ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫގައި އަޅާތީ މާވަށު ރައްޔިތުން އިހުތިޖާޖު ކުރަނީ

Jun 30, 2026, 2:25 PM
މާވަށު ރައްޔިތުން ކުރި އިހުތިޖާޖުަގައި ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ލިޔެފައި

މާވަށު ރައްޔިތުން ކުރި އިހުތިޖާޖުަގައި ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ލިޔެފައި

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި އަޅަން ނިންމުމާ ގުޅިގެން އެ އަތޮޅު މާވަށު ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފި އެވެ. 

ލ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ފޮނަދޫ އާއި ގަމާ ދޭތެރޭގައި އޮންނަ ކައްދޫ އެއާޕޯޓެވެ. އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އެއާޕޯޓު އިސްދޫ-ކަލައިދޫގައި އަޅާނެކަން ސަރުކާރުން އިއުލާނުކުރީ ޖޫން 25، ގަ އެވެ.

އިސްދޫ އާއި ކަލައިދޫއަކީ އެ އަތޮޅުގެ އެންމެ އިރުއުތުރު ބިތުގައި އެއް ފަސްކޮށް އޮންނަ ދެ ރަށެވެ. މާވަށަކީ އަތޮޅުގެ އެހެން ރަށްރަށާ ވަކިން ހުޅަނގު ބިތުގައި އޮންނަ ރަށެކެވެ. 

"އެއާޕޯޓް މާވަށަށް" ނަމުގައި ހިންގާ ކެމްޕޭނުގެ ދަށުން އެ ރަށުގައި ކުރި އިހުތިޖާޖުގައި ވަނީ ސަރުކާރާ މެދު ހިތްހަމަނެޖުހުން ފާޅުކޮށްފަ އެވެ. އެ ކަމުގައި އެ ރަށު ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދާފައިވާ ކަމަށް މާވަށު ބައެއް ރައްޔިތުން ހިފަހައްޓައިގެން ތިބި ބޯޑުގައި ލިޔެފައިވެ އެވެ. 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި ދެވަނަ އެއާޕޯޓު އެޅުމަށް ލ. އަތޮޅުގެ ތިން ރަށަކުން ދިޔައީ އެމަނިކުފާނުގެ އަރިހުގައި އެދެމުންނެވެ. އިސްދޫ-ކަލައިދޫގައި އެއާޕޯޓު އަޅަން ނިންމީ ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އެންމެ އިކޮނޮމިކަލީ ފީސިބަލް، ހަރަދު ކުޑަކޮށް މި އެއާޕޯޓު އެޅޭ، ޖިއޮގްރޮފިކަލީ ބަލާއިރު ވެސް މުޅި އަތޮޅަށް ވެސް، ސަރަހައްދަށް ވެސް ވިސްނާފައި އެންމެ ރަނގަޅު ލޮކޭޝަންގައި އަޅުގަނޑުމެން އަޅަން ނިންމީ. އެއީ އަނެއް ދެ ރަށުގެ ރައްޔިތުންގެ އެދުމަށް އަޅުގަނޑުމެން އަޑުނޭހީއެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އޮކްޓޯބަރު 20، 2025 ގައި މުއިއްޒު މާވަށަށް ކުރެއްވި ދަތުރުގައި ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ ވާހަކަ ދެއްކެވި އެވެ. އެ ކަމުގައި އޭރު ވަކި ގޮތެއް ނިންމަވާފައިނުވާކަން އެ ދުވަހު މުއިއްޒު ހާމަކުރެއްވި އެވެ. 

"މި އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅެންޖެހޭނެ ކަމަށް. މި ދެންނެވިހެން، ޓޫރިޒަމް ކުރިއެރުވުމާއި، ދަތުރުފަތުރު ކުރުމާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު، ނޫނީވިއްޔާ އެ މުސްތަގުބަލު އޮތް ހިސާބެއްގައި،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ލ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން ތިން ރަށެއް އޮތީ މާވަށާ ވަރަށް ކައިރީގަ އެވެ. 

ކައްދޫއިން އިސްދޫއަށް 31 ކިލޯމީޓަރު ހުންނައިރު މާވަށާ ދެމެދު ހުންނަނީ 29 ކިލޯމީޓަރެވެ. މިވަގުތު އޮންނަ އެއާޕޯޓުން އެއްގަމު ދަތުރެއްކުރުމަށްފަހު ގަމާއި ފޮނަދޫގެ 10،000 އަށްވުރެ ގިނަ ރައްޔިތުންނަށް ރަށަށް ދެވެ އެވެ.

އަތޮޅުގެ އުތުރު ބިތުގައި އޮންނަނީ އިސްދޫ-ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ އެވެ. ދެކުނު ބިތުގައި މާމެންދޫ، ހިތަދޫ އަދި ކުނަހަންދޫ އޮންނައިރު މާވަށް އޮންނަނީ ވަކިން ހުޅަނގު ބިތުގަ އެވެ. މި ހުރިހާ ރަށެއްގެ ރައްޔިތުން ވެސް މިހާރު އެއާޕޯޓުން ރަށަށް ދިޔުމަށް ކަނޑުމަގުން ދަތުރުކުރަން ޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox