މަސް ގަންނަ އަގު ދަށް ކުރުމުން ވާދަވެރިކަން ގާއިމުވެއްޖެ: އެންސިސް ވާހިދު

އެންސިސް ކުންފުނީގެ ވާހިދު (ކ-2) އާއި އެ ކުންފުނީގެ އެހެން ބާނީން: އެންސިސްއަކީ މަސް ބޭރުކުރާ އެންމެ ބޮޑު އެއް ވިޔަފާރި --- ފޮޓޯ: އެންސިސް

އެންސިސް ކުންފުނީގެ ވާހިދު (ކ-2) އާއި އެ ކުންފުނީގެ އެހެން ބާނީން: އެންސިސްއަކީ މަސް ބޭރުކުރާ އެންމެ ބޮޑު އެއް ވިޔަފާރި --- ފޮޓޯ: އެންސިސް

މަސް ގަންނަ އަގު ދަށް ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން މަސް އެކްސްޕޯޓު ކުރާ ޕްރައިވެޓު ވިޔަފާރިތަކަށް މަސް ގަނެވޭނެ މަގުފަހިވެ، މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން ގާއިމުވެެއްޖެ ކަމަށް އެންސިސް ފިޝަރީޒްގެ އަބްދުލް ވާހިދު ތައުފީގު އިއްޔެ ވިދާޅުވެއްޖެ އެވެ. 

މަސް ބޭރުކުރާ އެންމެ ބޮޑު ދިވެހި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ އެންސިސްގެ އެއް ބާނީ އަދި މެނޭޖިން ޑިރެކްޓަރު، ވާހިދު މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދިން "އިގުތިސޯދުގެ ދެ ފަރާތް" ޕްރޮްގްރާމްގައި މަސްވެރިކަމުގެ ސިނާއަތުގެ ހާލަތާ މެދު އޭނާގެ ނަޒަރިއްޔާތު ހިއްސާކުރައްވަމުންނެވެ. 

ވާހިދު ވިދާޅުވި ގޮތުގައި އަގަށް ގެނައި ބަދަލުތަކާ އެކީ މިދިޔަ އަހަރުގެ ތެރޭގައި މަސްެވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރި ކަމަށެވެ. އަދި މި ބަދަލަށް ފަހިވީ، މަސް ގަންނަ އަގު ފްލޯޓުކޮށް، އޯޕަން މާކެޓުން މަސް ގަނެވޭ ގޮތް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.  

"އެއީ ކުރީގައި ވާގޮތަކީ މަސް ގަންނަ އަގު މި އިންނަނީ މިފްކޯއިން ފިކްސްކޮށްފަ މި އޮންނަނީ. އެހެންވީމަކައެއް އޭތި ގަނެގެން ބޭރުގެ މާކެޓަކަށް މެޗުވާ ގޮތަކަށް އެކްސްޕޯޓެއް ނުކުރެވޭ، އެހެން ނަމަވެސް މިހާރު މި އޮންނަނީ ކޮންމެވެސް ވަރެއްގެ ފްލޯޓެއްގައި ގެނެވިފަ." ވާހިދު ވިދާޅުވި އެވެ.

"މިއީ މިކަމުގެ އެންމެ ހައްލަކީ. މަސްވެރިކަމުގެ ސެކްޓާގެ އެންމެ ބޮޑު ފިއުޗާއަކީ ވެސް. ކޮމްޕެޓިޓިވް މާކެޓެއްގައި އެކަން ކުރަމުން ދިޔުން."

މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ހަމައަކަށް އެޅުނު ނަމަވެސް މި އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ވާހިދު ވިދާޅުވީ، މިހެން ދިމާވީ އިރާނު ހަނގުރާމަ ފެށި، ތެލުގެ އަގު ބޮޑު ވުމުން ކަމަށެވެ. ނަމަވެސް ސަރުކާރު މެދުވެރިވެގެން މަސްވެރިންނަށް ތެޔޮ ވިއްކާ އަަގުތައް ކުޑަކޮށްދިނުމުން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިކަން އިތުރުވީ ކަމަށް އޭނާ ބުންޏެވެ.

ވޭތުވި އަހަރުތަކުގެ ތެރޭގައި މަހުގެ އަގަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، 2020 އިން ފެށިގެން 2023 ގެ މެދުތެރެއާ ހަމައަށް ގަނޑުކުރި ކަނޑު މަސް ގަންނަ އަގު ހުރީ 16ރ. އާއި 17ރ. ގަ އެވެ. ހުއްޓާ 2023 ގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މި އަގު 25ރ. އަށް މަތިކޮށްފަ އެވެ.

މި މަތިކުރުމާ ގުޅިގެން މަސް ދޯނިފަހަރަށް ފައިސާ ނުދެވި ގިނަ ދުވަސްތަކެއް ވޭތުވުމާ ގުޅިގެން 2024 ވަނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށްވި އެވެ. އެ އަހަރު މަސް ބޭރުކޮށްގެން 82.4 މިލިއަން ޑޮލަރު ލިބުނުއިރު، މިއީ ފަހުގެ ތާރީހެއްގައި މަސްވެރިކަމުން އެންމެ ދަށް އާމްދަނީ ލިބުނު އަހަރެވެ. 

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސް ކިރުވި އެވަރެޖު ހުރީ މަހަކު 3573 މެޓްރިކް ޓަނުގަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ އެވަރެޖުކޮށް މަހަކު 8،904 މެެޓްރިކް ޓަނުގަ އެވެ. މަސް ކިރުވާ މިންވަރަކަށް އައި ބަދަލާއެކީ، މަސް އެކްސްޕޯޓުން ލިބޭ އާމްދަނީ ވަނީ 50 ޕަސެންޓު ދަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox