ވައިކަރަދޫގެ ގަސްކަރަ ހިމާޔަތްކުރަން ރަށު ރައްޔިތަކު ރަށު ކޯޓަށް މައްސަލަ ހުށަހަޅައިފި

ވައިކަރަދޫއިން ގިނަ އަދަދެއްގެ ރުއްގަސް ބޭރުކުރުމުގެ މަސައްކަތް ކުރަމުންދަނީ: ކޯޓަށް ހުށަހެޅީ ގަސްކެނޑުން ހުއްޓުވަން -- ފޮޓޯ: މިވެށި

ވައިކަރަދޫއިން ގިނަ އަދަދެއްގެ ރުއްގަސް ބޭރުކުރުމުގެ މަސައްކަތް ކުރަމުންދަނީ: ކޯޓަށް ހުށަހެޅީ ގަސްކެނޑުން ހުއްޓުވަން -- ފޮޓޯ: މިވެށި

ހދ. ވައިކަރަދޫ ކައުންސިލް މެދުވެރިކޮށް އެ ރަށުން ގިނަ އަދަދެއްގެ ގަސްގަހާގެހި ރަށުން ބޭރުކުރަމުންދާތީ އެ ރަށުގެ ރައްޔިތަކު ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. 

އެ ރަށު، މަންފާ، އަލީ ރިފްހާން ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްގާއި، ދިރި އުޅޭނެ ސާފު ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްގު ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން ކައުންސިލް ވަނީ ނުކުޅެދިފައި ކަމަށެވެ. 

"ގާނޫނުއަސާސީ އިން ލިބިދޭ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް، ރަށުގެ ގަސްކަރަ އަދި ގަސްހެދޭ ފަސްގަނޑު ފަނާވެދާނެ ފަދަ ނުރައްކަލަށް ހުށަހަޅައި ކައުންސިލުން އަމަލުކުރަމުންދިޔުމާ ގުޅިގެން، މި މައްސަލައިގައި އެދިފައިވަނީ އެކަން ހުއްޓުވައި ގާނޫނީ ޒިންމާތައް ކައުންސިލުން އަދާކޮށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުން،" އޭނާ ބުނެފައިވެ އެވެ. 

Advertisement

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނު އަދި ގަވާއިދުތަކަށް ބެލުމުން، ރާއްޖޭގައި ގިނަދުވަސްވެފައިވާ ގަސްގަހާގެއްސަކީ ގާނޫނީ ހިމާޔަތް ލިބިދީފައިވާ ގަސްތައްކަން ފާހަގަކޮށް ރިފްހާން ބުނީ އެފަދަ ގަސްގަހާގެހީގެ ދަފްތަރެއް ތައްޔާރުކޮށް، އަހަރަކު އެއްފަހަރު އަދާހަމަކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށްވިޔަސް އެކަން ވައިކަރަދޫ ކައުންސިލުން ނުކުރާ ކަމަށެވެ. 

މައްސަލައާ ގުޅިގެން ރިފްހާން ފާހަގަކޮށްފައިވާ ބައެއް އިތުރު ކަންކަން:

  • ގަސްގަހާގެއްސަކީ ރަށުގެ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ގުދުރަތީ ވަސީލަތެއްކަމާއި، ރައްޔިތުންގެ އާންމު ސިއްހަތާއި ގުޅިފައިވާ ކަންބޮޑުވުންތައް.
  • ގަސްގަހާގެހީގެ އިތުރުން އެއާއެކު ރަށުގެ ދުވަސްވީ މުއްސަނދި ކަޅުފަސް ރަށުން ބޭރުކުރަމުން ދިއުމާ ގުޅިގެން ކަންބޮޑުުވުން ފާޅުކޮށް، ކަޅުފަހަކީ ރައްޔިތުންގެ ކާބޯތަކެތީގެ ވިލުންތެރިކަމަށް ކޮންމެހެން ބޭނުންވާ ގުދުރަތީ ވަސީލަތެއްކަން.
  • ރާއްޖޭގައި އިންތިހާއަށް މުހިންމުވާ ސަބަބަކީ ކޮންމެ އަހަރެއްގެ އިރުވައިގައި ރާއްޖެއަށް ހިޖުރަކުރާ ވިހަކުނޑިވައިގެ ނޭދެވޭ އަސަރަކީ ސިއްހަތަށް އޮތް ނުރައްކަލަކަށްވާއިރު، ގަސްގަހާގެއްސަކީ ވައި ސާފުކުރުމަށް އެހީތެރިވާ މުހިންމު ވަސީލަތަކަށްވުން.
  • ގަސްގަހާގެއްސަކީ ހޫނުވަމުންދާ ދުނިޔެއެއްގައި ރަށުގެ ރައްޔިތުންގެ ވިލުންތެރިކަން ރައްކާތެރިކުރުމަށް މުހިންމު ވަސީލަތެއްކަމާއި، އޭގެ ތެރޭގައި ރަށުގެ ފިނިހޫނުމިން އެދެވޭ މިންވަރެއްގައި ހިފަހައްޓަން ބޭނުންވާ ވަސީލަތެއްކަން.

މި މައްސަލައިގައި ރިފްހާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ރަށު ކައުންސިލް މެދުވެރިކޮށް ރަށުގެ ގަސްކަރައަށާއި ފަސްގަނޑުގެ ރައުސްމާލަށް ދެމުންދާ ގެއްލުންތަކުން ރަށާއި ރައްޔިތުން ހިމާޔަތްކުރުމަށެވެ. 

މިގޮތުން ގާނޫނީ އިމުގެ ތެރެއިން ކައުންސިލްގެ އަމަލުތައް ގެނެސް، ކައުންސިލްގެ ގާނޫނީ ޒިންމާ އެ ފަރާތުން އުފުލުމަށް ދެމެހެއްޓިނިވި ގާނޫނީ ފަރުވާއެއް މި މައްސަލައިގައި ކޯޓުން ހޯދުމަކީ ރިފްހާންގެ އަމާޒެވެ.

ރާއްޖޭގައި އެއްވެސް އުސޫލެއްނެތި އެކި ރަށްތަކުން ގަސްތައް ކަނޑަމުން ދިޔުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮވެ އެވެ. އެގޮތުން ގަސްކެނޑުމުގެ ކަންކަން ފަހަކަށް އައިސް ރައްޔިތުން ނުކުމެ ހުއްޓުވައިފައި ވެސް އެބަހުއްޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox