ރީޖަންތަކުގެ ފޯމެޓަށް އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްް އިއުލާނުކޮށްފި

ގައުމީ ފުޓްސަލް ޓީމާ މިދިޔަ ޑިސެމްބަރު މަހު ބައްދަލުކުރިއިރު، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވާހަކަ ދައްކަވަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމާ މިދިޔަ ޑިސެމްބަރު މަހު ބައްދަލުކުރިއިރު، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވާހަކަ ދައްކަވަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް، މައިގަނޑު ހަަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށް ބާއްވަން އިއުލާނުކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައިވަނީ އަންނަ ހަފްތާގައި ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެެވެ. 

އެ ގޮތުން، އެފްއޭއެމްގެ ވިސްނުމަކީ، މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް ކުރިއަށްގެންދާ އުސޫލުން ހަތަރު ރީޖަނަކަށް ބެހުމަށް ފަހު ފުޓްސަލް މުބާރާތް ކުރިއަށްގެންދިއުމަށެެވެ.

Advertisement

މިއީ، މި ގޮތަށް ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަަތަމަ ފުޓްސަލް މުބާރާތެވެ. 

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

ތޯރިގު ވިދާޅުވީ، އެފްއޭއެމް އިން އިއުލާނުކުރާ މި ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށް ގައުމީ ލެވަލްގައި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

"މިއީ، ވަރަށް މުހިންމު ފުރުސަތެއް ޒުވާން ކުޅުންތެރިންނަށް ގައުމީ ފުޓްސަލް ޓީމަށް އެރުމަށް ހުޅުވާލައިދެވޭ އަދި ރަނގަޅު ވާދައެއްކޮށްގެން، ގައުމީ ފުޓްސަލް ޓީމުގައި ހިމެނި ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދުމަށް،" ތޯރިގުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފަ އެވެ. އެއީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ. އެ މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

މީގެ ކުރިން، އެފްއޭއެމް އިން ވަނީ 2017 އާއި 2019 ވަނަ އަހަރު ފުޓްސަލް މުބާރާތްތަކެއް ބާއްވައިފަ އެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު އަންހެން މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯ އިންނެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އެފްއޭއެމް ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބް އެެވެ. އަދި، އަންހެން ޑިވިޝަން ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް ކްލަބް އެވެ. 

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox