ގެގް އޯޑަރާ ގުޅިގެން އެމްޖޭއޭއިން ހުށަހެޅި އިސްތިއުނާފު ބަލައިނުގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

ދިވެހިރާއްޖޭގެ ހައި ކޯޓު: އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓަކީ މިއީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ހައި ކޯޓު: އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓަކީ މިއީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އެ ޑޮކިއުމެންޓްރީ އާއި އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދު ކުރާ އަމުރު (ގެގް އޯޑަރު) މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކަނޑައެޅި ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުން މިއަދު ބާތިލުކޮށްފި އެވެ. 

އެމްޖޭއޭއިން ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމުރަކީ ސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާތީ އެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެމްޖޭއޭއަކީ މި އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ނޫން ކަމަށް ބުނެ މައްސަލަ ބަލައިނުގަންނަން ނިންމާފަ  އެވެ.

ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަމުން ހައިކޯޓުގެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ހަމައެކަނި އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އެކަނި ރައްދުވާ އަމުރެއް ނޫން ކަން އެނގޭ ކަމަށް ފާހަގަކޮށްފަ އެވެ. 

އެ ގޮތުން މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުالله ޖަމީލު މޫސާގެ ރައުޔުގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަނާކޮށްފައިވާ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ނެރެފައިވާ އަމުރަކަށް ވާތީ، އެ އަމުރު އެންމެންގެ މައްޗަށް ރައްދުވާ ކަމަށެވެ. 

"އެ އަމުރުގައި ތަބީއީ ޝަހްސުތަކާއި ގާނޫނީ ޝަހުސުތައް ފަރަގުކޮށްފައެއް ވެސް ނުވޭ. އެ ސަބަބަށް ޓަކައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަކީ ވެސް އެ އަމަރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް މި ހިނދަށް ބެލެވޭ" އޭނާ ވިދާޅުވި އެވެ. 

އިސްފަނޑިޔާރު ޖަމީލުގެ ރައުޔުގައި ފާހަގަކުރެއްވި ކަންކަމަށް ތާއީދުކުރައްވަމުން، ފަނޑިޔާރު އިބްރާހިމް މާހިރު ވެސް ވިދާޅުވީ އެ އަމުރުގެ މައްސަލައިގައި އެމްޖޭއޭއަކީ މަސްލަހަތު ނެތް ފަރާތެއް ކަމުގައި ބެލެެވެން ނެތް ކަމަށެވެ. އަދި، އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވުމުގެ މައްޗަށް އެކަނި ބިނާކޮށް ރަޖިސްޓްރާ ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ނުބެލެވޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބިގެން ރަޖިސްޓްރާގެ ނިންމުން ބާތިލުކުރި ނަމަވެސް ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. އޭނާގެ ރައުޔުގައި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ދައުވާއެއް ރައްދުވާ މީހުންގެ ތެރޭގައި ނުހިމެނޭ މީހަކު (ޚަޞްމަކު) ޖިނާއީ ދައުވާގައި މަސްލަހަތު އޮތް ފަރާތެއް ކަމަށް ބުނެ ދައުވާގެ ޚަޞްމަކަށް ވުމަކީ، "ޖިނާއީ އިޖުރާއަތުގެ ގާނޫނު ދައްކާ މަގަށް ނުވުމުގެ އިތުރުން، އެއީ ޖިނާއީ އަދުލުގެ ނިޒާމުތަކާ ބީރައްޓެހި މަފްހޫމެއް" ކަމަށެވެ. 

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގައި ނެރުނު ގެގް އޯޑަރު އެމްޖޭއޭއަށް އިސްތިއުނާފުކުރަން ހުރަހެއް ނެތް ކަމަށް ހައިކޯޓުން ނިންމިއިރު، އެ ކޯޓުން ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން އިސްތުނާފުކުރި މައްސަލަ ބަލައިގެންފަ އެވެ.

ފިޔާޒަކީ އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވާ އެކަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox