ޔޫރަޕް ތިން މުބާރާތަށް ތައްޔާރުވާން ރިވައިވަލް އިން މެލޭޝިއާ ކޭމްޕަކަށް

Jun 1, 2026, 5:40 PM
ރިވައިވަލް ސްޕޯޓްސް އިން ޔޫރަޕިއަން ޓުއާގައި ވާދަކުރުމަށް މިއަދު މެލޭޝިއާ ކޭމްްޕަށް ފުރުމުގެ ކުރިން.

ރިވައިވަލް ސްޕޯޓްސް އިން ޔޫރަޕިއަން ޓުއާގައި ވާދަކުރުމަށް މިއަދު މެލޭޝިއާ ކޭމްްޕަށް ފުރުމުގެ ކުރިން.

ޔޫރަޕްގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ރުހުން ދީފައިވާ ތިން މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސްް ޓީމުން މެލޭޝިއާގެ ކޭމްޕަކަށް މިއަދު ފުރައިފި އެވެ. 

ރިވައިވަލްގެ ހަ ކުޅުންތެރިއަކު ވާދަކުރަން ހަމަޖެހިފައިވާ ތިން މުބާރާތަކީ، މި މަހުގެ 18-21 ޗެކް ރިޕަބްލިކްގައި ބާއްވާ ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި ޖޫން 24-28 އަށް ބާއްވާ ޔޮނެކްސް އިޓަލީ އޯޕަން އަދި ފްރާންސްގައި އަންނަ މަހުގެ 2-5 އަށް ކުރިއަށްދާ އެފްޒެޑް ފޯޒާ ފިއުޗާ ސީރީސް ނޯވެލް - އަކުއިޓޭއިން 2026 ގަ އެވެ. 

އެ ގޮތުން، މި މުބާރާތްތަކަށް ފުރި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދު، މުހައްމަދު ހަލަފް އިމްރާން، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) އެވެ. 

މި ހަ ކުޅުންތެރިންނާ އެކު، ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް މަސައްކަތްކުރާއިރު، ޔޫރަޕްގެ ތިން މުބާރާތަށް ދިއުމުގެ ކުރިން، މި މަހު 14 އާ ހަމައަށް މެލޭޝިއާގައި އިންޓެންސް ޓްރެއިނިން ކޭމްޕެއް ކުރިއަށްދާނެ އެވެ. 

އެ ޓްރެއިނިން ކޭމްޕްގެ ތެރެއިން، ހަތަރު ކުޅުންތެރިއަކު، ތައިލެންޑުގެ ފުކެޓްގައި ކުރިއަށްދާ ޓޮޔޯޓާ ފުކެޓް އިންޓަނޭޝަނަލް ޗެލެންޖުގައި ކުޅޭނެ އެވެ. އެއީ، މި މަހު 9-14 އަށް ކުރިއަށްދާ މުބާރާތެކެވެ. ފުކެޓް މުބާރާތުގައި ކުޅޭނީ ނިބާލް، ޒަޔާން ޒަކީ، ނަބާ އަދި ނަބީ އެވެ. 

ޔޫރަޕްގެ މުބާރާތްތަކުގައި ސިންގަލްސްގައި ޒަޔާން ޒަކީ، ނިބާލް، ހަސަން ޒަޔާން، ނަބީ އަދި ނަބާ ކުޅޭނެ އެވެ. ޑަބަލްސްގައި ނިބާލް އާއި ޒަޔާންގެ ޕެއާ، ހަލަފް އާއި ހަސަން ޒަޔާންގެ ޕެއާ އަދި ނަބީ އާއި ނަބާގެ ޕެއާ ކުޅޭނެ އެވެ. އަދި، މިކްސް ޑަބަލްސްގައި، ނަބީ އާއި ނިބާލް އަދި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރާނެ އެވެ. 

ތައިލެންޑު މުބާރާތުގައި، ޒަޔާން ޒަކީ، ނިބާލް، ނަބާ އާއި ނަބީ، ސިންގަލްސް އާއި ޑަބަލްސް އިވެންޓްތަކުގައި ވެސް ކުޅޭނެ އެވެ. 

މިއީ، އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް، ރިވައިވަލް އިން ޕްރޮޖެކްޓެއް އިއުލާނުކުރި ފަހުން ވާދަކުރާ ފުރަތަމަ މުބާރާތްތަކެވެ. 

މިދިޔަ ފެބްރުއަރީ މަހު ރިވައިވަލް އިން ވަނީ އަޒަރުބައިޖާންގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޗެލެންޖު މުބާރާތުގައި ކުޅެފަ އެވެ.  

މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox