އިންޑިއާ އިން ފީފާ އާސިއާން ކަޕަށް، ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލަށް ބަދަލެއް؟

May 9, 2026, 4:01 PM
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން، އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން، އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އާސިއާންގެ ގައުމުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް ފީފާގެ ރުހުމާ އެކު ފުޅާކޮށް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ މުބާރާތުގައި އިންޑިއާ އިން ކުޅޭތީވެ، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލެއް އަތުވެދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ސާފް އިން ނިންމާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރު މަހު ސާފް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަށެވެ.

އެ ގޮތުން، ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސާފް އިން އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ. 

Advertisement

އެހެން ނަމަވެސް، ސާފް ޗެމްޕިއަންޝިޕް އޮންނަ މުއްދަތުގައި، އިންޑިއާ އިން މި ވަނީ، އިންޑޮނޭޝިއާ އާއި ހޮންގް ކޮންގްގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ކުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. 

އެއާ އެކު، ދެކުނު އޭޝިއާގެ އެކި ގައުމުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސާފް ޗެމްޕިއަންޝިޕް ކުޅޭ ތާރީހު، ސެޕްޓެމްބަރު/އޮކްޓޫބަރުގެ ބަދަލުގައި ނޮވެމްބަަރަށް ފަސްވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، މިކަމާ ގުޅޭގޮތުން، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ރަސްމީކޮށް ބަހެއް ބުނެފައިނުވެ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ސާފް އިން ސެޕްޓެމްބަރު/އޮކްޓޫބަރުގައި ސާފް ކުރިއަށްގެންދަން ނިންމައިފިނަމަ، މީގެ ކުރިން ވެސް އިންޑިއާ އިން ބައެއް ފަހަރު އަމަލުކޮށްފައިވާ ގޮތަށް، ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ކުުޅުނުއިރު، 2018 ވަނަ އަހަރު ވެސް ފޮނުވީ ޒުވާން ޓީމެކެވެ. 

އެކަމަކު، އިންޑިއާގެ ސީނިއާ ޓީމު ހިމަނައިގެން ސާފް އިން ސަރަަހައްދުގެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ބާއްވާނަމަ، ޖެހޭނީ ނޮވެމްބަރަށް މުބާރާތް ފަސްކުރާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox