަގުބަރާއެއް އެބަހުއްޓެވެ. އެ ތަނުގެ ފާރުތަކުގައި އަރަބި ބަހުން ލިޔުންތައް ހުރިއިރު، އެތަނުގައި ހުރި ސިޑިބަރިން ރަމްޒުކޮށްދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެޑްމިރަލް ޖެންގް ހާ ކުރެއްވި ދަތުރުތަކެވެ. ނަމަވެސް އެތަނުގައި އޭނާގެ ގަބުރެއް ނެތެވެ. އެއީ ތާރީހުގައި ފެންނަން އޮތް އެންމެ ބިޔަ ލަކުޑި އުޅަނދުފަހަރުގެ ފްލީޓްގެ ކޮމާންޑަރު އެނބުރި ގައުމަށް ނުދާކަން އެނގޭ ހެއްކެކެވެ.

މި މަގުބަރާގެ ހުސްކަމާމެދު އެތައް ގަރުނެއް ވަންދެން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. ފަހަކަށް އައިސް ދެކެވޭ އެއް ވާހަކައަކީ، މާލޭގެ ގޮނޑުދޮށުގައިވާ، ގިނަ ބަޔަކު ހަނދާން ވެސް ނެތިފައިވާ "ލޮނުޒިޔާރަތް" ކިޔާ ސަރަހައްދާ ޖެންގް ހާ ގުޅުމެއް އޮތް ކަމަށް ބުނާ ވާހަކަ އެވެ.

ޖެންގް ހާ އުފަންވީ މީލާދީން 1371 ހާ ތަނުގައި ޗައިނާގެ ޔުނާންގެ މުސްލިމް އާއިލާއަކަށެވެ. އޭނާގެ އަސްލު ނަމަކީ މާ ހޭ އެވެ. އަޅެއްގެ ގޮތުގައި ހުރެ، އޭނާ ވަނީ ޔޮންގްލޭ އެމްޕަރާގެ އެންމެ އިތުބާރު ހިފޭ އެޑްމިރަލްގެ މަގާމަށް ވާސިލްވެފަ އެވެ.

މީލާދީން 1405 އާއި 1433 އާ ދެމެދު އޭނާގެ ބޮޑެތި އުޅަނދުފަހަރުތައް ދެކުނު އިރުމަތީ އޭޝިއާ، އިންޑިއާ، ފާރިސް ކަނޑުއޮޅި، ރަތް ކަނޑު އަދި އިރުމަތީ އެފްރިކާގެ އައްސޭރިފަށަށް ދަތުރުކުރި އެވެ. އޭނާ މަރުވީ 1433 ވަނަ އަހަރު ކުރި ހަތްވަނަ ދަތުރު ނިންމާފައި ދަނިކޮށެވެ.

ތާރީހީ ގިނަ ލިޔުންތަކުން ބުނާ ގޮތުގައި އޭނާ މަރުވީ އިންޑިއާގެ މަލާބާރު އައްސޭރީގެ ކާލީކޯޓެވެ. ނުވަތަ އިންޑިއާ ކަނޑުގެ ކޮންމެވެސް ހިސާބަކުން ކަނޑުމަތީގަ އެވެ. ހޫނުގަދަވުމާއި ޗައިނާއާ ދެމެދު އޮތް ދުރުމިނަށް ބަލައި، އޭނާ ވަޅުލުމުގައި އަމަލުކުރީ އިސްލާމީ އުސޫލުތަކަށެވެ. ކަނޑުމަތީގައި މުސްލިމަކު މަރުވެއްޖެ ނަމަ ފެއްތުމަކީ ހުއްދަ ކަމެކެވެ. ނުވަތަ މަރުވި ތަނަކާ އެންމެ ކައިރި ހިކިފަސްތަނެއްގައި ވަޅުލުމަކީ ވެސް އޮންނަ ގޮތެކެވެ. އެ ފްލީޓް އެނބުރި ޗައިނާއަށް ދިޔައީ އެމީހުންގެ ކޮމާންޑަރާ ނުލައެވެ. 

ނަމަވެސް، ރަސްމީ ތާރީހީ ލިޔުންތަކުގައި ހުރި ހުސްކަމުގެ ސަބަބުން ތަފާތު ގޮތްގޮތަށް މި ވާހަކަ ފެތުރިގެން ދިޔުމަށް ޖާގަ ލިބެ އެވެ. މިގޮތުން ދެކެވޭ އެއް ވާހަކައަކީ، ޖެންގް ހާގެ ހަނދާންތައް ނުވަތަ އޭނާގެ ހަށިގަނޑު ރާއްޖޭގެ ޝަރަފުވެރި މަހާނަތަކުގެ ތެރޭގައި ހުރެދާނެ ކަމުގެ ވާހަކަ އެވެ. ބައެއް ރިވާޔަތްތަކުގައި ބުނާ ގޮތުން، މާލޭގެ އިރުދެކުނު ފަރާތުގައި އޮންނަ، ކުރީގެ އިއްޒަތްތެރިންނާއި، އިލްމުވެރިންނާއި، ބޭރުގެ މަންދޫބުން ވަޅުލާފައިވާ "ލޮނުޒިޔާރަތް" ގަބުރުސްތާނުގައި އޭނާގެ ހަނދާންތައްވެ އެވެ.

މި ވާހަކައަށް ބާރުދޭ އެއް ކަމަކީ، މާލޭގެ އިރުމަތީ ފަރާތުން ފެނިފައިވާ، މީލާދީން 1400 އާއި 1450 އާ ދެމެދުގެ ދުވަސްވަރަށް ނިސްބަތްވާ ހަތަރު މަހާނަގަލެވެ. މިއީ ރާއްޖޭގައި ސުލްތާން ޔޫސުފް ދެވަނަ (1421-1443) ރަސްކަން ކުރެއްވި ދުވަސްވަރެވެ. މި ދުވަސްވަރު ދިމާވާތީ، އެ އާދައިގެ ހިރިގަލުގެ ސައްދޯއް ޗައިނާގެ އެޑްމިރަލާ ގުޅުންހުރި ހަނދާނެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

މި ހިޔާލަކީ މުޅިން އަސާސެއް ނެތް ވާހަކައެއް ނޫނެވެ. މިންގް ދަރިކޮޅުގެ ލިޔުންތަކުގައި ރާއްޖެއަށް ނިސްބަތްކޮށްފައިވަނީ "ލިއުޝާން" ނުވަތަ "ކަނޑުއަޑީގެ ފަރުބަދަތަކުގެ ރަށްތައް" މި ނަމުންނެވެ. ހަތަރުވަނަ ދަތުރުގައި (1413-1415) ޖެންގް ހާގެ ފްލީޓް ވިޔަފާރިއަށާއި މަގު ހޯދުމަށް ރާއްޖެއަށް މަޑުކުރިކަން ތާރީހުން އެނގެއެވެ. އަދި 1416، 1421 އަދި 1423 ވަނަ އަހަރު ރާއްޖޭގެ މަންދޫބުން ޗައިނާގެ މިންގް ދަރުބާރަށް ހަދިޔާ ހިފައިގެން ދިޔަކަމާއި، ޗައިނާގެ ލިޔުންތަކުގައި "ޔިސުފު" (ސުލްތާން ޔޫސުފް ދެވަނަ) ގެ ނަން ބަޔާންކޮށްފައިވެ އެވެ.

ރާއްޖެއަކީ އޭރު އިންޑިއާ ކަނޑުގެ ވިޔަފާރި މަގުތަކުގެ މުހިންމު ބައެކެވެ. އެހެންނަމަވެސް، ޖެންގް ހާގެ ހަށިގަނޑު ނުވަތަ ރަސްމީ ހަނދާނީ ބިނާއެއް ރާއްޖޭގެ ފަސްގަނޑުގައި ހުރިކަމުގެ އެއްވެސް ސީދާ ހެއްކެއް މިންގް ލިޔުންތަކަކުން ނުވަތަ ރާއްޖޭގެ ތާރީހީ ލިޔުމަކުން ވެސް ފެންނާކަށް ނެތެވެ. އެޑްމިރަލް މަރުވުމަށްފަހު އެނބުރި ދިޔަ ދަތުރު އޮތީ ވަރަށް އަވަސް އަރުވާލާފައި ކަމުން، ރާއްޖެއަށް އެމީހުން މަޑުކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މުއައްރިހުން ދެކެވަޑައިގަންނަވައެވެ.

މިއަދު ފެންނަން އޮތީ އެ ސަރަހައްދުގެ ގުދުރަތީ މާހައުލެވެ. ތާރީހީ ގޮތުން ބަލާއިރު، މާލޭގެ އިރުދެކުނު އައްސޭރިފަށަކީ "ޒިޔާރަތް ސަރަހައްދު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. ލޮނުޒިޔާރަތަކީ އެ ސަރަހައްދުގައިވާ ގަބުރުސްތާނަށާއި އެތަނުގެ މައި ޒިޔާރަތަށް ކިޔާ ނަމެކެވެ.

މިއަދު އެ ބިމުގެ ބޮޑު ބައެއް އޮތީ މިހާރުގެ ލޮނުޒިޔާރަތް ޕާކުގެ ދަށުގައެވެ. މިތަނުގައި ހިރިގަލު ސަންދޯއްތަކާއި، ރަސްރަސްކަލުންނާއި މަތީ ފަންތީގެ އިއްޒަތްތެރިންނަށް ހާއްސަ ހިރިގަލުގެ ކަނޑާނެގުންތައް ހުއްޓެވެ. ހިރިގަލުން ހަދާފައިވާ މި ފަރުމާތަކަކީ ދިވެހި މަސައްކަތްތެރިކަމުގެ ފުރިހަމަ ނަމޫނާތަކެކެވެ. ނަމަވެސް، ބިން ހިއްކުމާއި މާލެ ތަރައްގީވުމުގެ ތެރޭގައި މި ތަންތަން ވަނީ ގިނަ ބައެއްގެ ހަނދާނުން ފޮހެވިފަ އެވެ. 15 ވަނަ ގަރުނުގެ ކުރީކޮޅަށް ނިސްބަތްވާ މި ސަންދޯއްތަކަކީ ޗައިނާގެ އެޑްމިރަލާ ގުޅުންހުރި އެއްޗެއްތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.

މި ސުވާލުގެ ޖަވާބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ލޮނުޒިޔާރަތްކޮޅުގައި ހުރި އެއްވެސް މަހާނައަކާއި ޗައިނާއާ ގުޅުމެއް ހުރިކަން އިލްމީ ދިރާސާއަކުން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. މި ވާހަކަ ބިނާވެފައިވަނީ ހަމައެކަނި އެ ދުވަސްވަރުގެ ތާރީހީ އިއްތިފާގުތަކުގެ މައްޗަށެވެ. ނަމަވެސް، މާލޭގެ މިފަދަ އާސާރީ ތަންތަން އިތުރަށް ދިރާސާކުރުމަކީ ރާއްޖޭގެ ގަދީމީ ތާރީހާއި، އިންޑިއާ ކަނޑުގެ ވިޔަފާރީގައި ރާއްޖެ އަދާކުރި ދައުރު ދެނެގަތުމަށް މުހިންމު ކަމެކެވެ. ޖެންގް ހާއާ ގުޅުމެއް ފެނުނަސް ނުފެނުނަސް، މިފަދަ ދިރާސާއަކުން ކަނޑުމަތީގެ ތާރީހުގެ މުހިންމު ސަފުހާތަކެއް ހާމަވެގެންދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox