އިގުތިސާދީ ބަހުސަކަށް ސައީދުއަށް އަމީރު ދައުވަތު ދެއްވައިފި

Aug 10, 2026, 11:46 PM
އިކްނޮމިކް މިނިސްޓަރު ސައީދު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

އިކްނޮމިކް މިނިސްޓަރު ސައީދު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ބަހުސްކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައުވަތު ދެއްވައިފި އެވެ.

ޑޮލަރުގެ އަގު އުފުލި ވިޔަފާރިންނާއި އާންމުންނަށް ދަތި އުނދަގޫ ކުރިމަތިވުމުގެ ޝަކުވާ ބޮޑުވެ، އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގާލުމެއް ބޭއްވުމަށް ރާވާފައި ވާއިރު، މިނިސްޓަރު ސައީދު ހުށަހަޅައިދިން ޝޯއެއް ޕީއެސްއެމްއިން މިރޭ ވަނީ ގެނެސްދީފަ އެވެ. 

އިގުތިސާދުގެ ދެ ފަރާތުގެ ނަމުގައި ސަރުކާރުގެ ކޮޅަށް އެއްކޮށް ކަހަލަ ގޮތަށް ބަރުކޮށް ގެނެސްދިން ޝޯގައި ސައީދުއާއެކު ތިއްބެވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު އާއި އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އާއި ބީއެމްއެލްގެ ހެޑް ބްރޭންޑް އެންޑް މާކެޓިން  ސްޓްރެޓަޖީ މުހައްމަދު ސައީދު އާއި ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު އާއި ދިވެހި އިންޝުއަރެންސްގެ ޗެއާމަން އަބްދުލް ވާހިދު އަދި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެވެ. 

މި ޝޯ ކުރިއަށް ދަނިކޮށް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ރާއްޖޭގެ އިގުތިސާދު ނާޒުކު ހާލަތަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، މިނިސްޓަރު ސައީދު އިސްވެ ހޯސްޓްކުރައްވާ ޕްރޮގްރާމަކަށް އެސްޓީއޯގެ އެމްޑީއާއި ޗެއާމަންގެ އިތުރުން ބީއެމްއެލް އާއި ސަރުކާރުން ބޭނުންވާ ބަޔަކު ގެނައުމުން އިގްތިސާދުގެ "ދެ ފަރާތުގެ ވާހަކަ" ނުދެއްކޭނެ ކަމަށެވެ.

"ޑޮލަރު މައްޗަށް ނުދާނެ ކަމަށް ވިދާޅުވީ ވަޒީރު، މުއިއްޒު. އަމިއްލަ ސިޔާސަތުތައް ފެއިލްވެ ޑޮލަރުގެ އަގު 22.10ރ. އަށް އެރީމަ، ޓިކްޓޮކް ހަދައިގެން ދެކޮޅު ނުޖެހޭ ވާހަކަ ދައްކާ ވަޒީރު ދެ ފަރާތުގެ ވާހަކަ ގެނެސްދިނުމަށް އެދޭނަމަ އަޅުގަނޑުމެންނަށް ވެސް ދައުވަތު ދެއްވާ. ނުވަތަ އަޅުގަނޑުމެންނާއެކު ބަހުސަށް ވަޑައިގަންނަވާ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއީ ސިޔާސީވެ، ދޮގު ހަދައި ބޭކާރު ވާހަކަ ދައްކައިގެން ތިބޭވަރަށްވުރެ މާ ނާޒުކު އަދި ނުރައްކާތެރި ހާލަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox