ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫކަލައިދޫގައި އަޅަން ނިންމައިފި

ލ. އިސްދޫގެ މަތިން ފެންނަ ފޮޓޯއެއް: ކަލައިދޫއަކީ މި ރަށާ އެއްފަސްކޮށް އޮންނަ ރަށެއް -- ފޮޓޯ: ލޯކަލް ގަވަމެންޓު އޮތޯރިޓީ

ލ. އިސްދޫގެ މަތިން ފެންނަ ފޮޓޯއެއް: ކަލައިދޫއަކީ މި ރަށާ އެއްފަސްކޮށް އޮންނަ ރަށެއް -- ފޮޓޯ: ލޯކަލް ގަވަމެންޓު އޮތޯރިޓީ

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި އަޅަން ނިންމައި އެކަން ސަރުކާން އިއުލާނުކޮށްފި އެވެ.

ލ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ފޮނަދޫ އާއި ގަމާ ދޭތެރޭގައި އޮންނަ ކައްދޫ އެއާޕޯޓެވެ. އިސްދޫ އާއި ކަލައިދޫއަކީ އެ އަތޮޅުގެ އެންމެ އުތުރު ބިތުގައި އެއް ފަސްކޮށް އޮންނަ ދެ ރަށެވެ. އިސްދޫގެ ބޮޑުމިނަކީ 128 ހެކްޓަރެވެ. ކަލައިދޫގެ ބޮޑުމިނަކީ 233 ހެކްޓަރެވެ.

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، މިވީހައި ދުވަހު އެއާޕޯޓު އަޅާނެ ރަށެއް ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.

Advertisement

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެއާއެކު އެ އަތޮޅު މާވަށް ކައިރީގައި އެޅުމަށް ގޮވާލައި އެ އަތޮޅުގައި ހަރަކާތްތަކެއް ވެސް އޭރު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މާވަށަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކާ ވަކިން މާދުރުގައި އޮންނަ ރަށެކެވެ.

އިސްދޫ-ކަލައިދޫއަކީ އެ އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްތަކުގެ ތެރެއިން ދެ ރަށެވެ. އިސްދޫ-ކަލައިދޫއިން ކައްދޫއަށް ދެވެނީ 45 މިނެޓުގެ ދިގު ދަތުރެއް ކަނޑުމަގުން ކޮށްފަ އެވެ.

އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް އަޅަން އިއުލާނުކުރިއިރު، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox