އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު އޭދަފުއްޓާއި ތުޅާދޫ އަށް

Aug 7, 2026, 11:04 AM
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގޮއިދޫ އާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން، މެޗުގެ މޮޅު ކުޅުންތެރިޔާ ސައްޓު، ގޮއިދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭދަފުށީ ކައުންސިލް

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގޮއިދޫ އާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން، މެޗުގެ މޮޅު ކުޅުންތެރިޔާ ސައްޓު، ގޮއިދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭދަފުށީ ކައުންސިލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފެށި، އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކުޅުން ފަށައި، ބ. އަތޮޅު ބުރުގެ ފުރަތަމަ މެޗުތަކުން އޭފުއްޓާއި ތުޅާދޫ މޮޅުވެއްޖެ އެވެ. 

ޖުމްލަ އެކު، 59 ޓީމު ބައިވެރިވެފައިވާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ކުރިއަށްދަނީ އަތޮޅު ބުރުގެ ކުޅުމެވެ. އެ ގޮތުން، އަތޮޅު ބުރުގެ ކުޅުން ފަށާފައިވަނީ ބ. އަތޮޅުންނެވެ.

ފުރަތަމަ މެޗުގައި އިއްޔެ ހަވީރު، މެޗުތައް ހޯސްޓްކުރާ އޭދަފުށިން ވަނީ ފަހަތުން އަރައި، 4-1 އިން ގޮއިދޫ ބަލިކޮށްފަ އެވެ. އަދި، ރޭ ކުޅުނު މެޗުގައި، ފެހެންދޫ އަތުން ތުޅާދޫ މޮޅުވެފައިވަނީ، 3-2 އިންނެވެ.

ޝާމްގެ ގޯލުން ގޮއިދޫން ލީޑުނެގި އިއްޔެގެ މެޗުގައި އޭދަފުށިން ފަހަތުން އަރައި މޮޅުވިއިރު، ލަނޑުތައް ޖެހީ އެ ޓީމުގެ ކެޕްޓަން، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު ފާސިރު (ފާއްޓޭ)، އަބްދުﷲ މުއާޒް އަދި އަހުމަދު ސުހައިލް (ބަމްޕުޗު) އެވެ. ރޭގެ މެޗުގައި، ތުޅާދޫގެ ގޯލުތައް ޖެހީ ހަސަން ހުސައިން، އާދިލް އަބްދުއްރަހްމާން އަދި އީމާން އިލްޔާސް އެވެ. ފެހެންދޫގެ އެއް ލަނޑަކީ ތުޅާދޫގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެއް ކަމަށްވާއިރު، އަނެއް ލަނޑު ޖެހީ ހަސަން ސާޖިދު އެވެ. 

ހަ ޓީމެއް ވާދަކުރާ ބ. އަތޮޅުގެ ސެމީ ފައިނަލް އޮތީ މި މަހު 12 ވާ ބުދަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ 15 ވަނަ ދުވަހު އެވެ. 

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ މެޗުތައް ހޯސްޓްކުރާ ރަށްތަކަށް ބަލާއިރު، އއ. މަތިވެރި، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ، ހދ. ނޮޅިވަރަންފަރު، ލ. ގަން، މ. މުލި، ރ. އިނގުރައިދޫ، އދ. ދަގެނތި، ދ. ކުޑަހުވަދޫ، ގއ. ދެއްވަދޫ، ހއ. އިހަވަންދޫ، ކ. ހިންމަފުށި، ޅ. ހިންނަވަރު، ނ. މަނަދޫ އަދި ތ. ތިމަރަފުށްޓެެވެ. 

ހއ. އަތޮޅު މި މަހު 10 ވަނަ ދުވަހު ކުޅޭއިރު، ހދ. އޮތީ މި މަހު 10-23 އަށެެވެ. ނ. އަތޮޅު މި މަހު 14-21 އަށް އޮތްއިރު، ރ. އަތޮޅު އޮތީ މި މަހު 19 ވަނަ ދުވަހު އެވެ. ޅ. އަތޮޅު މި މަހު 21 ވަނަ ދުވަހު ކުޅޭއިރު، ކ. އަތޮޅު އޮތީ މި މަހު 23-29 އަށެވެ. އއ، އަތޮޅު މި މަހު 25 ވަނަ ދުވަހު ކުޅޭއިރު، އދ. އަތޮޅު އޮތީ މި މަހު 26 ގަ އެވެ. މ. އަތޮޅު މި މަހު 27 އިން އަންނަ މަހު 7 އަށް ކުރިއަށްދާއިރު، ފ. އަތޮޅު އޮތީ މި މަހު 21 އިން އަންނަ މަހު އެއް ވަނަ ދުވަހަށެވެ. ދ. އަތޮޅު މި މަހު 27 އޮތްއިރު، ތ. އަތޮޅު ކުޅެނީ އަންނަ މަހު 2-9 އަށެވެ. ލ. އަތޮޅު އަންނަ މަހުގެ 3-10 އަށް އޮތްއިރު، ގއ. ގައި ކުރިއަށްދަނީ، އަންނަ މަހު 7-14 އަށެވެ. ގދ. އަތޮޅުގައި އަންނަ މަހު 10 ގައި ކުރިއަށްދާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. 

ކްލަބް މޯލްޑިވްސްއާ ގުޅިގެން، އެފްއޭއެމް އިން ފުޓްސަލް ޗެމްޕިއަންޝިޕް ބާއްވާއިރު، މުބާރާތް ކުރިއަށްދަނީ، އަތޮޅު ބުރަށް ފަހު، ރީޖަނަލް ލީގެއް ކުޅެ، ހަތަރު ރީޖަންގެ ޗެމްޕިއަނުން، ކްލަބް މޯލްޑިވްސް ކަޕަށް ކޮލިފައިވާ ގޮތަށެވެ. ރަށްތަކުގެ ޓީމުތަކާއި އޮފީސްތަކުގެ ޓީމުތައް އެއްކޮށްލައިގެން ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް އޮތުމުން، ކުޅުންތެރިންނާއި ޓީމުތަކުގެ ހިތްހަމަނުޖެހުންތައް އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox